Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހާޒިރީން ދައްކަނީ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާ ކަމަށް

13 ޖޫން 2018 | ބުދަ 07:43

ހުރިހާ ޖަލްސާއަކަށް 24 މެމްބަރުން ވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 ޖޫން 2018 | ބުދަ 07:43
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައަދު ސާލިހު (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައަދު ސާލިހު (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މަޖިލީހުގެ ޖަލްސާތައް އިދިކޮޅު މަޖިލިސް މެމްބަރުން ބޮއިކޮޓް ކުރައްވާފައި ވަނިކޮށް، އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ހާޒިރީން ދައްކައިފިއެވެ. މަޖިލީހުން އަންގާރަ ދުވަހު ވަނީ ނިމިދިޔަ ދައުރުގެ މެމްބަރުންގެ ހާޒިރީ ރިޕޯޓް އާންމުކޮށްފައެވެ. ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުން ނަން ނުހިމަނައި ނެރުނު ހާޒިރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަބަބެއް ނާންގައި މަޖިލީހުގެ މިދިޔަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިނުގަންނަވަނީ ތިން މެމްބަރެކެވެ. އެއީ ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ޝަރީއަތް ނިމެންދެން ފުލުހުން ބަންދުކޮށްފައިވާ އަހުމަދު ފާރިސް މައުމޫނާއި ޖަލު ހުކުމެއް އައިސްފައި ވަނިކޮށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ފަހު، ޖަރުމަނުވިލާތުގައި ހުންނެވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.

އެ ތިން މެމްބަރުން ފިޔަވައި އެހެން ބައެއް އިދިކޮޅު މެމްބަރުން ނިމިދިޔަ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގެ އެކި ދުވަސްތަކުގަައި މަޖިލީހަށް ވަޑައިގެންނެވި ކަމަށް ހާޒިރީން ދައްކައެވެ.

Advertisement - newsAdvertisement

އިދިކޮޅު ގިނަ މެމްބަރުން އެންމެ ގިނައިން މަޖިލީހަށް ސަލާމް ފޮނުވާފައި ވަނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހަކީ އެންޓި ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ މަގާމު ގެއްލޭ ޝަރުތުތައް ކަނޑައަޅައި ބިލް ފާސްކުރި ދުވަހެވެ. އެ ދުވަހުގެ ޖަލްސާއަށް 28 މެމްބަރަކު ވަނީ މަޖިލީހަށް ސަލާމް ފޮނުވާފައެވެ.

އެ ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ އެކި ޖަލްސާތަކަށް އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ހާޒިރީން ދައްކައެވެ. އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް އެބޭފުޅުން ޖަލްސާތަކުގައި ބައިވެރި ނުވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލިސް ހިންގަވަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ހިންގަމުންދާ ކަމަށް އިދިކޮޅު މެމްބަރުން ބުނެފައި ވަނިކޮށް، ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށް ދައުވާ އުފުލާފައެވެ. އެގޮތުން ހަތަރު މެމްބަރަކު ހައްޔަރު ކޮށްފައިވާއިރު، ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ބުނެފައެވެ.

އެ ރިޕޯޓުން ދައްކާ ގޮތުން ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ހާޒިރީގެ ފުލަށް ފެއްޓިފައި ވަނީ މީދޫ ދާއިރާގެ މެމްބަރު އަދި މަޝަހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)އެވެ. އޭނާއަކީ މަޖިލީހުގެ ކޮންމެ ދައުރެއްގެ ހާޒިރީގެ ފުލުގައި އޮންނަ މެމްބަރެކެވެ. ނިމިދިޔަ ދައުރުގެ ތިން މަހުގެ ތެރޭގައި ބޭއްވި މަޖިލީހުގެ 11 ޖަލްސާއަށް ވަޑައިގެންނެވީ 24 މެމްބަރުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް