Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

އިނގިރޭސިވިލާތަށް ވާރލްޑް ކަޕް ކާމިޔާބުކުރެވޭނެ: ލަމްޕާޑް

25 ޖޫން 2018 | ހޯމަ 15:09

އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓީމެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ޖޫން 2018 | ހޯމަ 15:09
ވާރލްޑް ކަޕްގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށްފަހު އިނގިރޭސި ކުޅުންތެރިން އުފާފާޅުކުރަނީ - އިނގިރޭސިވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަ

މިފަހަރުގެ ވާރލްޑް ކަޕް އިނގިރޭސިވިލާތަށް ކާމިޔާބުކުރެވޭނެ ކަމަށް އެގައުމުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސިވިލާތް ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓީމެކެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ވާރލްޑް ކަޕްތަކުގެ ނޮކްއައުޓް ބުރުތަކުގައި އެޓީމަށް މާ ދުރަށް ދަތުރުކުރެވިފައިނުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އަބަދުވެސް އޭނާއަށް އަމާޒުވެއެވެ. މިފަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސި ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅުމުގެ ސަބަބުން އެ ޓީމަށް ދުރަށް ދަތުރުކުރެވޭނެ ކަމަށް ބެލެވެއެވެ.

ފުރަތަމަ މެޗުގައި 2-1 އިން ޓިއުނީޝިއާ އަތުން އުނދަގޫ މޮޅެއް ހޯދިއިރު ވާރލްޑް ކަޕްގައި އަލަށް ވާދަކުރި ޕެނަމާ އަތުން އިނގިރޭސިވިލާތް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބީބީސީގައި ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ފައިނަލާއި ހިސާބަށް ދެވެނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އިތުބާރު ކުޅުންތެރިންގެ މައްޗަށް އެބައޮތް ކަމަށެވެ. އޭނާ ބުނީ ކުއާޓާއިން ކަޓާނެ ކަމަށް ބަޔަކު ގަބޫލުކުރި ނަމަވެސް އޭނާ ނެގެޓިވްކޮށް ވިސްނަން ބޭނުންނުވާ ކަމަށެވެ. އެ ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ސްކޮޑްގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށެވެ.

ކޮންމެ މެޗަކަށް ވެސް ވަކިވަކިން ފޯކަސް ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ކަންކަން ކުރަންޖެހޭ ކަމަށެވެ. އޭނާ ބުނީ މީގެކުރިން ޓީމުތައް ވާރލްޑް ކަޕްގައި ކުޅުނުއިރު ފެނުނީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ކަމަށާއި އެހެންނަމަވެސް މިފަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސި ކުޅުންތެރިން ކުޅެމުންދަނީ އެކައްޗެއްގެ ގޮތުގައި ކަމަށެވެ. މިގޮތަށް ކުޅޭނަމަ ހުރިހާ ކުޅުންތެރިންގެ ބައިވެރިވުން އޮންނާނެ ކަމަށާއި އޭރުން މުބާރާތުގައި އިތުރަށް ކުރިޔަށް ދެވޭނެ ކަމަށް ލަމްޕާޑް ބުންޏެވެ.

ވާރލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ކުޅުން ރަނގަޅުވެގެންދިޔައީ އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ގެރެތު ސައުތުގޭޓްގެ ސަބަބުން ކަމަށް ލަމްޕާޑް ބުންޏެވެ. އޭނާ ބުނީ ފާއިތުވެދިޔަ ދެ އަހަރުތެރޭ ސައުތުގޭޓް ޓީމުގެ ފިލޯސަފީ އެއްކޮށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު ޓީމަށް އެކި ފޯމޭޝަންތަކުގައި ކުޅުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ވާރލްޑް ކަޕްގައި ފަސް ލަނޑާއެކު ރަން ބޫޓުގެ ރޭންކިންގެ އެއްވަނައިގައި އޮތީ އިނގިރޭސި ކެޕްޓަން ކޭންއެވެ.

ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އިނގިރޭސިވިލާތް އޮންނައިރު ދެވަނައިގައި ލަނޑުގެ ތަފާތުން އޮތީ ބެލްޖިއަމްއެވެ. ތިންވަނައިގައި ޓިއުނީޝިއާ އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ޕެނަމާއެވެ. ކުރިޔަށް އޮތް މެޗުގައި އިނގިރޭސިވިލާތް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވެވޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް