Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހަކު ގެއްލިގެން ހޯދުން

ފެންފުށިން ގެއްލުނު ޒުވާނާއާ ގުޅޭ ތަފާތު ވާހަކަތަކެއް: ގެއްލުނު ރޭ ވެސް ޑީންގީ އެއް ވަގަށް ނެގި!

2 ޖުލައި 2018 | ހޯމަ 07:02

އެ މީހާ ގެއްލުނު ރޭ އެރަށުން ޑިންގީއެއް ވެސް ވަނީ ގެއްލިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 ޖުލައި 2018 | ހޯމަ 07:02
ފެންފުށިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ

ފެންފުށިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ

އދ. ފެންފުށިން 29 އަހަރުގެ ޒުވާނަކު ގެއްލިގެން ރަށުގެ ރައްޔިތުންނާއި ފުލުހުން އަދި ސިފައިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހޯދަމުން ދަނީ އދ. ފެންފުށީ ޕޭންޒީގޭ، އުމުރުން 29 އަހަރުގެ އަދުނާން އަޙްމަދު ނަމަކަށް ކިޔާ މީހެކެވެ.

ފެންފުށިން ވާހަކަ ދެއްކި މީހަކު ރާއްޖެ އެމްވީއަށް ބުނީ އޭނާ ގެއްލިފައިވާއިރު ބެލެވެނީ އެރަށު ޑިންގީއެއްގައި ފުރައިގެން ދިޔައީ ކަމަށެވެ.

Advertisement - newsAdvertisement
"މިރަށު ޑިންގީއެއް އެރޭ ގެއްލުނީ. އެޑިންގީގެ ވެރިމީހާ އެއަށް ޕެޓްރޯލް އަޅަނިކޮށް ބުނިކަމަށް ވަނީ ދުއްވާލަން ދޭށޭ. އެރޭ 1 ޖަހާކަށްހާއިރު އަދުނާނު ގެއްލުނީ. އޭގެ ފަހުން އެ ޑިންގީއެއް ވެސް ނެތް. އެވެސް ގެއްލުނީ،" ފެންފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ގެއްލުމުގެ އެއް ދުވަސް ކުރިން ރަށު ފަޅު މަތީގައި ޑިންގީއެއްގައި އުޅެނިކޮށް ވެސް ބަޔަކު ގެނެސްފައިވާ ކަމަށާއި އޭނާއަކީ އޭނާގެ ޢަމަލްތައް ހުންނަ ގޮތުން ކަންބޮޑުވުން ހުރި މީހެއް ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ވަޅި އެއްޗެހި ހިފައިގެން ވެސް އުޅެފާނެ. އެކަނި ހުންނަ އަންހެން ކުދިންގެ ގަޔަށް އަތްލައި ވެސް ހަދާފާނެ. ފަޅުރަށްރަށަށް އެކަނި ގޮސް ވެސް އޮވެދާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ގެއްލުނު މީހާއާ މެދު ތަފާތު ގޮތްގޮތަށް ބެލެވޭ ކަމަށާއި އޭނާ ގެއްލިފައި ވަނީ ބަލަހައްޓަން ޖެހޭ ހިސާބަށް ގޮސްފައިވާ ހާލަތުގައި ހުއްޓައި ކަމަށެވެ. އަދި އޭނާގެ މައްސަލަތައް ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ ރަށު ރައްޔިތަކު ބުނެފިއެވެ.

"ޝައްކު ކުރެވޭ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ވެސް. ބެލެވޭ ޖިންނި ކަންތައް ފަދަ ކަމެއް އުޅޭ މީހެއް ކަމަށް ވެސް އަދި ހަމަ ބެލެވޭ މާބޮޑަށް ކަމަކާ ވިސްނާ، ހިތާމައެއް ކުރާ ކަމަށް ވެސް،" އޭނާ ބުންޏެވެ.

ފެންފުށީ ކައުންސިލްގެ ރައީސް ޝާހިދު ޢަބްދުއްރަހީމް ރާއްޖެ އެމްވީއަށް ވިދާޅުވީ އޭނާގެ ޝަކުވާތައް ރަށު ކައުންސިލަށް ވެސް ވަރަށް ގިނަ އިން ލިބޭ ކަމަށާއި އެކަން ފުލުހުންނަށް ވެސް އަންގާފައިވާނޭ ކަމަށެވެ. އަދި އޭނާ ގެއްލިފައި ވަނީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރިތާ 4 ވަރަކަށް ދުވަސް ފަހުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ވަރަށް ފަހުން ވެސް ރަށުގެ 3 ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި ފުލުހުންނާ ހަވާލު ކުރެވުނު. ދުވާލު އެބަހުރޭ ކެމެރާތައް ވެސް ހުންނަ ފިހާރަތަކުން ވައްކަން ކޮށްފައި. އަނެއްކާ ނަގާފައި ހުންނަނީ ވެސް ގިނައިން ޗިޕްސް ދަޅެއް ނޫނީ ވަތްގަނޑުގައި ހުންނަ ކުޑަ ފައިސާ ކޮޅެއް ކަހަލަ އެއްޗެހި،" ޝާހިދު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ޝާހިދު ވެސް ވިދާޅުވީ އޭނާ ގެއްލުނު ރޭ ޑިންގީއެއް ވެސް ގެއްލިފައިވާ ކަމަށާއި ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި މުޅި ރަށުތެރެ ވެސް މިހާރު ބެލިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ގެއްލުނު އަދުނާނު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށާއި ރަށުތެރެއާއި ފަޅުތެރެ އަދި އުރަފަށް ބަލާފައިވާ ކަމަށެވެ. އަދި އެކަމުގައި ޑައިވަރުން ވެސް ހަރަކާތްތެރިވާކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އާދީއްތަ ދުވަހު ހަވީރު 17:15 ހާއިރުއެވެ.

އާޒިމް ވިދާޅުވީ އެމީހާގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށެވެ. އަދި އޭރު އޭނާ ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް