Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްގަލް ގެޑޯ

ގަލް ގެޑޯ ބައޮޕިކް ފިލްމެއް ޕްރޮޑިއުސް ކުރަނީ

26 މެއި 2018 | ހޮނިހިރު 14:00

ގަލް ގެޑޯ ހަދަނީ 1965 ވަނަ އަހަރު މަރުވި ކުރީގެ ނޫސްވެރިޔާ ލީޒާ ހަވަޑްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 މެއި 2018 | ހޮނިހިރު 14:00
ގަލް ގެޑޯ ވޮންޑާ ވުމަންގެ މަންޒަރެއްގައި. އޭނާ ވަރަށް އަވަހަށް ފިލްމެއް ޕްރޮޑިއުސް ކުރާނެ

ގަލް ގެޑޯ ވޮންޑާ ވުމަންގެ މަންޒަރެއްގައި. އޭނާ ވަރަށް އަވަހަށް ފިލްމެއް ޕްރޮޑިއުސް ކުރާނެ

ޑީސީ ކޮމިކްސްގެ މަޝްހޫރު ސުޕަރ ހީރޯ، ވޮންޑަރ ވުމަންގެ ލީޑު ރޯލުން ފެނިގެންދިޔަ ކުޅަދާނަ ތަރި ގަލް ގެޑޯ ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ގަލް ގެޑޯ ހަދަނީ 1965 ވަނަ އަހަރު މަރުވި ކުރީގެ ނޫސްވެރިޔާ ލީޒާ ހަވަޑްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމަކީ ވޯނާރ ބްރަދަރޒް އާއި ސުއީ ކްރޯލްގެ ކްރޯލް އެންޑް ކޯއާ ގުޅިގެން ހަދާ ފިލްމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ލީޒާ ހަވާޑް މަރުވެފައިވަނީ އޯވަޑޯޒްވެގެންނެވެ.

ގަލް ގެޑޯ މި ފިލްމު ޕްރޮޑިއުސްކުރަން ނިންމާފައިވާއިރު ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގައި ލީޒާގެ ރޯލުން ފެނިގެންދާނީވެސް އޭނާއެވެ.

ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯއާ ސިއްރު ގާތް ގުޅުމެއް ބޭއްވި އޭބީސީގެ ކުރީގެ ނޫސްވެރިޔާ ލީޒާ ހަވަޑްގެ ބައޮޕިކް ފިލްމަށް ކިޔާ ނަމަކީ "މައި ޑިއަރެސްޓް ފިޑެލް: އޭން އޭބީސީ ޖާނަލިސްޓްސް ސީކްރެޓް ލަޔޭސަން ވިތު ފިޑެލް ކާސްޓްރޯ"އެވެ. މިހާރު ފިލްމުގެ ސްކްރީންޕްލޭ ލިއުމުގެ މަސައްކަތް ކުރަމުންދާއިރު މި ފިލްމު ޑައިރެކްޓް ކުރާނީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ލިޔަނީ ކްރިސް ބްރެންކާޓޯ އެވެ. ފިލްމު އަދި ރިލީޒްކުރާނެ ތާރީޚެއް އަދި ޝޫޓިން ފަށާނެ ތާރީޚެއް އިއުލާންކޮށްފައި ނުވާއިރު ގަލް ގެޑޯ ބުނީ މި ފިލްމަކީ ވަރަށް ޝައުގުވެރިވާނެ ފިލްމެއްކަމަށެވެ.

ގަލް ގެޑޯގެ ވޮންޑަވުމަން 2 އަންނަ އަހަރު ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2018

ވޮންޑަރ ވުމަންގެ ތަރި އައު ފިލްމެއް ކުޅެނީ

13 ޖޫން 2018
ވޮންޑަރ ވުމަންގެ ތަރި އައު ފިލްމެއް ކުޅެނީ
03 ޖޫން 2018

ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު

03 ޖޫން 2018
ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް