Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު މަހުލޫފު

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މީހުންގެ ފޯރަމެއްގައި މަހުލޫފުގެ ވާހަކަ ކޭސް ސްޓަޑީއަކަށް

26 ޖޫން 2018 | އަންގާރަ 13:46

މަހުލޫފަށް ބަންދުގައި ހުންނަވަނިކޮށް ގިނަ އެވޯޑްތަކެއް ވެސް ވަނީ ލިބިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 26 ޖޫން 2018 | އަންގާރަ 13:46
މަހުލޫފުގެ މައްސަލައިގައި އެޗްއާރްސީގެ 38 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަޝްވަރާކުރަނީ

މަހުލޫފުގެ މައްސަލައިގައި އެޗްއާރްސީގެ 38 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަޝްވަރާކުރަނީ

އިންސާނީ ހައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ޖެނީވާގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްސަލަ ނަގައިފިއެވެ.

އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 38 ވަނަ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މި އިވެންޓްގައި މަހުލޫފު ބަންދުގައި ހުންނަވާ ހުންނެވުމާ ބެހޭ ގޮތުންނާއި، އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާތަކާއި، އަދި އިންސާނީ ހައްޤުތަކުގެ ދިފާޢުގައި މަހުލޫފު ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން މަހުލޫފުގެ މައްސަލަ ހިނގަމުންދާ ގޮތް ބަލައި، ދިރާސާކުރުމަށް އެއިވެންޓްގައި 'ފްރެންޑްސް އޮފް މަހުލޫފު'ގެ ނަމުގައި ގްރޫޕެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަކީ އެމްނެސްޓީ އިންޓަރނޭޝަނަލް އިން 'ޟަމީރުގެ ޤައިދީއެއް' ކަމަށް ކަނޑައަޅާފައިވާ ފަރާތެކެވެ. އަދި އޭނާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޕާލަމަންޓޭރިއަންސް ފޮރ ގްލޯބަލް އެކްޝަން އާއި އެހެން ބައެއް ޖަމިއްޔާތަކުން އޭނާ ބަންދުގައި ހުންނަވަނިކޮށް ގިނަ އެވޯޑްތަކެއް އަރުވާފައިވެއެވެ.

މަހުލޫފުގެ މައްޗަށް މިހާރު ވެސް ހަތަރު ދަައުވާއެއް ކޮށްފައިވާއިރު، ފާއިތުވި ދެ އަހަރެއްހާ ދުވަހު ގިނަ ދުވަހު މަހުލޫފު ހުންނެވީ ޖަލު ބަންދުގައި ނުވަތަ ގޭބަންދުގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް