Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

އެމްޑީޕީ ކޮންގްރެސް: ސަރުކާރުގެ ފިއްތުމާހުރެ އުކުޅަހުގެ ހަރަކާތް އެއްދުވަހަށް މަދުކޮށް ޓިކެޓް ވިއްކުން ހުއްޓާލައިފި

24 ޖޫން 2018 | އާދީއްތަ 03:12

29 ވަނަ ދުވަހު ރަޖިސްޓްރޭޝަން އޮންނާނީ ހަރުގޭގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 ޖޫން 2018 | އާދީއްތަ 03:12
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮްގްރާމްގައި

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮްގްރާމްގައި

މިމަހުގެ 29 އިން 30 އަށް އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް، ސަރުކާރުގެ ފިއްތުންތަކާ ހުރެ އެއްދުވަހަށް މަދުކޮށް ޓިކެޓް ނުވިއްކާ ގޮތަށް ނިންމައިފިއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮންގްރެސްގެ ޝެޑިއުލްއަށް ކުޑަ ބަދަލެއް މިހާރު ގެނެސްފައިވާ ކަމަށާއި ކުރިން 29 އަދި 30 ވަނަ ދުވަހުގެ ހުރިހާ ހަރަކާތެއް އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް އޮތުމަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން 29 ވާ ހުކުރު ދުވަހު ކޮންގްރެސްގެ ރެޖިސްޓްރޭޝަން އޮންނާނީ މާލޭގައި ކަމަށާއި ހުކުރު ދުވަހު ހެނދުނު 8:30 އިން 10:30 އަށް އަދި ހުކުރަށް ފަހު 2:00 އިން 6:00 އަށް ކޮންގްރެސްގެ ޑެލިގޭޓުންގެ ރަޖިސްޓްރޭޝަން މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން އެރޭ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް ހަރުގޭގައި ހަރަކާތެއް އޮންނާނެ ކަމަށާއި ރެޖިސްޓްރޭޝަންގެ ހަރަކާތް އެރޭ އެމްޑީޕީ އޮފީހުގައި އޮންނާނެކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ އުކުޅަހަށް ފުރުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށާއި ކޮންގްރެސްގައި ކުރަންޖެހޭ މައިގަނޑު ދެކަމެއް އެބައޮތް ކަމަށެވެ.

"އެއްކަމަކަށް މެނިފެސްޓޯ ލޯންޗް ކުރުން އެބައޮތް. ދެންހަމައެހެންމެ އަސާސީ ޤަވާއިދަށް ގެންނަ އިސްލާހީ ބަދަލުތައް ގެނައުން އެބައޮތް. އެއީ މައިގަނޑު ދެކަމަކީ. އެހެންވީމާ އެދުވަހުގެ ހަވީރާ ރޭގަނޑާއެކީގައި އެކަންކަން ނިންމާލެވޭނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 30 ވަނަ ދުވަހު އުކުޅަހަށް ވަޑައިގަންނަވާ ބޭފުޅުން ރެޖިސްޓްރޭޝަންއަށް މާލެވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އެބޭފުޅުންގެ ރެޖިސްޓްރޭޝަންގެ ކަންކަން ހިނގާނީ ސީދާ އުކުޅަހުގައި ކަމަށެވެ.

މިހާރު ކޮންގްރެސްގައި ސީދާ ބައިވެރިވާނެ އަދަދަކީ 1148 ބޭފުޅުން ކަމަށް ވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ އޭގެ އިތުރުން ކުރިން ވެސް ރޭވިފައިވާ ގޮތަށް ބޭރުގެ އިއްޒަތްތެރިންނަށާއި ނޫސްވެރިންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް އަދި އެހެން ޕާޓީތަކުގެ ބޭފުޅުންނަށްވެސް ދައުވަތު ދެއްވާނެ ކަމަށެވެ.

"ސަރުކާރުގެ ފިއްތުންތައް ނެތްނަމަ އަދި މިއަށް ވުރެ މާ ކުލަގަދަކޮށް ކޮންގްރެސް ގެންދެވޭނެ. އަޅުގަނޑުމެން ދެއްކިން ޓިކެޓެއް ވިއްކާ ވާހަކަ. 200 ޓިކެޓް ވިއްކަން ރާވައިގެން އެމަސައްކަތް ކުރަމުންގޮސް، މިދެންނެވިގޮތަށް ފިއްތުންތައް ކުރިމަތިވެފައި އޮތީމަ މިހާރު އެއް ދުވަހަށް ޝެޑިއުލް ކުޑަކުރެވިފައި އޮތީމަ ޓިކެޓް ވިއްކައިގެން ބޭފުޅުން ގެންދާނެ ފުރުސަތު މިހާރު އެއްކޮށް ވަނީ ނެތިފަ." ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް