Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހޯދަން މި އުޅެނީ ސިޔާސީ ވޯޓެއް ނޫން، މިއީ ވައްކަމާއި އަނިޔާއާ ދެކޮޅަށް ދޭންޖެހޭ ވޯޓެއް: އިބޫ

4 ޖުލައި 2018 | ބުދަ 17:33

މެނިފެސްޓޯއަށް ބަދަލު ގެނައުމަށް ޕާޓީތަކަށް ފުރުސަތުދޭން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 4 ޖުލައި 2018 | ބުދަ 17:33
އިބޫ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ؛- އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ

އިބޫ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ؛- އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ބޭނުންފުޅުވެވަޑައިގަންނަވަނީ ސިޔާސީ ވޯޓެއް ނޫން ކަމަށާއި މިއީ ވައްކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ލާން ޖެހޭ ވޯޓެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން މާލޭގައި ހަރަކާތްތެރިވާނެ އެ ޕާޓީގެ ކެމްޕެއިން އޭޖެންޓުން ތަމްރީން ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިބޫ ދެއްކެވި ވާހަކަފުޅުގައި މާލޭއިން ބޮޑު ޕަސެންޓެއް ކާމިޔާބު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން 55 ޕަސެންޓް ވޯޓު މާލެއިން އެމްޑީޕީގެ ކެނޑިޑޭޓަށް ލިބޭތޯ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން ކުރާ މަސައްކަތުން އެމިންވަރަށް ވޯޓު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރައްވާ ކަމަށާއި އިރާދަކުރެއްވިއްޔާ މި "އަނިޔާވެރިކަމުން"ސަލާމަތް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރަން މި އުޅެނީ ސިޔާސީ މަސައްކަތެއް ނޫން. ސިޔާސީ ވޯޓެއް ނޫން އަޅުގަނޑުމެން ހޯދަން މި އުޅެނީ. މި އިންތިހާބު ބިނާވެފައި އޮންނާނީ ވައްކަމާ އިދިކޮޅަށް. ވައްކަމަށް ނޫނެކޭ ބުނަން. އަނިޔާވެރިކަމަށް ނޫނެކޭ ބުނަން. އެއީ އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ކޯލިޝަނެއްގެ ތެރޭގައި އޮވެގެން މަސައްކަތްކުރާއިރު އެމްޑީޕީގެ މެނިފެސްޓޯއަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށް އެހެން ޕާޓީތަކުން ހުށަހަޅައިފިނަމަ އެކަން ކޮށްދެވެން އޮތްވަރަކުން ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދޫ ދޭން ޖެހޭ ތަންތަނުގައި ދޫދޭން ޖެހޭނެ ކަމަށާއި އެއްކޮށް މަސައްކަތް ކުރެވޭނީ އެގޮތަށް ތިބެގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ސޯލްޓް ކެފޭގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި މި ބައްދަލުވުމަކީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ކެމްޕެއިން ޕެޗްއޭޖެންޓުންނަށް ކެމްޕެއިންނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. މިއީ ރިޔާސީ ޓިކެޓް އިބޫއަށް ލިބިވަޑައިގެންނެވި ފަހުން އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އިބޫ ވަނީ އެމްޑީޕީގެ އެކި ކެމްޕެއިން ޓީމުތަކާއެކު އެ ޕާޓީގެ އޮފީހުގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް