Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މެމްބަރުން މަދުވުމުން ވޯޓަށް އަހަން މަސީހު ދެކޮޅު ހެދުމުން، އިދިކޮޅުގެ ފާޑުކިޔުން!

2 ޖުލައި 2018 | ހޯމަ 11:35

ގާނޫނު މުގުރާލި ބަޔަކު ގާނޫނުގެ ވާހަކަ ދައްކާނެ ކަމެއް ނެތް: އިންތި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ޖުލައި 2018 | ހޯމަ 11:35
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް: މަޖިލިސް ކުރިއަށް ގެންދާ ގޮތާމެދު ފާޑުވިދާޅުވި

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް: މަޖިލިސް ކުރިއަށް ގެންދާ ގޮތާމެދު ފާޑުވިދާޅުވި

މަދު މެމްބަރުންކޮޅަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވޯޓަށް އަހަން ދެކޮޅު ހެއްދެވުމުން އިދިކޮޅު ބައެއް މެމްބަރުން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މުހިއްމު ތިން ބިލެއް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ނެތް ކަމަށް ބުނެ މަސީހު ވަނީ ވޯޓަށް އަހަން ދެކޮޅު ހަދާފައެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި މަސީހު ވިދާޅުވީ ދެން އޮންނަ ޖަލްސާއެއްގައި އެ ބިލުތައް ފާސްކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު މީގެ ކުރިން ދެންނެވި ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އަހަން އަޅުގަނޑު ބަލާއިރު، މި ތިން ބިލު ފާސްކުރުމަށް ވޯޓަށް އަހަން ބޭނުންވާ މެމްބަރުން މިވަގުތު ޖަލްސާގައި ހާޒިރުވެ ނެތް ވާހަކަ އަޅުގަނޑު ހަމަ ފާހަގަ ކުރަން،" ގާނޫނީ އަދަދު ހަމަކުރުމެއް ނެތި މަޖިލީހުން ގިނަ އަދަދެއްގެ ބިލުތަކެއް ފާސްކުރެއްވި ވަގުތު ރިޔާސަތު ބެލެހެއްޓެވި މަސީހު ވިދާޅުވިއެވެ.

މަސީހުގެ އެ ނިންމެވުމާ ގުޅިގެން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ އިދިކޮޅު މެމްބަރުންނަކީ ސަރުކާރުން ބޭނުންވާހާ ބިލެއް މަޖިލީހުން ފާސްކުރުމަށްޓަކާ ކޯރަމް ހަމަކުރަން ތިބޭ މެމްބަރުން ނޫން ކަމަށެވެ. ގާނޫނީ ހައިސިއްޔަތެއް ނެތި ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކުގައި ބައިވެރިވާން ނުޖެހޭނެ ކަމަށާއި އިދިކޮޅު މެމްބަރުން ހުށަހަޅާ އިސްލާހުތަކާއި ބަހުސްތަކަށް ސަރުކާރުން އެއްވެސް ވަރަކަށް ރިޔާއަތް ނުކުރާއިރު، ސަރުކާރުން އެދޭ ގޮތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީއާ ހަވާލާ ދެއްވައި ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށް މަސީހު ހޯމަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ ވިދާޅުވީ ގާނޫނު މުގުރާފައި ތިބި ބަޔަކު ގާނޫނުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމު ގާނޫނުތައް ފާސްކުރަން ޖެހެނީ 43 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވާ ޖަލްސާއެއްގައެވެ. ނަމަވެސް އެ އަދަދަށް މެމްބަރުން ނެތި ފާސްކުރި ގާނޫނޫތަކާ ގުޅިގެން ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ ހާލަތުލް ޟަރޫރާގެ ދަށުން ގާނޫނުތައް މަޖިލީހުން ފާސްކުރެވޭނެ ކަމަށެވެ.

މަސީހު ވޯޓަށް ނާހައި މަޑުޖައްސާލީ ތިން ބިލުގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ރިޔާސީ އިންތިހާބާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ވެސް ހިމެނެއެވެ. އަދި އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލެއް ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް