Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ދަރަނިން ޒަކާތް ދިނުން

ދަރަނީން ޒަކާތްދިނުން:

މިސްކީނުންނަކީ ތިމާގެ ދިރިއުޅުމަށްޓަކައި ފުދޭ މިންވަރުގެ ދެބައިކުޅައެއްބައި ނުވަތަ އެއަށްވުރެ ގިނައިންލިބޭވަރުގެ މަސައްކަތެއް ނުވަތަ އެފަދަ މުދަލެއް ލިބިހުރުމާއެކު އެއިން ނުފުދޭ މީހުންނެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 11 ޖޫން 2018 | ހޯމަ 11:23
މީހެއްގެ އަތުގައި ތިމާގެ މުދަލެއް ދަރަންޏެއްގެ ގޮތުގައިވާ ނަމަ، އެއިން ޒަކާތްދިނުން ތިމާގެ މައްޗަށް ވާޖިބުވަނީ ޝަރުޠުތަކަކާއެކުގައެވެ.

މީހެއްގެ އަތުގައި ތިމާގެ މުދަލެއް ދަރަންޏެއްގެ ގޮތުގައިވާ ނަމަ، އެއިން ޒަކާތްދިނުން ތިމާގެ މައްޗަށް ވާޖިބުވަނީ ޝަރުޠުތަކަކާއެކުގައެވެ.

މީހެއްގެ އަތުގައި ތިމާގެ މުދަލެއް ދަރަންޏެއްގެ ގޮތުގައިވާ ނަމަ، އެއިން ޒަކާތްދިނުން ތިމާގެ މައްޗަށް ވާޖިބުވަނީ އަންނަނިވި ޝަރުޠުތަކާއެކުގައެވެ.

  1. ފުރަތަމަ ޝަރުޠަކީ ސާބިތު ދަރަންޏެއް ކަމުގައިވުން.
  2. ވިޔަފާރި މުދާ ނުވަތަ ނަޤުދުކަމުގައިވުމެވެ. ދަރަންޏަކީ ގެރިބަކަރި ޖަމަލު ނުވަތަ މޭވާ، ގޮވާންފަދަ ކާތަކެތިނަމަ އެއިން ޒަކާތް ވާޖިބެއް ނޫނެވެ.

ދަރަނީގެ ޒަކާތްދިނުން މުދަލުގެ ވެރިޔާ މައްޗަށް ވާޖިބުވާނެއެވެ. ނަމަވެސް އެޒަކާތްނެރުން ވާޖިބުވާނީ ތިމާގެ އަތްމައްޗަށް އެމުދާ އެރިދުވަހަކުންނެވެ. ދަރަންޏެއްގެ ގޮތުގައި އެމުދާ ހުރެގެން ފާއިތުވި ކޮންމެ އަހަރެއްގެ ޒަކާތް ނެރުން އޭރު އޮންނާނީ ވާޖިބުވެފައެވެ.

ޚަލީޠު މުދަލުގެ ޒަކާތް:

ޚަލީޠުމުދަލަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މުދާ އެއްކޮށްފައިވާ މުދަލެވެ. އެކެއްގެ މުދަލުން ޒަކާތްދޭ ގޮތުގެ މަތީން މިފަދަ މުދަލުން ޒަކާތް ދެވޭނެއެވެ.

ސުންނަތްވެގެންވާ ޞަދަޤާތް:

ކީރިތި ﷲ ގެ ކިބައިން ދަރުމައެދި ޞަދަޤާތްކޮށް އުޅުމީ ސުންނަތެކެވެ. ރަމަޟާންމަހުގައި އެކަމުގެ ސުންނަތްކަން ވަކީން ގަދައެވެ. ހަމައެފަދައިންމެ އަންނަނިވި ކަންތަކުގެތެރެއިން ކަމެއްކުޖރިމަތިވުމުން ޞަދަޤާތްކޮށް އުޅުމީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.

  1. ބަލިވެއުޅުން.
  2. ދަތުރަކުދިއުން.
  3. މައްކާ ނުވަތަ މަދީނާ ފަދަ މާތްތަނަކަށް ދެވުން.
  4. ޙައްޖުދުވަސް ނުވަތަ ދެޢީދު ދެދުވަސް ފަދަ މާތް ދުވަސްތަކާއި ވަގުތުތައް. އަދި މިނޫނަސް ކޮންމެ މުހިއްމު ކަމެއް ކުރިމަތިވާ ހިދު ޞަދަޤާތްކޮށްއުޅުން ސުންެނަތްވެގެންވެއެވެ.

މިފަދަ ޞަދަޤާތް ދިނުން މޮޅުއިތުރީ ތިމާގެ ގާތްތިމާގެ މީހުންނަާއި އަވަށްޓެރީންކުރެ ދަތިޙާލުގައި ތިބޭ މީހުންނަށެވެ.

ތިމާ ދަރަނިވެރިވެފައި ހުއްޓައި އެދަރަނި އަދާނުކޮށްހުރެ ޞަދަޤާތްދިނުމާއި، ތިމާއާއި، ތިމާގެ އަނބިދަރިން ދިރިއުޅުމަށްޓަކައި ކޮންމެހެން ނުކޮށްނުވާ ޚަރަދު ކުރުމަށް ހުރި އެއްޗަކުން އެފަދަ ޞަދަޤާތްކުރުމީ ހުއްދަ ކަމެއްނޫނެވެ.

ޒަކާތުގެ ބެހެނިވެރިން:

ޒަކާތުގައި ހިފުމުގެ ޙައްޤުލިބިގެންވަނީ އަންނަނިވި އަށްބާވަތުގެ މީހުންނަށެވެ.

  1. ފަޤީރުން:

ޒަކާތްބެހުމުގައި ފަޤީރުންނަކީ ދެބައެކެވެ. އެއްބަޔަކީ ތިމާގެ މިލްކުގައި ޢަމުދުންވެސް މުދަލެއް ނެތުމާއެކު ދިރިއުޅުމަށްޓަކައިކުރާނެ މަސައްކަތެއް ނެތިފައި ތިބޭ މީހުންނެވެ. ނުވަތަ ތިމާގެ މިލްކުގައި މުދަލެއް ނުވަތަ ކުރާނެ މަސައްކަތެއް އޮތަސް އެއިން ދެކޮޅު ނުޖެހޭ މީހުންނެވެ.

  1. މިސްކީނުން:

މިސްކީނުންނަކީ ތިމާގެ ދިރިއުޅުމަށްޓަކައި ފުދޭ މިންވަރުގެ ދެބައިކުޅައެއްބައި ނުވަތަ އެއަށްވުރެ ގިނައިންލިބޭވަރުގެ މަސައްކަތެއް ނުވަތަ އެފަދަ މުދަލެއް ލިބިހުރުމާއެކު އެއިން ނުފުދޭ މީހުންނެވެ.

  1. ޢާމިލުން:

ޢާމިލުންނަކީ ޒަކާތްއެއްކުރުމުގެ މަސައްކަތްކުރާ މީހުންނެވެ. މިނެކިރުމާއި، މުދާއެއްކުރުމާއި މިބާވަތުގެ ހުރިހާ މަސައްކަތެއްކުރާ މީހުންގެ ތެރެއިން ހިމެނެއެވެ. ނަމަވެސް މިބައިމީހުންނަށް ޒަކާތުގެ މުދަލުން ދެވޭނީ އިމާމާގެ ފަރާތުން ޒަކާތް ބަހާނަމައެވެ. އަދި ބައިތުލްމާލުން އެމީހުންނަށް ކަޑައަޅާފައިވާ އުޖޫރައެއް ނުލިބޭނަމައެވެ.

  1. އައު އިސްލާމުން:

އެއީ އަލަށް އިސްލާމްދީނަށް ވަދެއްޖެ މީހެކެވެ. އަދި އެބައިމީހުންނަށް ޒަކާތުގެ މުދަލުން ދޭތަން ފެނުމުން ބަޔަކު އިސްލާމް ވެދާނެ ކަމުގެ އުއްމީދެއްވާ މީހުންނެވެ.

  1. އަޅުން:

އަޅުންކުރެ ޒަކާތުގައި ހިފުން ޙައްޤުވާ ބަޔަކީ މުކާތަބު އަޅުންނެވެ. އެއީ ސާހިބު މީހާއަށް ވަކިވަރަކަށް ތަކެތި ދިނުމުން މިނިވަންވީ ކަމަށް ފަތްލިބިފައިވީ އަޅުންނެވެ.

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު