Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންވެރިޔާ ސްކީމް

ހުޅުމާލެ އަދި ގުޅިފަޅުން ދީފައިވާ ގޯތިތައް އެ ތަންތަނުން ލިބޭނެ ކަމާމެދު ސުވާލު އުފެދިއްޖެ!

ހުޅުމާލެއާއި ގުޅިފަޅަކީ އެސެޓެއް؛ އެ އެސެޓްގެ ބޭނުން ހިފެމުންދަނީ އެންމެ ރަނގަޅަށްތޯ ރިވިއު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2023 | އަންގާރަ 08:10
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށްދަނީ

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށްދަނީ

މި ސަރުކާރުން ދައުލަތުގެ އެސެޓްތައް ބޭނުންކުރެވެނީ ރަނގަޅަށްތޯ ރިވިއު ކުރާނެ ކަމަށާއި، ގުޅިފަޅާއި އެހެން ތަންތަނުގެ އިންފްރާސްޓަރކްޗަރ އަދި އަސާސީ ހިދުމަތްތައް ގާއިމް ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާ ކޮމިޓީގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ރައީސް މުއިއްޒުގެ ތަގުރީރުގައި، އުތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރާ ހަމައަށް ޒީނަތްތެރި ބޮޑު ސިޓީއެއް ގެންނަވާނެ ވާހަކަފުޅު ވިދާޅުވިކަމަށެވެ. ނަމަވެސް ގުޅިފަޅާއި ގިރާވަރު ފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވާ އިރު، އެކަމާއި ގުޅޭ ޕްލޭނެއް ނުވަތަ ތަސައްވުރެއް އެބައޮތްތޯ ވަނީ ސުވާލު ދަންނަވާފައެވެ. އަދި އެ ތަންތަނުގެ އިންފްރާސްޓްރަކްޗަރާއި މަގުހެދުމާއި ސްކޫލްތާއި މިސްކިތްތަކާއި އެހެނިހެން އަސާސީ ވަސީލަތްތައް ހިމަނަން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވޭތޯ މެންބަރު ސުވާލު ދެންނެވިއެވެ.

Advertisement - newsAdvertisement

މެންބަރު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ 5 އަހަރުގެ ދައުރުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތަައްތަކެއް އެބަހުރިކަމަށާއި މިހާރު އޮތް ކްރިޓިކަލް ހާލަތުގައި، އަންނަ އަހަރު އެ ހުރިހާކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު ހަރަދުތައް ކުޑަކޮށް ލާރި ހޯދާނެ ގޮތްތަކެއް ހޯދާފައި ކުރެވޭ އިންވެސްޓްމަންޓުގެ ނަފާ ލިބެން ފެށުމުން އެކަންކަން ކުރެވޭނެ ކަމަށެވެ.

ނަމަވެސް 100 ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ކުރައްވާ ކަންކަމުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުން ހިމެނެއެވެ. 30 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މި މަސައްކަަތަށް 400 މިލިއަން ރުފިޔާ ހަރަދުވެއެވެ. ނަމަވެސް މިހާރު ހިއްކަން ފަށައި، އަދި ގޯތި ދޫކޮށްފައިވާ ގުޅިފަޅާއި ގިރާވަރު ފަޅުގައި އަސާސީ ހިދުމަތްތަކާއި އެހެނިހެން ވަސީލަތްތަކުގެ ވާހަކަ ބަޖެޓުގައި ހިމަނާފައި ނުވެއެވެ.

އަންނަ އަހަރު ފުށިދިއްގަރު ފަޅު ތަރައްގީކޮށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ، މިހާރު ހިއްކާ ގޯތި ދީފައި އޮތްތަނެއް ބައިޕާސްކޮށްފައި ފުށިދިއްގަރު ފަޅަށް ދަނީ އެތަނުން ވުޖޫދުން ގެއްލިގެންދާތީ ތޯ މެންބަރު ޔައުގޫބު ސުވާލު ދެންނެވިއެވެ. އަދި ހައުސިންގ އަދި ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިއުލާންލުރައްވާފައިވާ އިރު، އެއީ ނިސްބަތުން ކުރެވޭ އެންމެ ބޮޑު ހަރަދު ކަމަށާއި، ގައުމު ދަރާފައި އޮތް ކަމަށް ވިދާޅުވާއިރު އަދި 17 ބިލިއަންގެ ފައިނޭންސިންގ ހޯދާއިރު އެކަންކަން ކުރަނީ ކިހިނެއްތޯ މެންބަރު ސުވާލު ދެންނެވިއެވެ. އަދި ފުށިދިއްގަރު ފަދަ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދަވާއިރު ދަރަނިވެރިނުވެ އެކަން ކުރައްވަނީ ކިހިނެއްތޯ ވެސް މެންބަރު ވަނީ ސުވާލު ދަންނަވާފައެވެ.

މެންބަރު ޔައުގޫބުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ އެސެޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ހުޅުމާލެއަކީ ދައުލަތުގެ ވަރަށް ބޮޑު އެސެޓެއް ކަމަށާއި، ގުޅިފަޅަކީ ވެސް ވަރަށް ބޮޑު އެސެޓެއް ކަމަށެވެ. އެ އެސެޓްގެ ބޭނުން ހިފެމުންދަނީ އެންމެ ރަނގަޅަށްތޯ ރިވިއު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރު ފަޅުގެ ބިން ތަރައްގީކުރުމަކީ އިންގިލާބީ ބަދަލެއް އަންނާނެކަމެއް ކަމަށާއި، އެ ބަދަލު ވަރަށް އަވަހަށް އަންނާނެ ކަަމަށް އަދި އަންނަ އަހަރު އެ ބަދަލު ފެނިގެންދާނެ ކަމަށެވެ.

ހުޅުމާލެ އަދި ގުޅިފަޅަކީ ދައުލަތުގެ ބޮޑު ދެ އެސެޓްކަމަށާއި، އެތަންތަން ބޭނުންކުރާ ގޮތް ރިވިއުކުރައްވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ އިރު، ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް އެހެން ދިމަދިމާލަށް ރިލޮކޭޓްކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ އަދި ގުޅިފަޅާއި ގިރާވަރު ފަޅުގެ އިތުރު މަސައްކަތްތަކެއް ކުރިއަށް ނުގެން ގޮސް ފުށިދިއްގަރު ފަޅު ހިއްކާ، އެތަނުން ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެދޮރުވެރިންމިނިސްޓްރީ އޮފް ހައުސިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު