Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ޖަޕާންގެ ހިތް ކުދިކުދި ކޮށްލުމަށްފަހު ބެލްޖިއަމް ކުއާޓާއަށް

3 ޖުލައި 2018 | އަންގާރަ 02:45

ބެލްޖިއަމް މި މެޗުން މޮޅުވީ ފަހަތުން އަރައި 3-2 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޖުލައި 2018 | އަންގާރަ 02:45
ބެލްޖިއަމްގެ ކުޅުންތެރިން އެއްވަރުވުމާއެކު އުފާފާޅުކުރަނީ

ބެލްޖިއަމްގެ ކުޅުންތެރިން އެއްވަރުވުމާއެކު އުފާފާޅުކުރަނީ

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ފަހަތުން އަރައި ޖަޕާން ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ބެލްޖިއަމްއިން ހޯދައިފިއެވެ.

ރޮސްޓޯވް އޮން ޑޮން އެރީނާގައި ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ތާރީހުގައި ވެސް މި ދެޓީމު ވާރލްޑް ކަޕެއްގައި ކުޅުނު ދެވަނަ މެޗަށްވާއިރު 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި މި ދެޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗާއި ކުރިމަތިލިއިރު ބެލްޖިއަމް އެންމެފަހުން ކުޅުނު 22 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

ޖަޕާންގެ ފުރަތަމަ އެގާރައިން މި މެޗުގައި ހަ ބަދަލެއް ފެނިގެންދިޔައިރު ބެލްޖިއަމްގެ ފުރަތަމަ އެގާރައިން ވަނީ ޖުމްލަ 10 ބަދަލެއް މި މެޗުގައި ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބެލްޖިއަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޖަޕާންގެ ކުޅުންތެރިން ޑިފެންސިވް ގޭމެއް ކުޅެމުންދިޔައިރު މިކަމުގެ ސަބަބުން ހުސް ފުރުސަތުތަކެއް ހޯދުމަށް ބެލްޖިއަމްގެ ކުޅުންތެރިންނަށް އުނދަގޫތަކާއި ކުރިމަތިވެގެންދިޔައެވެ. ފުރަތަމަ ހާފުގެ އެންމެފަހު މިނެޓުގައި ޖަޕާނުން ލީޑު ނުނެގީ ހަމަކިރިޔާއެވެ. ޔޫޓޯ ނަގަޓޯމޯ ނެގި ހުރަހެއް ހިފަން އުޅުމުގެ ތެރޭގައި ބެލްޖިއަމްގެ ކީޕަރު ތީބައު ކޯޓުވާ އަތުން ބޯޅަ ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ.

ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ޖަޕާނުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 48 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ގެންކީ ހިރަގޫޗޫއެވެ. އޭގެ މިނެޓެއް ފަހުން ބެލްޖިއަމްގެ ހަޒާޑް ފޮނުވާލި ހަމަލާއެއް ޖަޕާންގެ ގޯލުގެ ދަނޑީގައި ޖެހުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިއިރު ޖަޕާންގެ ދެވަނަ ލަނޑު ޖެހީ 51 ވަނަ މިނެޓުގައި ޓަކަޝީ އިނުއި އެވެ.

މި ލަނޑުތަކާއެކު ބެލްޖިއަމްގެ ޓީމަށް ބަދަލުތަކެއް ގެނައިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖެހީ ޔަނާ ވަޓޮންގެންއެވެ. އޭގެ ފަސް މިނެޓު ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މަރުއާން ފެލައިނީ ވަނީ ލަނޑެއް ޖަހާ ބެލްޖިއަމްއަށް އެއްވަރުކޮށްދީފައެވެ. މި ލަނޑުތަކާއެކު މެޗު އިތުރަށް ފޯރިގަދަ ވެގެންދިޔައިރު ޖަޕާންގެ ކީޕަރު މުހިންމު ސޭވްތަކެއް ކުރިއެވެ. އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަސަރް ޗަޑްލީ ވަނީ ފުރިހަމަ ކައުންޓާ އެޓޭކެއްގައި ލަނޑެއް ޖަހާ ބެލްޖިއަމްއަށް ކުއާޓާގެ ޖާގައެއް ޔަގީންކޮށްދީފައެވެ.

މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެޓީމު ޖާގަ ހޯދި ތިންވަނަ ފަހަރެވެ. މި މެޗާއެކު ބެލްޖިއަމް ވެގެންދިޔައީ 1966 ވަނަ އަހަރުގެ ފަހުން ދެ ލަނޑު ފަހަތުގައި އޮތުމަށްފަހު ފަހަތުންއަރައި ނޮކްއައުޓް މެޗަކުން މޮޅުވި ފުރަތަމަ ޓީމަށެވެ.

ކުއަޓާ ފައިނަލުގައި ބެލްޖިއަމްގެ ޓީމު ނުކުންނާނީ ވާރލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް