Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްއަކްޝޭ ކުމާރު

ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު

3 ޖޫން 2018 | އާދީއްތަ 10:24

އެދެމީހުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މީގެ ނުވަ އަހަރު ކުރިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 ޖޫން 2018 | އާދީއްތަ 10:24
އަކްޝޭއާއި ކަރީނާ

އަކްޝޭއާއި ކަރީނާ

ވީރޭ ދި ވެޑިންއަށް ފަހު ކަރީނާ ފެނިގެންދާނެ ފިލްމު އޭނާ ހާމަކޮށްފިއެވެ.

ކަރީނާ އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމަކުންނެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރަނީ ރާޖް މެހެތާ ކަމަށާއި ކަރީނާ ފެނިގެންދަނީ މި ފިލްމުގައި މަންމައެއްގެ ރޯލުން ކަމަށް މީގެ ކުރިން ވަނީ އަޑުތައް އަރާފައެވެ.

އެއަޑުތައް ހަގީގަތަކަށް ވެފައިވާއިރު މި ފިލްމުގައި ކަރީނާއާއި އެކީގައި ފެނިގެންދާނީ އަކްޝޭ ކުމާރުކަމަށް ވެސް މިހާރު ވަނީ ހާމަކޮށްފައެވެ.

ރާޖް މެހެތާ ޑައިރެކްޓް ކުރާ މިފިލްމުގައި ކަރީނާ އާއެކު ލީޑްރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރު އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ކަރަން، ކަރީނާ ލައްވާ ފިލްމު ކުޅެން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ދަރްމާ ޕްރޮޑަކްޝަންއިން 2016 ވަނަ އަހަރު ނިކުތް ކީ އެންޑް ކާ އަށް ފަހު ފިލްމުގެ ޝޫޓިން ނުފެށި އޮތީ ކަރީނާ ބަލިވެއިނުމުގެ ސަބަބުން ކަމަށެވެ. އަދި މި ފިލްމުގައި ކަރީނާ މަންމައެއްގެ ރޯލަށް ފިޓްވާނެ ކަމަށް ކަރަން ވެސް ބުނެފައިވާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

އަކްޝޭ އާއި ކަރީނާ ފެނިގެންދާ ކަރަންގެ މި ފިލްމަށް އަދި ނަމެއް ދީފައި ނުވާއިރު މި ފިލްމު ވެގެންދާނީ އެދެމީހުން އެކުގައި ކުޅުނު ކަމްބަގްތު އިޝްގަށް ފަހު ދެމީހުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. ކަމްބަގްތު އިޝްގު ރިލީޒް ކޮށްފައިވަނީ މީގެ ނުވަ އަހަރު ކުރިންނެވެ.

ކަރީނާއާއި އަކްޝޭގެ އިތުރުން އިތުރު އެހެން ޖޯޑެއް ވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެން ނަމަވެސް އަދި އެއީ ކޮންބައެއްކަމެއް ހާމައެއް ނުކުރެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

13 ޖޫން 2018

ވޮންޑަރ ވުމަންގެ ތަރި އައު ފިލްމެއް ކުޅެނީ

13 ޖޫން 2018
ވޮންޑަރ ވުމަންގެ ތަރި އައު ފިލްމެއް ކުޅެނީ
29 މެއި 2018

ކަރީނާ ދެން ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމަކުން؟

29 މެއި 2018
ކަރީނާ ދެން ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމަކުން؟
26 މެއި 2018

ގަލް ގެޑޯ ބައޮޕިކް ފިލްމެއް ޕްރޮޑިއުސް ކުރަނީ

26 މެއި 2018
ގަލް ގެޑޯ ބައޮޕިކް ފިލްމެއް ޕްރޮޑިއުސް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް