Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވާޒް ޝަރީފް

ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!

ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނެންގެވި ކަމަށް ތުހުމަތު ކުރޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 11 މެއި 2017 | ބުރާސްފަތި 10:23
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް

ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކީ އިންސާފް ޕާޓީން ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް އަޅުވައިފިއެވެ.

އިމްރާން ޚާންގެ ޕާޓީން ތުހުމަތުކުރާ ގޮތުގައި ނަވާޒް ޝަރީފް ވަނީ ޓެރަރިސްޓް ޙަމަލާތަކެއް ހިންގުމަށް، އެމެރިކާގެ ސިފައިން މާރާލާފައިވާ އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިން އަތުން ފައިސާ ނަގާފައެވެ.

އިމްރާން ޚާންގެ ޕާޓީން ބުނެފައިވަނީ ބިންލާދިން އަތުން އެފައިސާ ނަވާޒް ޝަރީފް ހޯއްދެވީ ކަޝްމީރުގައި ޖިހާދީ ހަރަކާތްތައް ހިންގުމަށެވެ.

ތަހުރީކީ އިންސާފް ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ގައުމުގެ މަސްލަހަތު ނަގާލުމުގެ ބޭނުމުގައި ބޭރުގެ އެކި ފަރާތްތަކުން ނަވާޒް ޝަރީފް ފައިސާ ހޯއްދަވާފައިވާ ކަމަށެވެ.

ބިންލާދިން އަތުންވެސް ނަވާޒް ޝަރީފް ފައިސާ ނެންގެވީ އެފަދަ މަޤްސަދެއްގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި މައްސަލާގައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިމްރާން ޚާންގެ ޕާޓީން ތުހުމަތުކުރާ ގޮތުގައި ބިން ލާދިންގެ އަތުން ނަވާޒް ޝަރީފް 1.5 ބިލިއަން ރުޕީސް ހޯއްދަވާފައިވެއެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބައެއް މެންބަރުންގެ މައުލޫމާތު ހުއްޓެވެ.

ނަވާޒް ޝަރީފް ބިންލާދިން އަތުން ހޯއްދެވި ކަމަށް ތުހުމަތުކުރާ ފައިސާއަކީ ކަޝްމީރާއި އަފްޣާނިސްތާނުގައި ޖިހާދީ ހަރަކާތްތައް ހިންގުމަށް ހޯދި ފައިސާއެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު