Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިގްތިސާދީ ތަރައްގީ

ގްރީން ބިލްޑިންގ ކޮންސެޕްޓް: ރާއްޖެ އަށް ފަހި ކޮންސެޕްޓެއް

އެނަރޖީ ސޭވިންގ ނިޒާމެއް ގާއިމްކުރުން މުހިއްމު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ޖޫން 2018 | އަންގާރަ 09:56
ގްރީން ބިލްޑިންގ ކޮންސެޕްޓް

ގްރީން ބިލްޑިންގ ކޮންސެޕްޓް

ދުނިޔެއަށް ސިނާއީ ގޮތުންނާއި އުމްރާނީ ގޮތުން އަންނަ ތަރައްގީތަކުގެ ސަބަބުން ގައުމުތަކުގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުވެގެންދާ ވާހަކަތަކަކީ އަބަދު ވެސް އަޑުއިވޭ ވާހަކަތަކެކެވެ. ތަރައްގީ ހާސިލްކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ވާދަވެރިކަމާ އެކު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުރިހާ ދާއިރާއެއްގައި ކުރިއެރުން ހޯދައި، އެންމެ ފަހުގެ ޓެކްނޮލިޖީތަކަށް އަހުލުވެރި މާހައުލެއް ގާއިމްކޮށް ހޭލުންތެރި މުޖުތަމައެއް ބިނާ ކުރުމަކީ ކޮންމެ ގައުމެއްގެ ވެސް އަމާޒެވެ.

މިކަން މިހެން އޮތް އިރު ތަރައްގީ ކުރުމުގައި ނިންމާ ނިންމުންތަކުގެ ސަބަބުން ތިމާވެއްޓަށް އޭގެ އަސަރު ކުރެވެ. ޖައްވު ހޫނުވުމަށް މަގުފަހިވެއެވެ. މިއީ ތިމާވެއްޓަށް ނުވިސްނާ ނުވަތަ ތިމާވެއްޓާ ގެއްލުން ގޮތްތައް އިހްތިޔާރުކުރުމުގެ ސަބަބުން ތަރައްގީ ހާސިލްވެފައިވާ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކެވެ.

ޖައްވު ހޫނުވުމަކީ ހަގީގަތަކަށް ވެފައިވާ އިރު މިކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ކަމުގައިވާ ނަމަ މުޅި ދުނިޔެއަށް މިކަމުގެ ނުރައްކަލާ ކުރިމަތިވާނެއެވެ.

މިކަމުގައި ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާނެއެވެ. ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކާއި ކާބަންޑިއޮކްސައިޑާއި ބިންގަނޑު ތަޣައްޔަރުވުމާއި ސާފު ފެން ނުލިބުމާއި ސާފު ވައި ދައުރުނުވުމުގެ ސަބަބުން އިންސާނުންނަށް ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެއެވެ. މީގެއިތުރުން އެހެން ދިރޭ ޖަނަވާރުތައް ދިރިއުޅޭ ވެށިތައް ހަލާކުވެ، އެފަދަ ޖަނަވާރުތައް ދުނިޔެއިން ނެތެމުންދާ ކަމީވެސް ވަރަށް ސާފުކޮށް މިހާރު ފެންނަމުންދާ ކަންކަމެވެ.

ދިރާސާތަކުން ދައްކާ ގޮތުން ޖައްވަށް ދޫކުރާ ފަސް ބައިކުޅަ ހަތަރު ބައި ކާބަންޑިއޮކްސައިޑަކީ ގޭބީސީތަކުގެ އަމަލުތަކުން ޖައްވަށް ދޫކުރާ ކާބަންޑިއޮކްސައިޑެވެ. އެހެން ކަމުން ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ދިރިއުޅެން ބޭނުންކުރާ ގެ އިމާރާތް ކުރުމަކީ ދިރިއުޅުމަށް ބޭނުންތެރިކަމެއްގެ އިތުރަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

މީގެ އިތުރުން ވިޔަފާރިތަކުގެ އިސްވެރިން ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށް ގެތައް މަރާމާތު ކުރުމަށް ބޭނުންވާނެ މެޓީރިއަލް އުފެއްދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ރިއަލް އެސްޓޭޓް މަސައްކަތްކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދީފިކަމުގައިވާ ނަމަ ހަމަގައިމު ވެސް ތިމާވެށީގެ މައްސަލަތަކުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އެގޮތުން އިމާރާތްތައް ކުރުމުގައި ގްރީން ބިލްޑިންގ ކޮންސެޕްޓް ބޭނުން ކުރެވިދާނެއެވެ. މިފަދަ ގޮތަކަށް މަސައްކަތް ކުރެވިއްޖެ ނަމަ ދެމެހެއްޓެނިވި ތަރައްގީއަށް ވެސް މަގުފަހިވެގެންދާނެއެވެ.

ގުދުރަތީ ވަސީލަތްތައް އިސްރާފުނުކޮށް، އިމާރާތް ކުރުމުގައި ކުނި މަދުކުރުމުގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދެއެވެ. މީގެ އިތުރުން އެނަރޖީ ސޭވިންގ ނިޒާމެއް ގާއިމް ކުރުމާއި މިފަދަ ނިޒާމުތަކަށް މުޅި މުޖުތަމައު ހޭލުންތެރިކުރުމަކީ ވެސް އަދިވެސް ކުރަންޖެހިފައިވާ ކަމެކެވެ.

މިފައިތުވެދިޔަ އަހަރުތަކުގައި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުން އިތުރުވެފައިވާ އިރު ހަކަތަ ބޭނުން ކުރުމުގައި ވެސް ދެމެހެއްޓެނިވި ނިޒާމެއް ގާއިމްކުރުމުގެ ވާހަކަތަކަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ވާހަކަތަކެވެ. ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް އިމާރާތްކުރުމާއި ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެވެ. މިކަންކަމަކީ ތަރައްގީވެފައިވާ ގިނަ ގައުމުތަކުން ވެސް އަމަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އުސޫލުތަކެވެ.

ކޮންސްޓްރަކްޝަން ދައިރާގައި މަސައްކުރާ ކުންފުންޏެއް ކަމުގައިވާ ޝްރިސްތީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓްގެ ޗީފް މާކެޓިންގ އޮފިސަރ މަނޯޖު އަސްރަނީ ބުނީ، އިމާރާތްތައް ޑިޒައިން ކުރުމުގައި މިހާރު ގެންގުޅެނީ ގްރީން ކޮންސެޕްޓްތައް ކަމަށެވެ. އެގޮތުން ސޯލާ ޕެނަލް ހަރުކުރެވޭނެ ނިޒާމު ގާއިމް ކުރުމާއި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ރީސައިކަލް ކުރެވޭނެ ގޮތްތަކާއި، ހަކަތަ ބޭނުން ކުރުމުގައި ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އިމާރާތް ކުރުމުގައި ސިމެންތި އާއި ހިލަ ބޭނުންކޮށްގެން އެޅިގާ ބޭނުން ކުރުމުގެ ބަދަލުގައި ބޭނުން ކުރުން މިހާރު އެންމެ ރަގަޅީ ރެޑީ މިކްސްޑް ކޮންކްރީޓް ކަމަށެވެ. ރީސައިކަލް ކުރެވޭ ކޮންސްޓްރަކްޝަން މެޓީރިއަލް ބޭނުން ކުރުމާއި ހައިޕޯ ތާމަލް ގްލާސް ފަދަ ތަކެތި ބޭނުން ކުރުމަކީ އެންމެ ރަޅަގު ގޮތްތައް ކަމަށް އޭނާ ފާހަގަކުރެއެވެ.

ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން އިމާރާތް ކުރުމުގެ ސަބަބުން ގިނަ ފައިދާތަކެއް ހާސިލްވެގެންދެއެވެ. އެގޮތުން ވައި ތަޣައްޔަރުވުމުން ސަލާމަތްވެ، ރަގަޅު ފެނުގެ ނިޒާމެއް ގާއިމް ކުރުމާއި ގުތުރަތީ ވަސީލަތްތައް އިސްރާފުވާ މިންވަރު ދަށްވެގެންދެއެވެ. މީގެ އިތުރުން ސިއްހީ ގޮތުން ވެސް އިންސާނުންނަށް ކުރިމަތިވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެގެންދެއެވެ.

މިހާރު ދުނިޔޭގައި އެންމެ ފަހުގެ ޓެކްނޮލިޖީތަކުގެ އަލީގައި ކާބަން ބޭނުން ކުރެވޭ ވަރު މަދު ކުރެވެއެވެ. އަދި ރީސައިކަލް ކުރެވޭނެ ތަފާތު ގޮތްތަކުގެ ތެރެއިން ވެސް ކުނީގެ ގޮތުގައި އުކާލަންޖެހޭ މިންވަރު މަދުވެއެވެ. އެހެން ނަމަވެސް މިފަދަ ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުން ކުރުމަށް ހަރަދު ކުރަންޖެހޭ ފައިސާ އިތުރުވެގެންދެއެވެ. މިއީ މިފަދަ ނިޒާމުތައް އާންމު ރައްޔިތުން ބޭނުން ކުރުމަށް ޖެހިލުންވާ އެއް ސަބަބެވެ.

ދެމެހެއްޓިވި ތަރައްގީއަށް ކުރަންޖެހޭ އިތުރު ހަރަދު ކުރުމަށް އާންމުން ބޭނުން ނުވާއިރު މިހާރަށް ވުރެ ބޮޑަށް މިފަދަ ކަންކަމަށް ސަރުކާރުތަކުން މީހުން ހޭލުންތެރި ކުރެވިދާނެއެވެ. ނުވަތަ ފޯރުކޮށްދޭންޖެހޭ ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެވިދާނެއެވެ. ކޮންމެ ގޮތެއްވިޔަސް މިކަންކަމަކީ މިއަދު ކޮންމެހެން ވެސް ކުރަންޖެހޭ ކަންކަމެވެ. ތަރައްގީ ހާސިލް ކުރުމުގައި ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ނުދީފި ކަމުގައި ވާނަމަ، ފަހުން މާބޮޑު ހަރަދުތަކެއް ވެސް ތިމާގެ ޖީބުން ކުރަންޖެހިދާނެއެވެ. ކުރިމަތިވާ ގެއްލުންތަކާއި ނުވަތަ ސިއްހީ ގޮތުން ކުރިމަތިވާ ކަންކަމަށް ފަހުން ހަރަދު ކުރަންޖެހޭ މިންވަރު އިތުރުވެގެންދާނެއެވެ. ހާއްސަކޮށް ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮތް އަދި މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި މިފަދަ އިމާރާތްތަކަށް ޖާގަ ދެވި ގިނަކުރެއްވި ނަމަ މުސްތަގުބަލުގައި ނުކުންނަ ކިތަންމެ މައްސަލައަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު