Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ފަނޑިޔާރުުންގެ މައްސަލަ

ދެ ފަނޑިޔާރުންގެ މަޤާމެއް ނުގެއްލޭ، ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ވަކީލުން

20 ޖޫން 2018 | ބުދަ 13:26

ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ވަކީލުންގެ އެހީތެރިކަން ނުލިބޭކަން ފާހަގަކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 20 ޖޫން 2018 | ބުދަ 13:26
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީީ ހަމީދު ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، ސުޕްރީމް ކޯޓުން އެ ބޭފުޅުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކުރުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ދެ ފަނޑިޔާރުންގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ އިސްތިއުނާފްކޮށް، ދެ ފަނޑިޔާރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ވަކީލުންގެ އެހީތެރިކަން ނުލިބުމުގެ އިތުރުން ގާނޫނާ ޚިލާފަށް އަޑުއެހުންތައް ހިންގާފައިވާ މައްސަލަތައް ފާހަގަކޮށްފައިވާ ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނުގަތުމަށް ނިންމީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.

Advertisement - newsAdvertisement

ވަކީލުންގެ ބަޔާނުގައި ބުނެފައިވާގޮތުން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާކަން އަންގާފައިވަނީ ސުޕްރީމް ކޯޓުގެ ރަޖިސްޓަރަރގެ އެންގުމަކުން ކަމަށެވެ. އަދި މައްސަލަ ބަލައިނުގަތް ސަބަބުކަމަށް "މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބަލައި، ގޮތެއް ނިންމާފައިވާ މައްސަލައެއް" ކަމަށް ފާހަގަކޮށްފައިވާއިރު، ކޮންމެ މައްސަލައެއްވެސް އިސްތިއުނާފަށް ހުށަހެޅޭނީ ހައިކޯޓުން މައްސަލަ ނިންމުމުންކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެއީ ޤަނޫނީގޮތުން ހަމަޖެހޭ އަސާސެއް ނޫން ކަމަށާއި، އަދި އެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެނގުމާއި ފެނުމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމާއިމެދު ސުވާލު އުފެދޭކަމަށް ވަކީލުން ބުނެފައިވެއެވެ.

ވަކީލުން ބުނެފައިވަނީ ކަން އެހެން އޮތުމާއިއެކު މައްސަލަ ނުބެލޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުން އަންގާފައިވާ އެންގެވުން މުރާޖަޢާ ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ފަރާތުން ވަނީ ނިންމަވާފައިކަމަށެވެ. އަދި ވަކީލުން ބުނެފައިވަނީ ފަނޑިޔާރުންގެ މަޤާމު ގެއްލޭނީ ސުޕްރީމް ކޯޓުން ނިއާހީ ހުކުމެއް އިއްވާ ހިސާބުންކަން އެނގެން އޮޮންނައިރު ރަޖިސްޓްރަރގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކަށް ނުވާތީވެ، އެ ފަނޑިޔާރުންގެ މަޤާމު ގެއްލިފައި ނުވާކަމަށެވެ.

ރަސްމީ ހަސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކުރި ހުކުމަށާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު ހަތަރު މަހަށް ޖަލަށްލާން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ވަނީ ތާއިދު ކޮށްފަ އެވެ. އަދި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުމުން ބުދަ ދުވަހު އެ ކޯޓުން ނިންމާފައިވަނީ ހައިކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ގޮތް ބާތިލް ކޮށްދޭން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު އެ ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތައް ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން އެ ނިންމުމުގައި ކަނޑައަޅާފައިވެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

30 އެޕްރީލު 2017
ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
29 މާރިޗު 2017

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް