Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްހޮލީވުޑް

ވޮންޑަރ ވުމަންގެ ތަރި އައު ފިލްމެއް ކުޅެނީ

13 ޖޫން 2018 | ބުދަ 10:49

އޭނާއާއި އެކު ފެނިގެން ދަނީ ޑްވައިން ޖޯންސަން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ޖޫން 2018 | ބުދަ 10:49
ވޮންޑަރ ވުމަންގެ ތަރި ގަލް ގަދޯތް

ވޮންޑަރ ވުމަންގެ ތަރި ގަލް ގަދޯތް

ވޮންޑަރ ވުމަންގެ ތަރި ގަލް ގަދޯތް އައު ފިލްމެއް ކުޅެން ނިންމައިފި އެވެ.

"ރެޑް ނޯޓިސް" ގެ ނަމުގައި ކުޅޭ މި ފިލްމްގައި އޭނާއާއި އެކު ފެނިގެން ދަނީ ޑްވައިން ޖޯންސަން ނުވަތަ އާއްމުކޮށް އެންމެން ދަންނަ ދަ ރޮކް އެވެ.

ރޯޝަން މާޝަލް ޓާބާ ޑައިރެކްޓް ކުރާ މި ފިލްމް ޝޫޓް ކުރުމަށް ހަމަޖެހިފައި ވަނީ ޔޫރަޕްގައެވެ.

އަންނަ އަހަރު އެޕްރީލް މަހު ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

ޓާބާ ވަނީ މިފިލްމް ކުޅުމަށްޓަކައި ގަދޯތްއާއި ސީދާ ދިމާވެ ވާހަކަ ދެކުމަށް ލަންޑަނަށް ގޮސްފައެވެ.

ރެޑް ނޯޓިސް ވެގެންދާނީ ފިލްމް ވޮންޑަރ ވުމަން ކުޅެން ފެށިފަހުން ޑީސީ އެކްސްޓެންޑެޑް ޔުނިވަރސް ނޫން އެހެން ބައެއްގެ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފަހަރަށެވެ.

ފިލްމުގެ މުޅި ވާހަކަ ބިނާވެފައިވާ ގޮތް އަދި ވަނީ ސިއްރު ކުރެވިފައެވެ. އެހެން ނަމަވެސް މި ފިލްމަކީ ދުނިޔޭގެ އެތަންމިތަނަށް ދަތުރުކުރުމާއި ،އެކްޝަން ކޮމެޑީ އަދި ޖަރީމާތަކެއްގެ މައްޗަށް އެކުލެވިގެންވާފިލެމެކެވެ. ގަލް ގަދޯތްއާއި ޑްވައިން ޖޯންސަންގެ އިތުރުން އިތުރު ތަރިއަކު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާއިރު އަދި އެ އެކްޓަރަކީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.

ގަޑޮޓް މިހާރު ދަނީ ޕެޓީ ޖެންކިންސް ޑައިރެކްޓް ކުރާ ވޮންޑަރ ވުމަން 2 ޝޫޓް ކުރަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
03 ޖޫން 2018

ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު

03 ޖޫން 2018
ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު
03 ޖޫން 2018

ހޮލީވުޑްގެ އެންމެ އަގު ބޮޑު ތަރިއަކީ ޑެނިއެލް ކްރެއިގް

03 ޖޫން 2018
ހޮލީވުޑްގެ އެންމެ އަގު ބޮޑު ތަރިއަކީ ޑެނިއެލް ކްރެއިގް
26 މެއި 2018

ގަލް ގެޑޯ ބައޮޕިކް ފިލްމެއް ޕްރޮޑިއުސް ކުރަނީ

26 މެއި 2018
ގަލް ގެޑޯ ބައޮޕިކް ފިލްމެއް ޕްރޮޑިއުސް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް