Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

މި ޓްވީޓަށް 45 މިނުޓުގެ ތެރޭގައި 27 ހާސް ރީޓްވީޓް ވަނީ ލިބިފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 އޯގަސްޓު 2017 | ހޮނިހިރު 09:48
ރެއާލްގެ އެކައުންޓުން ވަނީ ބާސާގެ މެސީ އެ ޓީމަށް ބަދަލުވެއްޖެ ކަމަށް ޓްވީޓް ކޮށްފައި

ރެއާލްގެ އެކައުންޓުން ވަނީ ބާސާގެ މެސީ އެ ޓީމަށް ބަދަލުވެއްޖެ ކަމަށް ޓްވީޓް ކޮށްފައި

ރެއާލް މެޑްރިޑުގެ ޓްވިޓާ އެކައުންޓް ހެކްކުރުމަށް ފަހު، ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އެ ޓީމަށް ބަދަލުވެއްޖެ ކަމަށް ޓްވީޓް ކޮށްފިއެވެ.

ރެއާލްގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްގައި ވަނީ މެސީ އެ ޓީމަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ޓްވީޓާ އެކު މިދިޔަ ސީޒަނުގައި ރެއާލްގެ ދަނޑުގައި ބާސާ އަތުން އެ ޓީމު ބަލިވި މެޗުގެ ފަހު ވަގުތުގައި މެސީ ކާމިޔާބު ކުރި ލަނޑުގެ ވީޑޯއެއް ވަނީ އެޓޭޗް ކުރެވިފައެވެ. މި ޓްވީޓަށް 45 މިނުޓުގެ ތެރޭގައި 27 ހާސް ރީޓްވީޓް ވަނީ ލިބިފައެވެ.

ހަމަ އެހެންމެ މި ޓްވީޓްގެ އިތުރުން އެ ކްލަބުގެ ފޯވާޑް ކަރީމް ބެންޒީމާ ވިއްކާލި ކަމަށާއި ސަޕޯޓަރުން އިތުރު ކުޅުންތެރިޔެއް ގަންނަން ބޭނުން ނަމަ އެ ޓްވީޓަށް ރިޕްލައި ކުރުމަށް ވެސް ވަނީ ޓްވީޓް ކޮށްފައެވެ.

ރެއާލްގެ ޓްވިޓާ އެކައުންޓު ހެކްކޮށްފައި ވަނީ "އަވާ މައިން" ނަމަކަށް ކިޔާ ސެކިއުރިޓީ ހެކާ ގްރޫޕަކުންނެވެ. މި ގްރޫޕުން ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުގައި ބާސާގެ ޓްވިޓާ އެކައުންޓް ހެކްކޮށް ޕީއެސްޖީގެ ފޯވާޑް ޑިމަރިއާ ސޮއިކޮށްފި ކަމަށް ޓްވީޓް ކޮށްފައެވެ.

ރެއާލްގެ ރަސްމީ ޓްވިޓާ އެކައުންޓް އަދި ފޭސްބުކް އެކައުންޓްގައި ކުރި މި ޕޯސްޓުތައް ވަނީ މިހާރު ޑިލީޓް ކުރެވިފައެވެ. މިކަމާ ގުޅޭ ގޮތުން އަދި އެ ކްލަބުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު