Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުރުދުންގެ މުޒާހަރާ

ގަތަރުން އުރުދުން އަށް 500 މިލިއަން ޑޮލަރުގެ އެހީ ދޭން ވައުދުވެއްޖެ

14 ޖޫން 2018 | ބުރާސްފަތި 05:51

ގަލްފުގެ ގައުމުތަކުން އުރުދުންގެ ރައްޔިތުންނަށް 10،000 ވަޒީފާ ހުޅުވާލާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 ޖޫން 2018 | ބުރާސްފަތި 05:51
އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި ގަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުރައްހްމާނު އަލް ޘާނީއާ އައްމާންގައި ބައްދަލުކުރައްވަނީ

އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި ގަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުރައްހްމާނު އަލް ޘާނީއާ އައްމާންގައި ބައްދަލުކުރައްވަނީ

އުރުދުންގައި 500 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ގަތަރުން ބުދަދުވަހު ބުނެފިއެވެ. އެގައުމުން އެކަން ހާމަކޮށްފައި ވަނީ ކުވެއިތާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާއިން 2.5 ބިލިއަން ޑޮލަރުގެ އެހީ އުރުދުންއަށް ދޭނެ ކަމަށް ބުނިތާ ދެ ދުވަހެއްގެ ތެރޭގައެވެ.

ގަތަރުން އުރުދުންގައި އިންވެސްޓްކުރާނެކަން ހާމަކުރީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި ގަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުރައްހްމާނު އަލް ޘާނީއާ އައްމާންގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ޕެކޭޖުގެ ތެރޭގައި ގަލްފުގެ ގައުމުތަކުން އުރުދުންގެ ރައްޔިތުންނަށް 10،000 ވަޒީފާ ހުޅުވާލުމާއި، އުރުދުންގެ އިންފްރާ ސްޓްރަކްޗަރ އަދި ފަތުރުވެރި ކަމަށް އިންވެސްޓްކުރުން ހިމެނެއެވެ.

ކުވެއިތާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާ އިން އުރުދުންއަށް ދިނުމަށް ނިންމި އެހީއަކީ ސީދާ ބަޖެޓް ސަޕޯޓްގެ ގޮތުގައި އެ ގައުމަށް ލިބޭނެ ފައިސާއެވެ. އެ ފައިސާ އުރުދުންގެ މަރުކަޒީ ބޭންކަށް ޖަމާކުރެވިގެންދާއިރު އެ ފައިސާއަކީ ވަރލްޑް ބޭންކްގެ ލޯނުގެ ގެރެންޓީއެއްގެ ގޮތުގައި ސީދާ ފައިސާ އިން ޑިޕޮސިޓް ކުރެވޭ އަދި ބައެއް ޕްރޮޖެކްޓްތަކަށް ފައިނޭންސް ކޮށްދޭ އެހީއެކެވެ.

އުރުދުންގެ އިޤުތިޞާދީ ސިޔާސަތުތަކަށް ބަދަލުގެނެސް، ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައި ވަނީ 2016 ވަނަ އަހަރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން އެ ޤައުމުން ހޯދި ތިން އަހަރު ދުވަހުގެ ކްރެޑިޓް ލައިންގެ ސަބަބުންނެވެ. އެ ކްރެޑިޓް ލައިންގެ އަގު 723 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އުރުދުންއަކީ ޒަމާނުއްސުރެ އިޤުތިޞާދީ ގޮތުން ހީނަރު، އަދި ބޭރުގެ އެހީއަށް ބަރޯސާވަމުންދާ ޤައުމެކެވެ. އޭގެ ސަބަބުން އެ ޤައުމުގައި އެކި ދުވަސްވަރު ނިންމާފައިވާ އިޤުތިޞާދީ އެކި ނިންމުންތަކަށް ރައްޔިތުން ވަނީ ދެކޮޅުހަދާފައެވެ.

އެގޮތުން 37 ބިލިއަން އެމެރިކާ ޑޮލަރު (ޖީޑީޕީގެ 95 އިންސައްތަ) އަށް އަރާފައިވާ އުރުދުންގެ ދައުލަތުގެ ދަރަނި އަދާކުރުމަށް، އިޤުތިޞާދީ ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ތަކެތީގެ އަގު މަތިވެ، ސޭލްސް ޓްކްސް އިތުރުވެގެންގޮސްފައިވާ މައްސަލައިގައި ވެސް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދި އިކޮނޮމިސްޓް މަޖައްލާ އިން ދާދި ފަހުން ޝާއިޢުކުރި ރިޕޯޓެއްގައި ވާގޮތުގައި އައްމާނަކީ މުޅި އަރަބި ދުނިޔޭގައި ވެސް ދިރިއުޅުމުގެ އަގު އެންމެ މަތީ ސަހަރެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް