Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ބޭއިންސާފު ޝަރީއަތްތަކުގެ ވާހަކަ ނުދައްކައި ތިބެވޭކަށް ނެތް: އަމީތު

17 ޖޫން 2018 | އާދީއްތަ 03:24

ޤާނޫނީ ވަކީލެއްގެ ފުރުސަތެއްވެސް ނުދެއްވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ޖޫން 2018 | އާދީއްތަ 03:24
އަމީތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި: ޕީޕީއެމް ދޫކުރައްވާ ނުކުންނެވުމުން ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި

އަމީތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި: ޕީޕީއެމް ދޫކުރައްވާ ނުކުންނެވުމުން ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި | ރާއްޖެއެމްވީ

ރާއްޖޭގައި ބޭއިންސާފު ޝަރީއަތްތައް ކުރެވެމުންދާ ކަމަށާއި އެޝަރީއަތްތަކުގެ ވާހަކަ ނުދައްކާ ތިބެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް ހިންގި ޝަރީއަތައް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ އެޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެބޭފުޅުންނަށް ކުރެވުނު ޝަރީއަތްތައް އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަމީތު ވިދާޅުވީ 30 އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މައުމޫނުގެ މައްޗަށް އިއްވުނު ހުކުމަކީ ކަނޑައެޅިގެން ބޭއިންސާފު ހުކުމެއް ކަމަށާއި އެއީ އިންސާފަށް ކުރި ޖެއްސުމެއް ކަމަށެވެ. އަދި އެއީ ރައީސް މައުމޫންގެ ސިޔާސީ ޙަޔާތް ނިމުމަކަށް ގެނެވޭނެކަމުގެ އުއްމީދުގައި ކުރެވިފައި އޮތް ނާއިންސާފު ހުކުމެއް ކަމަށް އަމީތު ވިދާޅުވިއެވެ.

އެ ހުކުމް ކުރެވުނު ދުވަހަކީ ދިވެހިރާއްޖޭގެ ޙަޔާތުގައި ކަޅު ދުވަހެއްކަން ފާހަގަ ކުރައްވަމުން އަމީތު ވިދާޅުވީ ރާއްޖެއަށް އެހާ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ބޭއިންސާފުން އެފަދަ ހުކުމެއް ކުރުމަކީ ދިވެހިން އުއްމީދުކުރި ކަމެއް ނޫންކަމަށާއި އެފަދަ ހުކުމެއް ކުރަން ދިވެހިން ނޭދޭނެ ކަމަށެވެ.

އެހެން ޝަރީއަތްތަކުގައިވެސް ބޭއިންސާފް ކަންކަން ހިނގާފައިވާ ކަމަށް ވިދާޅުވަމުން އަމީތު ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ކުރެވުނު ޝަރީޢަތުގައި ލަދުގަންނަންޖެހޭ ކަންކަން އެބަހުރިކަމަށެވެ.

އަމީތު ވިދާޅުވީ އެޝަރީއަތް ކުރެއްވި ފަނޑިޔާރު ރޯދަމަހުގެ ފަހު ދިހައިގައި އުމުރާއަށް ވަޑައިގެން އުމުރާ ދަތުރު ކުރުކޮށްލައްވައި ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ ކުރިއަށް އޮއްވައި މާލެ ވަޑައިގަނެ، ޝަރީއަތް ތާވަލު ކުރެއްވުމުންވެސް ސުވާލު އުފެދޭ ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ރައީސް މައުމޫނު ފުރުސަތެއް ހޯއްދެވި ކަމަށާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްތައް ވިދާޅުވެ އެރޭގެ ޝަރީއަތް ކެންސަލް ކުރައްވައި 27 ވަނަ ވިލޭރޭގެ ރޭއަޅުކަން ކުރެއްވުމަށް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންނެވިކަމަށް އަމީތު ވިދާޅުވި އެވެ. "ރައީސް މައުމޫން ވިދާޅުވި މިރޭ އެނބުރި ޖަލަށް ގޮސްގެންވެސް މިރޭގެ އަޅުކަން ކުރުމުގެ ފުރުސަތު ދެއްވުމޭ އެދިވަޑައިގަންނަވަނީ. އެސަބަބަށްޓަކައި މިރޭގެ ޝަރީއަތް މެދުކަނޑާލެއްވުމޭ ތިމަން މަނިކުފާނު އެދިވަޑައިގަންނަވަނީ. އެހެންނަމަވެސް އެހުރިހާ ވާހަކައެއް އަޑުއައްސަވާފައި ޖަވާބެއް ނުދެއްވާ ފަނޑިޔާރު ނިންމެވީ ޝަރީއަތް ކުރިއަށް ގެންދެވުމަށް" އޭނާ ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ޤާނޫނީ ވަކީލަކާ ނުލައި ޝަރީއަތެއް ކުރިއަށް ގެންދިއުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް އެރޭގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ޖަވާބު ދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް އެފުރުސަތު ނުދެއްވާ ޝަރީޢަތް ކުރިއަށް ގެންދެވިކަމަށް އަމީތު ވިދާޅުވިއެވެ.

ޤާނޫން އަސާސީގައި ހުރި ޙައްޤުތައް ނުދީ އަވަސް އަރުވާލައިގެން ޝަރީއަތްތައް އަވަހަށް ނިންމަން އުޅޭ ސަބަބެއް ނޭނގޭކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ އެފަދަ ޝަރީއަތްތަކުގެ ވާހަކަތައް ނުދައްކައި ނުތިބެވޭނެ ކަމަށެވެ. އެފަދަ ޝަރީއަތްތަކުގެ ވާހަކަ ނުދައްކައިފިނަމަ ކޮންމެ މީހަކާވެސް ބޭއިންސާފް ޝަރީއަތެއް އަރާ ހަމަކޮށްފާނެ ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

"މި ބޭއިންސާފް އަޅުގަނޑުމެން ޤަބޫލެއް ނުކުރާނަން. މިޝަރީއަތްތަކުގެ ވާހަކަ ދައްކާނަން. މިގޮތަށް ކުރެވޭ ބޭއިންސާފް ޝަރީއަތްތަކުގެ ވާހަކަ ނުދައްކައިފިނަމަ އަޅުގަނޑުމެން ކޮންމެ މީހަކާވެސް މި ބޭއިންސާފް އަރައިހަމަކޮށްފާނެ" އަމީތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް