Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނަށް އިސްލާހު ހުށަހެޅުން

މިއަދު ހުށަހެޅި އިސްލާހުތަކަށް މާދަމާ ބަހުސް ކުރުމަށްފަހު ކޮމެޓީއަށް ފޮނުވުމަށް އެޖެންޑާ ކޮށްފި

25 ޖޫން 2018 | ހޯމަ 13:47

މާދަމާ ބާއްވާ ޖަލްސާގައި އެބިލްތަކަށް ބަހުސްކޮށް، ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖޫން 2018 | ހޯމަ 13:47
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްތަކުގެ އިބްތިދާއީ ބަހުސް ކުރުމާއި އެ ބިލްތައް ދިރާސާ ކުރުމަށް ކޮމެޓީތަކަށް ފޮނުވުމަށް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބޭއްވި އިރު، ތިން ބިލެއްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ދެ ބިލަކާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލެކެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން އެތިން ބިލް ވެސް އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ)ގެ ދަށުން ވޯޓަށް އަހައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަކާ ގުޅިގެން ހިންގަންޖެހޭކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކިއެކި މަރުޙަލާތައް، އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި މަޖިލީހުން ފާސްކުރާ ގޮތަށެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ)ގައި ބުނާ، މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެވެސް ފުރަތަމަ ކިޔުން އިއްވައި ބިލު ތައާރުފުކުރުމަށްފަހު، 3 ދުވަހުގެ ނޯޓިސްދިނުމަށްފަހު، އެ ބިލުގެ އިބްތިދާއީ ބަހުސެއް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށްބުނި ނަމަވެސް، 3 ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި އެބިލުގެ އިބްތިދާއީ ބަހުސް ކުރުމާއި އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވިދާނެ އެވެ.

އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި ވޯޓަށް އެހިދާނެ ކަމަށް ބުނާތީ، މިފަހުން މަޖިލީހަށް ހުށަހެޅޭ މުހިއްމު ގިނަ ބިލުތަކުގައި މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށެވެ.

އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދެވޭގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރީވެސް ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުގައި ސާފު މެޖޯރިޓީ އޮތް ދުވަސްވަރުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރި ބިލްތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (ސެޒް) ބިލް ހިމެނެ އެވެ. އެބިލް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްފައިވަނީ 24 ގަޑިއިރުގެ ތެރޭގަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް