Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިއަދުވެސް އޮތީ އިއްޔެގެ ހާލަތު، އެކަމަކު ރިޔާސީ އިންތިހާބާ ބެހޭ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފި

3 ޖުލައި 2018 | އަންގާރަ 06:23

އިއްޔެ ގާނޫނީ އަދަދު ނެތްކަމަށް މަސީހު ގަބޫލު ކުރެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ޖުލައި 2018 | އަންގާރަ 06:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާއެއްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާއެއްގައި

ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ގާނޫނެއް ކަމަށްވާ ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ދެކޮޅު ހެއްދެވުމަށް ފަހު، އަންގާރަ ދުވަހުގެ ޖަލްސާއަށް އެބިލްތަކަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ އެމައްޗަށް އަމަލު ކުރަން ލާޒިމް އެފަދަ ގާނޫނުތަކަށް އިސްލާހެއް ފާސްކުރާއިރު، ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގައި ރިޔާއަތް ކުރަންޖެހޭ ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު މީގެ ކުރިން ދެންނެވި ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އަހަން އަޅުގަނޑު ބަލާއިރު، މި ތިން ބިލު ފާސްކުރުމަށް ވޯޓަށް އަހަން ބޭނުންވާ މެމްބަރުން މިވަގުތު ޖަލްސާގައި ހާޒިރުވެ ނެތް ވާހަކަ އަޅުގަނޑު ހަމަ ފާހަގަ ކުރަން،" ގާނޫނީ އަދަދު ހަމަކުރުމެއް ނެތި މަޖިލީހުން ގިނަ އަދަދެއްގެ ބިލުތަކެއް ފާސްކުރެއްވި ވަގުތު ރިޔާސަތު ބެލެހެއްޓެވި މަސީހު ވިދާޅުވިއެވެ.

މަސީހު އެގޮތަށް ވިދާޅުވިއިރު، ހޯމަ ދުވަހުގެ ޖަލްސާގައި ތިއްބެވީ ސަރުކާރަށް ނިސްބަތްވާ 27 މެމްބަރުންނެވެ. ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ގާނޫނެއް މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި ކަމަށްވާ މަދުވެގެން 43 މެމްބަރުން ބައިވެރިވާ ޖަލްސާއަކުން ނަގާ ވޯޓުގެ އަޣްލަބިއްޔަތުންނެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް މަސީހު ދެކޮޅު ހެއްދެވި ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާއަށް އެ ތިން ބިލް ވަނީ ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައެވެ.

އެ ތިން ބިލަކީ އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސް ދައުރެއް އަދާކުރައްވާ ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އިދާރީ ފީއެއްގެ ގޮތުގައި މިހާރު ނަގަމުން ދަނީ 40،000ރ. އެވެ. މީގެއިތުރުން އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލެކެވެ.

އެތިން ބިލް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދަވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް މަސީހު ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި ބާއްވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ކަމަށް ގަބޫލު ނުކުރާތީ އިދިކޮޅު މެމްބަރުން ވަނީ އޭގެ ފަހުން ބާއްވަމުންދިޔަ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އަހަން އެޖެންޑާ ކުރެވި، އަދި ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވި، އަދި ސަރުކާރުގެ ނުފޫޒުން ޖަލުގައި ބައްދުކޮށްފައިވާ މަޖިލިސް މެމްބަރުން މިނިވަންވެ، ނުވަތަ އެ މެމްބަރުންނަށް ވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭ ނަމަ ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް