Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްލޯއީ ކާޑޭޝިއަން

ކްލޯއީއަށް ބޭވަފާތެރިވި ޓްރިސްޓަން އޭނާގެ ދައްތަ ކިމް އަންބްލޮކް ކޮށްފި

2 ޖުލައި 2018 | ހޯމަ 07:20

ޓްރިސްޓަން ކްލޯއީއަށް ބެވަފާތެރިވިކަން ފަޅާއަރާފައި ވަނީ އޭނާ ވިހަން ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 2 ޖުލައި 2018 | ހޯމަ 07:20
ކްލޯއީ ކާޑޭޝިއަން އުފަން ދުވަހު ދައްތަ ކިމް ކާޑޭޝިއަން ވެސްޓް ޝެއާކޮށްފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް

ކްލޯއީ ކާޑޭޝިއަން އުފަން ދުވަހު ދައްތަ ކިމް ކާޑޭޝިއަން ވެސްޓް ޝެއާކޮށްފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކްލޯއީ ކާޑޭޝިއަންއަށް ބޭވަފާތެރިވި، އޭނާގެ ދަރިފުޅުގެ ބައްޕަ ޓްރިސްޓަން ތޮމްޕްސަންއަށް މާފުކޮށް އުފަން ދުވަސް ފާހަގާ ކުރީ ޓްރިސްޓަން އާއި އާއިލާގެ މީހުންނާ އެކުއެވެ.

ނިމިގެން ދިޔަ ހަފްތާގެ ބުދަ ދުވަހު ކްލޯއީއަށް ވަނީ 34 އަހަރު ފުރިފައެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދައްކާ ގޮތުން ކްލޯއީ އެ ދުވަސް ފާހަގަ ކުރީ އާއިލާ އާއި އެކުވެރިންނާ އެކުއެވެ. އޭގެ ތެރޭގައި އޭނާގެ ދައްތަ ކިމް ކާޑޭޝިއަން ވެސްޓް އަދި ކޮއްކޮމެން ކަމަށްވާ ކެންޑަލް އާއި ކައިލީ ޖެނަރގެ އިތުރުން ލޯބިވެރިޔާ ޓްރިސްޓަން ވެސް ހިމެނެއެވެ. އަދި ފަހުން މަންމަ ކްރިސް ޖެނަރ ވެސް ބައިވެރިވެފައިވާކަން ކްލޯއީގެ ޕޯސްޓްތަކުން ފެނެއެވެ.

މަންމައަކަށް ވުމަށް ފަހު އޭނާ ފާހަގަ ކުރި ފުރަތަމަ އުފަންދުވަހުގެ ކުޑަކުޑަ ހަފްލާ ބާއްވާފައި ވަނީ ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ ގޭގައެވެ. ބާސްކެޓް ބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޓްރިސްޓަންއަކީ ކްލީވްލޭންޑް ކަވަލިއަރސްގެ ކުޅުންތެރިއަކަށްވާ އިރު، ދަރިފުޅު ވިހެއުމުގެ ކުރިން ކްލޯއީ ވަނީ ކްލީވްލޭންޑަށް ބަދަލުވެފައެވެ. އަދި ޖޫން މަހާ ހަމައަށް އެ އާއިލާ ކްލީވްލޭންޑްގައި ދިރިއުޅެފައިވާ އިރު، އެ މީހުން ލޮސް އެންޖެލެސްއަށް ބަދަލުވެފަ އިވަނީ ކްލޯއީގެ އުފަން ދުވަހާ ގާތްކޮށްފައެވެ. އަދި، މިދުވަސްވަރަކީ އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ)ގެ އޮފް ސީޒަންކަން ފާހަގަ ކުރެވެއެވެ.

ކްލޯއީގެ އުފަން ދުވަހުގެ ހަފްލާގައި ޓްރިސްޓަން އާއި ދައްތަ ކިމް ބައިވެރިވެފައިވާ އިރު، ދާދި ފަހުން އެލެން ޑިޖެނެރެސްއަށް ދީފައިވާ އިންޓަވިއުއެއްގައި ކިމް ބުނެފައި ވަނީ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ޓްރިސްޓަން އޭނާ ބްލޮކް ކޮށްފައިވާ ކަމަށެވެ. ބްލޮކްކުރީ އެހެން އިންޓަވިއު ޝޯވއެއްގައި ކިމް ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށް ވެއެވެ.

ކްލޯއީގެ އުފަން ދުވަހު މިކަންތައް ވެސް ވަނީ ހައްލުވެފައެވެ. ކިމްގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ޓްރިސްޓަންއަށް އިޝާރާތްކޮށް އަންބްލޮކް ކުރަން އަހަންވީތޯ ކިމް އޭނާގެ ފޮލޮވަރުން ގާތު އަހާފައިވެއެވެ. އަދި އަންބްލޮކް ކުރާނަން ކަމަށް ޓްރިސްޓަން ބުނާ އަޑު ވެސް އިވެއެވެ. ނަމަވެސް ކިމް އެކަންތައް އެ ހިސާބުން ނިންމައެއް ނުލައެވެ. ކިމް ވަނީ ޓްރިސްޓަން އިންސްޓަގްރާމް އިން އޭނާ އަންބްލޮކް ކުރާ މަންޒަރުގެ ވީޑިއޯއެއް ވެސް ޝެއާ ކޮށްފައެވެ. އަދި އެ މަރުހަލާގައި ޓްރިސްޓަން ބްލޮކްކޮށްގެން އުޅެނީ ކިމް އެކަނި ނޫންކަން އެނގުނެވެ. އެ ގޮތުން، ޓްރިސްޓަން ވަނީ ކްލޯއީގެ އެންމެ ގާތް އެކުވެރިޔާ މަލިކާ ހައްކު ވެސް ބްލޮކްކޮށްފައެވެ.

އެ އަށް ޖަވާބު ދެމުން މަލިކާ ބްލޮކް ކުރީ އޭނާ ޓްރިސްޓަން އަންފޮލޯ ކުރުމުން ކަމަށް ޓްރިސްޓަން ބުނާ އަޑު ކިމްގެ ވީޑިއޯއިން އިވެއެވެ.

ޓްރިސްޓަންއާ އެކު އުޅެން ކްލޯއީ ނިންމުމުން އޭނާއަށް ގިނަ ފަރާތްތަކެއް ވަނީ ސޯޝަލް މީޑީއާގައި ފާޑު ކިޔާފައެވެ. އެ ފާޑުކިޔުންތަކަށް ޖަވާބު ދެމުން ކްލޯއީ ބުނެފައި ވަނީ ގޭތެރޭގައި ހިނގާ ކަންތަކެއް އެންމެނަށް ނޭނގޭނެ ކަމަށާއި އަމިއްލާ މީހާގެ ހިއްވަރާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.

ކްލޯއީގެ އުފަން ދުވަހުގެ ހަފްލާގެ ތެރެއިން ކިމް ޝެއާކުރި ވީޑިއޯއެއްގައި ޓްރިސްޓަން ފޯންގެ ޕާސްކޯޑް ވަގަށް ބަލަން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްތައް ބެހެއްޓުމުން ޕާސްކޯޑް ތިމަންނައަށް އިނގެއޭ ކްލޯއީ ބުނާ އަޑު އިވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

"އާޝިގީ 3" ގެ ސްކްރީން ޕްލޭ ލިޔަނީ އާލިއާގެ ދައްތަ

13 އޯގަސްޓު 2017
"އާޝިގީ 3" ގެ ސްކްރީން ޕްލޭ ލިޔަނީ އާލިއާގެ ދައްތަ
06 ޖުލައި 2017

ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި

06 ޖުލައި 2017
ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި
15 މެއި 2017

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

15 މެއި 2017
ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން
19 އެޕްރީލު 2017

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
27 މާރިޗު 2017

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟
23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް