Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ދަފްތަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ރަށްވެހިކަން ބަދަލުކޮށްފިނަމަ ވޯޓު ނުލެވޭނެ ކަމަށް އީސީން ބުނެފި!

2 ޖުލައި 2018 | ހޯމަ 20:07

ރަށްވެހިކަން ބަދަލުކޮށްފި ނަމަ ވޯޓާސް ލިސްޓުގައި އޮންނަ ނަމާއި އެޑްރެހާއި ތަފާތު ވެގެން ދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 ޖުލައި 2018 | ހޯމަ 20:07
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް (ވ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް (ވ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި

މާލޭގެ ޚާއްސަ ދަފްތަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ރަށްވެހިކަން ބަދަލު ކޮށްފިނަމަ ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރަށްވެހިކަން ބަދަލުކޮށްފިނަމަ ވޯޓާސް ލިސްޓުގައި އޮންނަ ނަމާއި އެޑްރެހާއި ތަފާތު ވެގެންދާނެ ކަމަށާއި އެފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އައިޑީ ކާޑަށް ބަދަލުތައް ގެނެސް ރަށްވެހިކަން ބަދަލު ކުރުމުގެ ކަންތައްތައް ޖުލައި 1 ގެ ފަހުން ނުހިންގުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ސިޔާސީ ޕާޓީ ތަކުންވެސް އެޕާޓީ ތަކުގެ މެމްބަރުން މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް މިކަންކަން ގެނެސްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

1 ޖުލައި އިން ފެށިގެން 23 ސެޕްޓެމްބަރުގެ ނިޔަލަށް އެއްވެސް ގޮތަކަށް ދާއިމީ އެޑްރެސް ބަދަލު ނުކުރުމަށާއި ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ މުއްދަތުގެ ތެރޭގައިވެސް މިފަދަ ކަމެއް ނުކުރުމަށްވެސް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދަފްތަރު އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމީ ކެބިނެޓުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ މުއިއްޒު ވިދާޅުވެފައިވަނީ ފްލެޓް ދޫކުރުމުގައި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އީސީގެ ނަމުގައި މެސެޖްތަކެއް ދައުރުވަމުން ދާކަމުގެ މައުލޫމާތު ހޯމަ ދުވަހު އެކޮމިޝަނަށް ލިބިފައިވާ ކަމަށާއި އީސީން ރައްޔިތުންނަށް މިވަގުތު އެއްވެސް މެސެޖެއް ނުފޮނުވާނެ ކަމަށެވެ.

ރައްޔިތުން މައުލޫމާތު ހޯދުމަށްޓަކައި 1414 އަށް ކުރާ މެސެޖަކަށް މެނުވީ ޖަވާބެއް ނުދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އާންމު މައުލޫމާތު ހިއްސާ ކުރުމަށް ޓަކައި މެސެޖެއް ފޮނުވާނަމަ ކުރިން އެކަން އަންގާ އިއުލާން ކުރާނެ ކަމަށާއި އެނޫން ގޮތަކަށް ދާ މެސެޖަކީ އީސީގެ މެސެޖެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ހޭލުންތެރިވެ ސަމާލު ވުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް