Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ޝަހްސު އޮޅުވާލި ކަމަށް ބުނެ ފާރިސް 4 މަހާ 24 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި

27 ޖޫން 2018 | ބުދަ 17:24

ފާރިސްގެ މައްޗަށް އިތުރު ދައުވާތަކެއްވެސް އުފުލާފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 ޖޫން 2018 | ބުދަ 17:24
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން:- އޭނާ ނުވަ މަހަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން:- އޭނާ ނުވަ މަހަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 4 މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ 10:13 ގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިއްވެވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކި ކޮށްފައިވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން 3 ސިއްރު ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ 6 މީހެއްގެ އެވެ.

ގާޒީ ވިދާޅުވީ 13 އޮކްޓޯބަރު 2016 ގައި ފާރިސް ޕީޕީއެމް އިން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ސިޓީން އެނގޭއިރު އޭނާ ޕާޓީން ވަކި ކުރި މައްސަލަ ޕީޕީއެމްގެ އިސްތިއުނާފު ކޮމެޓީގައި އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށެވެ. އަދި އެހެންމެ ޕާޓީން ވަކި ކުރި މައްސަލަ ފާރިސް ސިވިލް ކޯޓަށް ހުށައެޅުމަށްފަހު އަނބުރާ ގެންގޮސްފައިވުމުން ޕާޓީން ވަކި ކޮށްފައިވަނީ ރަނގަޅަށް ކަމަށް އޭނާވެސް ގަބޫލުކުރާކަން އެއިން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސްދިން ދެ މީހުންގެ ހެކިބަހުން ފާރިސް ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދެއްކެވިއިރު ފަހަތުގައި ޕީޕީއެމްގެ ދިދަ ހުރި ކަމަށާއި އަދި އޭނާ އަކީ ޕީޕީއެމް މެމްބަރެއް ކަމަށް ބުނިކަން އެނގެން އޮންނަ ކަމަށްވެސް ޝަރީއަތައް ފާހަގަ ކުރެވުނު ކަންކަން ގޮތުގައި ގާޒީ ވިދާޅުވި އެވެ.

އަދި ފާރިސް ބައިވެރިވި އެ ނޫސްވެރިންގެ ބައްދަލުވުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޕީޕީއެމް ތަމްސީލް ކުރާނީ ފާރިސް ކަމަށް ވިދާޅުވިކަން އެނގެން އޮންނަ ކަމަށެވެ. އަދި ދިފާއުގައި ހެކިބަސްދިން މީހަކު އިބޫ ތަމްސީލް ކުރަނީ އެމްޑީޕީކަން އެނގުނީ އޭނާގެ ފަހަތުގައި އިން އެ ޕާޓީގެ ދިދައިން ކަމަށް ބުނެފައިވާއިރު ފާރިސްގެ ފަހަތުގައި ވެސް ޕީޕީއެމްގެ ދިދަ އިނުމުން ފާރިސްގެ އަމަލަކީ ޝަހްސު އޮޅުވާލުމަށް ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ޖަލު ހުކުމް އައިސްފައިމި ވަނީ އަސާސީ މިންގަނޑުން އެކުށަށް ކަނޑައަޅާފައިވާ އަދަބުގެ މިންވަރެވެ. އެހެން ނަމަވެސް އެ އަދަބު ކުޑަވާން ޖެހޭނެ ކަމަށް ފާރިސްގެ ދިފާއީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް