Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވާޒް ޝަރީފް

ނަވާޒް ޝަރީފްގެ ވަކީލުން މައްސަލައިން ތަނާޒުލް ވެއްޖެ

13 ޖޫން 2018 | ބުދަ 03:17

ކޯޓުން މަސައްކަތްކުރަނީ އިންތިޚާބާއި ކައިރިކޮށް ނަވާޒް ޝަރީފަށް ހުކުމް ކުރަން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 ޖޫން 2018 | ބުދަ 03:17
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް، އެމަނިކުފާނުގެ މަޤާމު ގެއްލިއްޖެކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމުމުގެ މަދު ދުވަސްކޮޅެއް ކުރިން ރާއްޖޭގައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް، އެމަނިކުފާނުގެ މަޤާމު ގެއްލިއްޖެކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމުމުގެ މަދު ދުވަސްކޮޅެއް ކުރިން ރާއްޖޭގައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ހިންގަމުންދާ ޝަރީޢަތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ތަނާޒުލްވެއްޖެއެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ޕާކިސްތާނުގެ ކޯޓެއްގައި ޝަރީޢަތްކުރިއަށް ދަނީ އެމަނިކުފާނާއި ދެކޮޅަށް އުފުލިފައިވާ މަނީ ލޯންޑަރިންގއާއި، މާލީ މުއާމަލާތްތަކުގެ މައުލޫމާތު ހާމަނުކުރައްވާ މައްސަލައިގައި އުފުލިފައިވާ ދައުވަތެކެކެވެ. ނަވާޒްގެ ޤާނޫނީ ވަކީލުން މައްސަލައިން ތަނާޒުލްވީ އެމައްސަލައިގައި ހުކުމް ކުރުމުގެ މަޖިލިސް އާއްމު އިންތިޚާބާއި ދިމާކޮށް ބާއްވަން ކޯޓުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށެވެ.

2017ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ އެމަނިކުފާނުގެ ގޮނޑި ގެއްލުނުކަމަށް ނިންމީ 2016ވަނަ އަހަރު ލީކްވި މަޝްހޫރު ޕެނަމާ ޕޭޕަރސްގައި އެމަނިކުފާނު ޤައުމުން ބޭރުގައި ސިއްރު ވިޔަފާރިތަކެއް ހިންގިކަން ސާބިތުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ނަވާޒް ޝަރީފް ގެންދަވަނީ އަދިވެސް އެތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ޝަރީޢަތުގައި މިހަފްތާތެރޭ ހުކުމް ކުރަން ކުރިން ވަނީ ރޭވިފައިއެވެ. އެހެން ނަމަވެސް ހުކުމް ކުރުން ޖުލައި 10 ވަނަ ދުވަހަށް ވަނީ ލަސްކޮށްފައެވެ. ޕާކިސްތާނުގެ އާއްމު އިންތިޚާބު އޮންނާނީ ޖުލައި 25ގައެވެ. އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ބެލެވެނީ ނަވާޒް ޝަރީފްގެ މުސްލިމް ލީގްއެވެ. އެހެންނަމަވެސް ވަކީލުންނާއި ނަވާޒް ޝަރީފަށް ތާޢީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ އެޤައުމުގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުން އަންނަނީ ސުޕްރީމް ކޯޓާއި ގުޅިގެން ނަވާޒް ޝަރީފްގެ އަގު ވައްޓާލައި، އިންތިޚާބުން ނަވާޒް ޝަރީފް ބަލިކުރުމަށް ނުފޫޒު ފޯރުވުމަށެވެ.

ހުކުމް ކުރުން ލަސްކުރަން ކޯޓުން މަސައްކަތްކުރުމުން އެމައްސަލަ އިންތިޚާބު ނިމެންދެން މަޑުޖައްސާލުމަށްވެސް ވަކީލުން އެދުނެވެ. އެހެން ނަމަވެސް ކޯޓުން ބޭނުންވަނީ ވޯޓުގެ ދުވަސްކޮޅެއް ކުރިން ހުކުމް ކުރުމަށެވެ.

ނަވާޒް ޝަރީފް 3 ދައުރެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވިއިރު، އެމަނިކުފާނަށް އެއްވެސް ދައުރެއް އެއްކޮށް ފުރިހަމައެއް ނުކުރެވެއެވެ. ފުރަތަމަ ދައުރު ނުނިމެނީސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބަޣާވާތްކުރިއިރު، ދެވަނަ ދައުރުވެސް ނުނިމެނީސް އިސްތިއުފާ ދެއްވުމަށް މަޖުބޫރުވިއެވެ. އަދި 3 ވަނަ ދައުރު ނިމިގެންދިޔައީ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުންނެވެ.

ނަވާޒް ޝަރީފަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި މަދަނީ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ބާރު ގަދަކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި އެޤައުމުގެ އަސްކަރިއްޔާއާއި ޝަރުޢީ ދާއިރާގެ ނުފޫޒު އިންތިހާއަށް ގަދައެވެ.

342 ގޮނޑި ހިމެނޭ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 166 ގޮނޑި މުސްލިމް ލީގުން ކާމިޔާބުކުރާނެކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާއިރު، މުސްލިމް ލީގާއި އެންމެ ގާތުން ވާދަކުރަނީ ކުރީގެ ބޮޑުވަޒީރުންކަމަށްވާ ބޭނަޒީރު ބުއްޓޫއާއި އާސިފް އަލީ ޒަރްދާރީގެ ދަރިކަލުން ބިލާވާލް ބުއްޓޫ ޒަރްދަރީ ލީޑްކުރައްވާ ޕީޕަލްސް ޕާޓީއެވެ. އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ތެހެރިކޭ އިންސާފް ޕާޓީއިންވެސް ޕީޕަލްސް ޕާޓީއާއި ދާދި އެއް އަދަދަކަށް ގޮނޑިތައް ނަގާނެކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި

24 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި
12 އޯގަސްޓު 2017

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ

12 އޯގަސްޓު 2017
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ
11 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ

11 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
12 ޖޫން 2017

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް
11 މެއި 2017

ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!

11 މެއި 2017
ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް