Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - އިންޑިއާ

އިންޑިއާގެ ކުރީގެ މެމްބަރު ސުބްރަމާނިޔަންގެ ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

ސުބްރަމާނިޔަންގެ އެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭ ވާހަކަތަކެއް ނޫން ކަަމަށް އެމްޑީޕީން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޖެނުއަރީ 2024 | ހޯމަ 14:01
ސުބްރަމާނިއަން ޕާންޑޭ

ސުބްރަމާނިއަން ޕާންޑޭ

އަސްކަރީ ބާރާއި އެކު ރާއްޖެ އަރާ ރާއްޖެ ހިފަން ގޮވާލާ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު ސުބްރަމާނިޔަން ސްވާމީގެ ދެއްކި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ސުބްރަމާނިޔަން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު 15 މާރޗްގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ގޮވާލާފައިވާ ކަމަށެވެ. އެހެން ނޫން ނަމަ އެކަމުގެ ސަބަބުން އުގޫބާތްތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ރާއްޖެ އަކީ ކޮށްދޭ ކަންތައްތައް ބަލައިނުގަންނަ ތަނެއް ކަަމަށް ބުނެ އޭނާ ވަނީ ފާޑު ކިޔާފައެވެ. އެހެންކަމުން އިންޑިއާގެ އަސްކަރިއްޔާ އަދި ވައިގެ އަސްކަރީ ބާރުތައް ބޭނުންކޮށްގެން ރާއްޖެ އަރާ މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސުބްރަމާނިޔަން އެހެން ބުނި ނަމަވެސް ރާއްޖެ އިން އިންޑިއާ ސިފައިން 15 މާރޗްގެ ކުރިން ނުބާލައިފި ނަމަ ވަކި ގޮތަކަށް އަމަލުކުރާނެ ކަަމަށް ދިވެހި ސަރުކާރުން ބުނެފައިވާކަން އިންޑިއާ އާއި ރާއްޖޭގެ ސަރުކާރުން ވެސް ހާމަކޮށްފައެއް ނެތެވެ.

ސުބްރަމާނިޔަންގެ ޓުވީޓާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ބަޔާނެއްގެ ސަބަބުން ނަފްރަތު އުފެދޭ ކަމަށެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެދާނެ ކަމެއް ކަމަށް ފާހަގަކޮށް އެއީ ޢައިރު ޒިންމާދާރު ވާހަކަތަކެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްޑީޕީން ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ޤާއިމްވެ އޮތީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޚުތިރާމްގެ މައްޗަށް ކަަމަށެވެ.

ސުބްރަމާނިޔަންގެ އެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭ ވާހަކަތަކެއް ނޫން ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެ ވާހަކަތަކާއި މެދު ވިސްނަން ޖެހޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ އެތެރޭގެ ސިޔާސީ ކަންކަމާއި މެދުގައި ވާހަކަދައްކަން ވާނީ ރާއްޖެ އެކަމުގައި ޝާމިލް ނުވާ ގޮތަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި މެދު ރައީސް މުއިއްޒުގެ ވާހަކަތައް ބެހެއްޓެވި ގޮތުން ސުބްރަމާނިއަން ފަދަ މީހުންނަށް އެކަމުގެ ނާޖާއިޒް ފައިދާ ހޯދަން މަސައްކަތް ކުރަން ފުރުސަތު ލިބިދީފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އިންޑިއާއެމްޑީޕީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު