Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުރީގެ ސީޕީ އަރީފް

ކުރީގެ ސީޕީ އަރީފްގެ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ތާވަލް ކޮށްފައިވަނީ މާދަމާ 13:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ޖޫން 2018 | ބުދަ 12:31
ކުރީގެ ސީޕީ އަހުމަދު އަރީފް

ކުރީގެ ސީޕީ އަހުމަދު އަރީފް

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

މިއަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

Advertisement - newsAdvertisement

މިމަހުގެ ހަތަރު ވަނަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކުރުމަށް ކެންސަލް ކޮށްފައި ވެއެވެ. މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑު އެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފްގެ ގާނޫނީ ވަކީލުންނާއި އަރީފް ވިދާޅުވެފައި ވަނީ، ދައުވާ ސާފު ނުވާ ކަމަށެވެ. އެހެންކަމުން ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ސިއްރު ނުގެއްލޭ ގޮތަށް ޕީޖީގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފުނުވާ ކަމަށް ބުނާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރީފް ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 29 އަހަރު ވެފައިވާއިރު ދުވަހަކު ވެސް ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މިދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސުޕްރީމް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުންވީ ޓެރަރިސްޓަކަށް ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ފުލުހުން ތަންފީޒު ކުރަން ދެކޮޅު ހެދިތަނެއް މިނޫނިއްޔާ ނުދެކޭ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

އެ އަޑުއެހުމުގައި އަރީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ތަންފީޒު ކުރުމަކީ ގާނޫނުއަަސާސީ އާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނަމަ އެ އަމުރާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ދައުވާއަށް އަރީފް އިންކާރު ކުރެއްވުމާ އެކު ޕީޖީ އޮފީހުގެ ވަކީލުން ވަނީ އަރީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 31 ހެއްކެއް ހުށަހަޅާފައެވެ. އެ ހެކިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންގެ ބަޔާންތަކެވެ، އަދި އެބަޔާންތަކާއި، ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ ބަޔާންދިން މީހުންގެ މަޢުލޫމާތު ކޮންމެހެން ސިއްރުކުރަން ދައުލަތުން ބޭނުންވާނަމަ، އެމީހުންގެ ސިއްރުކަން ނުގެއްލޭގޮތަށް ބަޔާނުގައިވާ އެއްޗެއް ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީން ދައުވާލިބޭ ފަރާތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ވެސް ވަކީލުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު