Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވެކޭޝަން އެކްސްޕޯ

ވެކޭޝަން އެކްސްޕޯ ފަށައިފި

6 ޖުލައި 2018 | ހުކުރު 01:33

މިއެކްސްޕޯގައި ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތައް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2018 | ހުކުރު 01:33
ވެކޭޝަން އެކްސްޕޯއަށް ގިނަ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުން

ވެކޭޝަން އެކްސްޕޯއަށް ގިނަ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުން

ހައިރައިޒްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ވެކޭޝަން އެކްސްޕޯ ފަށައިފިއެވެ.

މިއަހަރުގެ އެކްސްޕޯ ހުޅުވައިދެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޕްރެޒެންޓޭޓިވް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓަލް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޮޑާ އެވެ.

މިއެކްސްޕޯއާއި ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ސޭލްސް އެންޑް މާރކެޓިން މަރިޔަމް އައިޝާ ވިދާޅުވީ ކުރިއަށް އޮތް ބަންދުގައި ޗުއްޓީ ހޭދަކޮށްލަންދާން ބޭނުންވާ މީހުންނަށް މިއީ ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށެވެ. ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ، އެ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކާއި ޗުއްޓީ ޕެކޭޖުތަކުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ހައިރައިޒްގެ ސޭލްސް އެންޑް މާރކެޓިން މަރިޔަމް އައިޝާ

ޖުމުލަ 24 ފަރާތަކާއެކު ފެށި މިއެކްސްޕޯގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މަންޒިލުތަކުން ޑިސްކައުންޓު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބޭސް ފަރުވާއަށް ބޭރުގެ ގައުމުތަކަށްދާން ބޭނުންވާ މީހުންނަށް ވެސް އެކި ޑިސްކައުންޓްތައް ލިބޭނެ ކަމަށް މައިޝާ ވިދާޅުވިއެވެ.

" ހުރިހާ ބޭފުޅުން ވެސް ވަޑައިގަން މިއަގުހުރި ބޭނުން ހިއްޕަވާށޭ. އަޅުގަނޑުމެން ބުނާނީ ބޮޑު އީދު ބަންދަށް ވަރަށް ޚާއްސަ ޕެކޭޖްތަކެއް، އެއާރލައިންތަކުގެ ފަރާތުން އެބަދެއްވާ ޓިކެޓް ތަކެއް. އަދި ހޮސްޕިޓަލްގެ ފަރުވާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބެންކޮކް ހޮސްޕިޓަލްގެ ފަރާތުން ވަރަށް ޚާއްސަ ރޭޓްތަކެއް ވެސް އެބަ ދެއްވާ. މެލޭޝީއާ ޓޫރިޒަމް، ސިންގަޕޫރު ޓޫރިޒަމް، ބޫޓާން ޓޫރިޒަމް ވެސް އެބަ ބައިވެރިވޭ މިއެކްސްޕޯގައި. އެހެންވީމަ ހުރިހާ ބޭފުޅުން ވަޑައިގެން މިހުރިހާ މިއަގުހުރި ފުރުސަތު ހިއްޕަވާށޭ އަޅުގަނޑު ދަންނަވާނީ. " އައިޝާ ވިދާޅުވިއެވެ.

ތިން ވަނަ ވެކޭޝަން އެކްސްޕޯގައި ބައިވެރިވާ، އިނާ މޯލްޑިވްސްގެ ޑިރެކްޓާރ އޭވިއޭޝަން އިޖާޒް ވިދާޅުވީ އިނާ މޯލްޑިވްސްއިން އެކްސްޕޯގައި ބައިވެރިވީ ޕްރިންސިޕަލް ސްޕަންސާރގެ ހައިސިއްޔަތުން ކަމަށެވެ. އިޖާޒް ވިދާޅުވީ މިފަހަރު ބައިވެރިވީ ތަފާތުކޮށް ކަމަށާއި، އެގޮތުން މިއަހަރު މިތަނުން ވިޔަފާރި ކުރެވޭނެ ކަމެށެވެ.

" މިއަހަރު ވަރަށް ތަފާތުކޮށް މިބައިވެރިވީ އެއީ ސީދާ މިފަހަރު މިބައިވެރިވީ މިތާ ތިބެގެން އަޅުގަނޑުމެން ވިޔަފާރި ކުރާ ގޮތަށް. އޮފާތަކާއި ޕްރޮމޮޝަންތަކާއެކު، ސްރީ ލަންކަން އެއާރލައިންސް، ގަތަރު އެއާރވޭސް ސްކޫޓް އެއާލައިންސްއިން ވަރަށް ޚާއްސަ ޑިސްކައުންޓު ލިބޭނެ،" އިޖާޒް ވިދާޅުވިއެވެ.

އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެލައިޑްގެ ފަރާތުން މިއެކްސްޕޯގައި ބައިވެރިވީ ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ފޯރުކޮށްދިމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ދަތުރުވެރިންނަށް ޚާއްސަކޮށްގެން އެލައިޑް އިންޝުއަރެންސް އިން ޚާއްސަ ޓްރެވަލް އިންޝުއަރެންސް ވެބްސައިޓެއް ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ޓްރެވަލް ޕްލޭންތައް އެކަމަށް ޚާއްސަ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ނެގޭނެ ކަމަށާއި ޕްލޭންތައް ފެށޭ އަގަކީ 10 ޑޮލަރު ކަމަށް ނައުޝާދު ވިދާޅުވިއެވެ.

އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު

" ޕާސްޕޯޓު ގެއްލުން، ފައިސާ ގެއްލުން، ލަގެޖް ގެއްލުން، އެމެޖަންސީ މެޑިކަލް ހާލަތެއް ދިމާވުން. އަދި މީހާ ނިޔާވި ކަމުގައި ވިޔަސް އާއިލާއަށް ތަކުލީފެއް ނުޖެހި ބޮޑީ އަބުރާ ރާއްޖެ ގެނެވޭނެ. އެހެންވެ ޓްރެވަލް އިންޝުއަރެންސް ކިޔާދޭންވެގެން އަސްލު ބޭނުންވަނީ" ނައުޝާދު ވިދާޅުވިއެވެ.

ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑް މާކެޓިން އޮފިސާރ ޔައޮޒާ ޝިމްރޭ ވިދާޅުވީ މިއެކްސްޕޯގެ ތެރެއިން ތައިންލެންޑަށް ދަތުރުކުރާ ފަރާތްތަކަށް ފިހާރަތަކުން ވެސް ޚާއްސަ ޑިސްކައުންޓެއް ހޯދުމުގެ ފުރުސަތު އޮބައޮތް ކަމަށާއި، އުފާވެރި ޗުއްޓީއެއް ހޭދަކުރުމަށް މިފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

" ހޮޓެލްގަ ތިބުމަށާއި، ބޭސް ފަރުވާއަށް ވެސް ޚާއްސަ ޚިދުމަތްތަކެއް ލިބޭނެ" ޔައޮޒާ ޝިމްރޭ ވިދާޅުވިއެވެ.

ހިއުމަން އިންޓަޕްރެނަންސް އެސޯޝިއޭޝަން ވައިސްޗެއާރޕާސަން އައިމިނަތު އިފާޝާ ވިދާޅުވީ މިއެކްސްޕޯގައި ބައިވެރިވީ އަންހެން ކަނބަލުންގެ ކުރާ މަސައްކަތްތައް ޓޫރިޒަމްގެ މާރކެޓަށް ނެރުމުގެ މަގުސަދުގައި ކަމަށެވެ. މިއެކްސްޕޯއިން އަންހެން ކަނބަލުން ގޭގައި ކުރާ ބުރަ މަސައްކަތްތައް ވެސް ފެނިގެންދާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ހިއުމަން އިންޓަޕްރެނަންސް އެސޯޝިއޭޝަން ވައިސްޗެއާރޕާސަން އައިމިނަތު އިފާޝާ

"އަސްލު ގޭގައި ތިބެގެން ވެސް ވިޔަފާރި ކުރެވޭކަން މިކަހަލަ އެކްސްޕޯއިން އެބަ ސާބިތުކޮށްދެވޭ. މިސްޓޯލުން ދިވެހި ލިބާސް ހަދާ ގޮތާއި މައުލޫމާތު ވެސް ފޯރުކޮށްދެން." އިފާޝާ ވިދާޅުވިއެވެ.

ވެކޭޝަން އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުން ދޭ އުމްރާ ދަތުރު، ގެސްޓް ހައުސްތަކުން ދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑީ އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑްއިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެއެވެ. މި އިނާމުތަކުގެ އިތުރުން އެކްސްޕޯގެ ސްޓޯލުތަކަށް ޒިޔާރަތް ކޮށްގެން ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮވެ އެވެ.

މި އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑު އަދި އެލައިޑް އިންޝުއަރެންސެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް