Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!

20 ޖޫން 2018 | ބުދަ 09:57

ހަތަރު ނާއިބު ލީޑަރުން އިންތިހާބު ކުރާއިރު، ފަސް ބޭފުޅަކު ކުރިމަތި ލައްވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ޖޫން 2018 | ބުދަ 09:57
ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން

ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު ނާއިބު ލީޑަރުން އިންތިހާބު ކުރަންޖެހޭ އެމަގާމަށް ފަސް ބޭފުޅަކު ކުރިމަތިލާފައި ވާތީ ވާދަވެރިވެރިކަން އިތުރުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި މައި ޖަގަހަ، މ. ކުނޫޒުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުންނާއި ރައީސާއި ނާއިބު ރައީސް އަދި ގޮފިތަކުގެ ރައީސުންނާއި ހިންގާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށާއި އެގޮތުން ސިއްރު ވޯޓަކުން 30 މަގާމަކަށް މީހުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖޭޕީގެ 30 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލާފައިވާއިރު ލީޑަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ވެސް ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖޭޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު އަދި ނާއިބު ރައީސްކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ.

ޖޭޕީގެ ނާއިބު ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އަބްދުﷲ އަމީނާއި އަބްދުﷲ ކަމާލުއްދީނާއި މުހައްމަދު ފަޔާޒް އަދި ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން އަމީން އިބްރާހީމެވެ. އެހެން ނަމަވެސް ޖޭޕީގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން އެމަގާމަށް އިންތިހާބު ކުރާނީ އޭގެ ތެރެއިން ހަތަރު ބޭފުޅެކެވެ. އެހެންކަމުން ފަސް ބޭފުޅުން ކުރިމަތި ލައްވާފައިވާ ނައިބު ލީޑަރުންގެ މަގާމުގެ ވާދަވެރިކަން މިވަނީ އިތުރު ވެފައެވެ.

ސަމީރު ވިދާޅުވީ ބުރާސަފަތި ދުވަހާއި ހުކުރު ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ގައުމީ ކޮންފަރެންސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ކޮންފަރެންސްގެ ބައިވެރިން ޕެރަޑައިސް ރިސޯޓަށް ދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ކޮންގްރެސްގެ މަސައްކަތް ފެށި، ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ނަމަވެސް ސަމީރު ވިދާޅުވީ ކޮންރެސްގެ މައިގަނޑު މަސައްކަތްތައް ދާނީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން ޖޭޕީގެ 29 މަގާމަށް 45 ބޭފުޅަކު ކުރިމަތިލާފައިވާއިރު، އިންތިހާބު އޮންނާނީ ވެސް ހުކުރު ދުވަހު ކަމަށް ސަމީރު ވިދާޅުވިއެވެ.

ގާނޫނީ ހުރަހެއް އޮތުމުން ޖޭޕީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް ކުރިމަތި ލައްވާފައި ނުވާއިރު އެއްވެސް ބޭފުޅެއް އެމަގާމަށް ކުރިމަތި ލައްވާފައެއް ނުވެއެވެ.

ސަމީރު ވިދާޅުވީ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެކަމުން ދޭހަވަނީ އެޕާޓީގެ ހުރިހާ މެމްބަރުންވެސް ގާސިމާ ދޭތެރޭ އޮތް ލޯތްބާއި އިހުތިރާމް ކަމަށެވެ. އަދި ޕާޓީއަށް ގާސިމް ކޮށްދެއްވާފައިވާ ކަންކަމުގެ ސަބަބުން އެހެން ފަރާތަކަށް އެ އިއްޒަތް ދޭން ޕާޓީގެ މެމްބަރުން ބޭނުން ނުވާކަން ދޭހަވާ ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މެއި 2017

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި

21 މެއި 2017
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި
14 އެޕްރީލު 2017

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

14 އެޕްރީލު 2017
މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ
13 އެޕްރީލު 2017

ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ

13 އެޕްރީލު 2017
ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް