Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކަޝްމީރުގެ ހަމަނުޖެހުން

އިންޑިއާ އިން ކަޝްމީރުގެ އަސްކަރީ އޮޕަރޭޝަން އަލުން ފަށައިފި

އޮޕަރޭޝަން މެދުކަނޑާލީ ރަމަޟާން މަހަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 18 ޖޫން 2018 | ހޯމަ 04:31
ކަޝްމީރުގެ އިންޑިއާއާ ވީފަޅީގެ ވެރިރަށް ސްރީނަގަރުގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަރުނަގޭސް ބޭނުންކުރަނީ

ކަޝްމީރުގެ އިންޑިއާއާ ވީފަޅީގެ ވެރިރަށް ސްރީނަގަރުގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަރުނަގޭސް ބޭނުންކުރަނީ

ކަޝްމީރުގެ އިންޑިއާއާ ވީފަޅީގައި ހަނގުރާމަވެރިންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާ އިން ކުރިޔަށް ގެންދާ އޮޕަރޭޝަން ރަމްޟާން މަހަށް މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް އަލުން ފަށަން ނިންމައިފިއެވެ.

ހިމާލިޔާ ސަރަހައްދު ޕާކިސްތާނާއި އެއްކޮށްލުމަށް މަސައްކަތްކުރާ ވެކިވެ ގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ލީޑަރުންނާއި އިންޑިއާގެ ދަށުގައި އޮތުމަށް ދެކޮޅުހަދާ ގްރޫޕްތަކުން ވަނީ ވަގުތީ ފިޔަވަޅުތަކަކީ ދަޅައެއް ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ހޯމް މިނިސްޓަރ ރަޖްނާތު ސިންހް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ "ޓެރެރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމަ އަލުން ފަށާނެ" ކަމަށެވެ.

ސަލާމަތީ ބާރުތަކުން ހަމަލާ ނުދީ މަޑުޖައްސާލައިގެން ތިބި ވަގުތު ވެސް ޓެރެރިސްޓުންގެ ފަރާތުން އާއްމުންނާއި ސަލާމަތީ ބާރުތަކަށް ދިޔައީ ހަމަލާދެމުން ކަމަށާއި އޭގެ ސަބަބުން ބައެއް މީހުން މަރުވެ އަނެއް ބަޔަކު ޒަޚަމްވި ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި އެތައް ބަޔަކު މަރާލާފައިވާއިރު އޭގެ ތެރޭގައި އާއްމުންގެ ހަ މީހުންނާއި ސަލާމަތީ ކަންކަމުގައި މަސައްކަތްކުރާ ނުވަ މީހަކާއި، 20 އަށް ވުރެ ގިނަ ހަނގުރާމަވެރިން ހިމެނޭ ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ޕާކިސްތާނާއި އިންޑިއާގެ ސަރަހައްދީ އިން ވަކިކުރާ ރޮނގުގެ ކައިރީގައި ދެ ގައުމުން ޚިލާފް އުފެދިފައިވާ ސަރަހައްދުގައެވެ.

ހަމަނުޖެހުންތަކުގެ ތެރޭގައި މަޝްހޫރު ނޫސްވެރިޔާ ސުޖާތު ބުޚާރީ ވެސް އެ ސަރަހައްދުގެ ވެރިރަށް ސްރީނަގަރުގައި ވަނީ މަރާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު