Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ މަސައްކަތް ކުރުމަށާއި އުފެއްދުންތެރި ކަމަށް ގޮވައިލާ ދީން ކަމަށް. ނަމަވެސް މިއަދު ބައެއް ދިވެހީން މަސައްކަތާ ދުރުވެ އިގްތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާކަން ފާހަގަކުރި. މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތަކުގައި ދިވެހީން ހީވާގިވެ އުޅޭތަން ނުފެނުމަކީ ހިތާމަހުރި ކަމެއްކަމަށް ބުނެ، އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް ޚުތުބާގައި ގޮވާލި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 08:33
ހުކުރު ޚުތުބާ އަޑު އަހަނީ

ހުކުރު ޚުތުބާ އަޑު އަހަނީ

އިގްތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ދިވެހީން ބަރޯސާވާން ފަށާފައިވާ ކަމަށާއި، ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ހުކުރު ޚުތުބާ ގައި ބުނެފި އެވެ.

''މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އިސްލާމް ދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީން ކަމަށާއި، މަސައްކަތް ކުރުމަށާއި، އުފެއްދުންތެރި ކަމަށް ގޮވައިލާ ދީން ކަމަށެވެ. އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތްކުރާން އަންގަވާފައިވާ ކަމަށާއި، މަސައްކަތް ކުރުމުގައި މުސްލިމުން ލަދުވެތި ވެގެން ނުވާނެ ކަމަށެވެ. 

ނަމަވެސް މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެފައިވާ ކަމަށް ޚުތުބާ ގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ އިގްތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށާއި، މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވާ ކަމަށެވެ. ދިވެހި އިގްތިސާދުގެ އެއް މައިނާރަކީ މަސްވެރިކަން ކަމުގައިވީ އިރު، އެ ސިނާއަތު އޮންނާން ވާނީ ދިވެހީންގެ އަތްމަތީގައި ކަމަށާއި، ދަނޑުވެރިކަމާއި އިގްތިސާދީ އެހެނިހެން ސިނާއަތް ތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ޚުތުބާ ގައި ބުނެފައިވެ އެވެ. 

މާތް ﷲ ތައާލާ ވަނީ، ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށް ޓަކައި ޚިދުމަތްތެރި ކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.  މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑުލެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުގުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުން ވަނީ، އެކަލާނގެ حضرةއަށެވެ." ކާބޯތަކެތި އަޅާ ގަސް އިންދުމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވައިފައި ވެއެވެ. (إِنْ قَامَتِ السَّاعَةُ وَفِيْ يَدِ أَحَدِكُمْ فَسِيْلَةٌ، فَإِنِ اسْتَطَاعَ أَلَّا تَقُوْمَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا) މާނައީ: "ޤިޔާމަތް ޤާއިމުވާ ހިނދު، ތިޔަބައިމީހުންކުރެ މީހެއްގެ އަތުގައި، ކަދުރު ނިރެއް އޮތްކަމުގައި ވިއަސް، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ޤިޔާމަތްވުމުގެ ކުރީން، އެ ނިރު އިންދާހުށި ކަމެވެ." މި ޙަދީޘުން ދޭހަވަނީ، އިސްލާމްދީނުގައި، ކާބޯތަކެތި އަޅާ ގަސްއިންދުމާއި މީސްތަކުންނަށް މަންފާ ލިބެނިވި ކަންކަންކުރުމަށް އިސްކަންދީފައިވާ މިންވަރެވެ.
ޚުކުރު ޚުތުބާ 

އިސްލާމް ދީނުގައި، ހުއްދަ ކުރައްވާފައިވަނީ ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރިބާއާއި ޖުވާގެ މުއާމަލާތްތައް ހަރާމް ކުރައްވާފައިވާ ކަމަށާއި، ދީނުގައި ދިރިއުޅުމަށް ޓަކައި މަސައްކަތް ކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެ ފަދަ ބަޔަކަށް ވެވޭނީ، އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ޚުތުބާގައި ވަނީ އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކު ކަމުގައި ވުމަށް ގޮވާލާފަ އެވެ. 

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު