Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ފާރިސް ޝަހްސު އޮޅުވާލި ކަމަށް ބުނާ މައްސަލައިގެ އެންމެ ފަހު އަޑުއެހުން މިއަދު ހަވީރު

27 ޖޫން 2018 | ބުދަ 09:35

އެންމެ ފަހު އަޑުއެހުން ފަސްކުރި މިއީ ތިން ވަނަ ފަހަރު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 ޖޫން 2018 | ބުދަ 09:35
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން:- ޝަހްސު އޮޅުވާލުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވަން މަސައްކަތްކުރާތާ އެތައް ދުވަހެއް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން:- ޝަހްސު އޮޅުވާލުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވަން މަސައްކަތްކުރާތާ އެތައް ދުވަހެއް

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އެންމެ ފަހު އަޑުއެހުން މިއަދުގެ ހަވީރަށް ފަސްކޮށްފިއެވެ. އެންމެ ފަހު އަޑުއެހުން ކަމަށް ބަލައި ހެނދުނު ވެސް އަޑުއެހުމެއް ބޭއްވިއިރު އެ އަޑުއެހުމުގައި ވެސް ދެ ފަރާތައް ހުލާސާ ބަޔާން އިއްވޭ ގޮތެއް ނުވިއެވެ.

ދެން އޮންނާނީ އެންމެ ފަހު އަޑުއެހުން ކަމަށް ވިދާޅުވެ ހަތަރު ވަނަ ފަހަރަށް ބޭއްވި އަޑުއެހުން ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ ހެނދުނެވެ. އަދި މި އަޑުއެހުމުގައި ދައުލަތުން މައްސަލައިގައި ހުލާސާ ބަޔާން އިއްވިއިރު ފާރިސް އާއި އޭނާގެ ދިފާއީ ވަކީލުން ވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ފާރިސް އެއް މައްސަލަ ގޮތުގައި ފާހަގަ ކުރެއްވީ މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން އެެދިގެން ހުލާސާ ބަޔާނަށް ތައްޔާރުވާން ދެ ދުވަސް ދެއްވާނެ ކަމަށް ވިދާޅުވެ ދެ ދުވަސް ހަމަ ނުވެ މައްސަލައިގެ އަޑު އެހުން މިއަދު ބޭއްވުމެވެ. ކުއްލި ގޮތަކަށް މިއަޑުއެހުން އޮންނާނެ ކަން އެނގުނީ ހޯމަ ދުވަހު ކަމަށާއި އޭގެ ސަބަބުން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށް ވިދާޅުވެ އިތުރު ވަގުތު ދެއްވުމަށް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ފާރިސްގެ ދިފާއީ ވަކީލު މައުމޫނު ހަމީދާއި އިބްރާހިމް ޝަމީލް ވިދާޅުވީ ދައުލަތުން މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ ތެރޭގައި މީގެ ކުރިން ފާހަގަ ނުކުރާ ކަންކަން ފާހަގަ ކޮށްފައިވާތީ އެކަން ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި އެހެންމެ ދެ ފަރާތައް ވެސް ހަމަހަމަ އުސޫލުން ކަން ކަން ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވެފައިވާއިރު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ދެ ދުވަހަށް އެދުމުން ފުރުސަތު ދީފައިވާތީ އެ ފުރުސަތު ފާރިސް އަށް ދެއްވަން އެދޭ ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެހެން ދުވަހަކަށް މައްސަލަ ފަސް ނުރެވޭނެ ކަމަށާއި މިއަދުގެ ހަވީރު 5:00 ގައި ޖެހުމާ ހަމައަށް ވަގުތު ދެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެ ފުރުސަތު ވެސް ބޭނުން ކުރައްވާނެ ކަމަށް ފާރިސްގެ ވަކީލު ވިދާޅުވުމުން ގާޒީ ނިންމެވީ މިއަދުގެ ހަވީރު 5:00 ގައި ހުލާސާ ބަޔާން އިއްވަން ފުރުސަތުދީ އެންމެ ފަހު އަޑުއެހުން ބޭއްވުމަށެވެ.

ފާރިސް އެދުނު ގޮތައް ހުލާސާ ބަޔާން އިއްވަން ފުރުސަތު ނުދެއްވޭނެ ކަމަށް ގާޒީ ނިންމެވުން ފާރިސް ވަނީ ގާޒީގެ މިނިވަން ކަމާމެދު ސުވާލު އުފައްދަވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި މައްސައިގެ އިތުރު ދެ ދުވަސް ނުދެވިގެން އުޅެނީ ނުފެންނަ އެހެން އަތެއް މި މައްސަލައިގެ ތެރޭގައި އުޅެނީ ތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ފަނޑިޔާރުންނަށް ނުފޫޒުތައް އަންނަ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނުފޫޒަށް އޮތް ކަމަށްވާ ނަމަ އެކަން އޭނާއަށް އެނގެން ނުޖެހޭތޯ ސުވާލު އުފެއްދެވިއެވެ. އަދި މީގެ އަހަރެއް ކުރިން އެ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އިތުރު އެއް ދުވަސް ވެސް ދެން ނުދެވިގެން އުޅެނީ ކިހިނެތް ވެގެންތޯ ސުވާލު ކުރައްވައި އޭނާ ވިދާޅުވީ އެކަން އެނގޭނީ ޝަހްސު އޮޅުވާލި ކަމަށް ބުނެ އެ މައްސަލަ ފުލުހުނަށް ހުށަހެޅި ޕީޕީއެމްގެ ނާއިބު ލިޑަރު އަބްދުއްރަހީމް އަބްދުﷲ ގާތަށްތޯ ވެސް ފާރިސް އެއްސެވި އެވެ. ޝަރީއަތުގެ މިނިވަން ކަމާ މެދު އެހާ ބޮޑެތި ސުވާލުތައް އުފައްދަވައި ވާހަކަ ދެއްކެވި ނަމަވެސް ގާޒީ އެ ވާހަކަތައް ހުއްޓުވާފައިނުވާއިރު އެކަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

މި މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބާއްވަން މީގެ ކުރިން ތާވަލުކުރި ކޮންމެ ފަހަރަކު ވެސް ޝަރީއަތުގެ ކުރިން ދޭން ޖެހޭ ފުރުސަތެއް ނުދީ އޮވެގެން ފާރިސްގެ ފަރާތުން އެކަން ފާހަގަ ކުރުމުން އެ ފުރުސަތު ދިނުމުގެ ގޮތުން ހުލާސާ ބަޔާން ހުށައެޅުން ފަސް ކުރެއެވެ. އަދި އެންމެ ފަހު އަޑުއެހުމުގައި ގާޒީ ވިދާޅުވެފައި ވަނީ ދެން އޮންނަ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށައެޅުމަށް ނޫނީ ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިއަޑުއެހުމުގައި ވެސް ދައުލަތުން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނުމުން ހުލާސާ ބަޔާން ހުށައެޅުން ފަސްކުރި އިރު ގާޒީ ވިދާޅުވީ ދެން އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށައެޅުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް