Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

ފާރިސް މައުމޫނަށް އަނިޔާވެރިވަމުން އެގެންދަނީ މި ސަރުކާރަށް ތާޢީދު ނުކުރެއްވުމުން: އެމްޑީޕީ

ފާރިސް އަށް ހުކުމް ކުރީ އެއްވެސް ޙުކުމެއް ނެތި ޖަލުގައި ހައްޔަރުކޮށްފައިވާތާ 10 މަސް ދުވަސް ފަހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 28 ޖޫން 2018 | ބުރާސްފަތި 06:14
ފާރިސް މައުމޫން އެމްޑީޕީ ޕީޖީ ލީޑަރ އިބޫއާ އެކު: ފާރިސްއަށް ހުކުމް ކުރީތީ އެމްޑީޕީން ކަންބޮޑުވޭ

ފާރިސް މައުމޫން އެމްޑީޕީ ޕީޖީ ލީޑަރ އިބޫއާ އެކު: ފާރިސްއަށް ހުކުމް ކުރީތީ އެމްޑީޕީން ކަންބޮޑުވޭ

ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަޙްމަދު ފާރިސް މައުމޫނަށް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އަނިޔާވެރިވަމުން އެގެންދަނީ ފާރިސް މައުމޫނު މި ސަރުކާރަށް ތާއީދު ނުކުރެއްވުމުގެ ސަބަބުން ކަމަށާއި ފާރިސްގެ މައްޗަށް 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވާފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފާރިސް މައުމޫންގެ މައްޗަށް ޕްރޮސިކިޔުޓަރ ޖެނެރަލް ދަޢުވާކުރި މިމައްސަލައަކީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރައްވައިގެން އޭނާ ޕްރެސް ކޮންފަރެންސެއް ދެއްވިކަމަށް ބުނާ މައްސަލަ ކަމަށާއި އަދި ޙުކުމް އިއްވާފައި މިވަނީ ފާރިސް މައުމޫން އެއްވެސް ޙުކުމެއް ނެތި ޖަލުގައި ހައްޔަރުކޮށްފައިވާތާ 10 މަސް ދުވަހުސް ފަހުން ކަމަށެވެ.

Advertisement - newsAdvertisement

އެޕާޓީން ބުނީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް އިންތިޚާބުކޮށްފައި ވަނިކޮށް، އެ ޕާޓީގެ އަސާސީ ޤަވާއިދާ ކަނޑައެޅިގެން ޚިލާފަށް އެ ޕާޓީގެ މުޝްތަޝާރު ޢަބްދުﷲ ޔާމިން ވަނީ އެ ޕާޓީއަށް ވެރިވެގެންފައި ކަމަށެވެ. އަދި އެއަށް ފަހު ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރެއްވި ކަމަށް ބުނެ ނާއިންސާފުން ދައުވާކޮށްފައި ވަނީ ސީދާ ޔާމިނު ތަޙްޤީޤީ އިދާރާތަކަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށް ނުފޫޒު ފޯރުވައިގެން ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

ދައުވާ ކުރެވެން ނެތް ކަންކަމުގައި އަމިއްލައަށް މައްސަލަ އުފައްދައިގެން، ހަމައާއި އިންސާފުން އެއްކިބާވެގެން ތިބެ، ފާރިސްގެ މައްޗަށް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އަނިޔާވެރިވަމުން އެގެންދަނީ ފާރިސް މި ސަރުކާރަށް ތާޢީދު ނުކުރެއްވުމުގެ ސަބަބުން ނޫން އިތުރު ސަބަބެއް އޮވެގެން ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެޕާޓީން ބުނީ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ފާރިސް މައުމޫނާއި އެނޫން ވެސް ސިޔާސީ ބޭފުޅުންގެ މައްޗަށް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޖަލަށްލައި، ޙުކުމް އިއްވަމުންދާ މައްސަލާގައި މުޅި ދުނިޔެއިން ގެންދަނީ އެކަން ކުށްވެރިކޮށް، އެ ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ގޮވާލަމުން ކަމަށެވެ. މިފަދަ ދަޢުވާތަކާއި ޙުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގަ އާއި ދުނިޔޭގެ ކުރިމަތީގައި މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި ކޯޓުތަކުގެ އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ފާރިސް ޙައްޔަރުކޮށްގެން އޭނާއަށް އަނިޔާވެރިވަމުންދާ ދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލާ ކަމަށާއި ނާއިންސާފާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފާރިސް ދައްކަވަމުން ގެންދަވާ ހިތްވަރާއި ޢަޒުމަށް ސާބަސް ރައްދުކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު