Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަން ކޮމިޝަން

ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމައިފި

4 ޖުލައި 2018 | ބުދަ 13:38

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 4 ޖުލައި 2018 | ބުދަ 13:38
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ

ރިޔާސީ އިންތިހާބުގައި ބޭނުން ކުރާ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ހަމަޖެހިފައިވާ ވޯޓާސް ލިސްޓަކީ ފޮޓޯ ނުޖަހާ ވޯޓާސް ލިސްޓެއް ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން ނިންމީ އެ ކޮމިޝަނުން ހުށައެޅި ޝަކުވާތަކާއި ގުޅިގެން ކަމަށެވެ. މި ނިންމުމާއި އެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ ފޮޓޯ ނުޖަހާ ވޯޓާސް ލިސްޓެއް ކަމަށް އަކްރަމް ވަނީ ވިދާޅުވިއެވެ.

ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަށް އިލެކްޝަން ކޮންމިޝަނުން ނިންމާފައިވާއިރު، ފާހަގަކޮށްލަންޖެހެނީ ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ސުޕްރީމް ކޯޓުން ހަދާފައިވާ ގައިޑްލައިން ބުނާ ގޮތުން ވޯޓާސް ލިސްޓުގައި، ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހާގެ އައިޑީކާޑު ނަމްބަރާއި އެއީ ކާކުކަން ވަކިކޮށް ދެނެގަނެވޭނެ ވަސީލަތެއް ކަނޑައަޅަންޖެހެއެވެ.

އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހުކޮށް އައު ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކޮށްފައި ވަނީ އާދީއްތަ ދުވަހުގައެވެ. އެލިސްޓްގައި ބުނެފައިވާ ގޮތުގައި ކުރީގެ ލިސްޓްގައި ނަން ނެތިގެން ހުށަހެޅި ޝަކުވާއާ ގުޅިގެން 4 މީހެއްގެ ނަން ވަނީ ލިސްޓަށް އިތުރުކޮށްފައެވެ. އެޑްރެސް ބަދަލުވެގެން 152 މީހެއްގެ މައުލޫމާތު އިސްލާހުގައި ވެއެވެ. އަދި ނިޔާވެފައިވާ މީހުންގެ ގޮތުގައި ހުށަހެޅުނު ޝަކުވާއަށް ބަލައި 310 މީހެއްގެ ނަން އުނިކޮށްފައިވާކަމަށް ގެޒެޓްގައިވެއެވެ. މީގެއިތުރުން އުފަން ތާރީޚް ބަދަލުވެފައިވާ 2 މީހެއްގެ މައުލޫމާތުވެސް ވަނީ އިސްލާހް ކޮށްފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް