Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

ތާރީހީ ބިނާތައް ރައްކާތެރި ކުރެވޭނީ މިވެރިކަން ބަދަލުކޮށްގެން: ތޯރިގް

11 ޖޫން 2018 | ހޯމަ 08:06

މިސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް ވަނީ ގެއްލުވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2018 | ހޯމަ 08:06
މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވާހަކަދައްކަވަނީ---

މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވާހަކަދައްކަވަނީ---

ރާއްޖޭގެ ތާރީހީ ސަރަހައްދުތަކާއި، ބިނާތައް ރައްކާތެރި ކުރެވޭނީ މިސަރުކާރު ބަދަލުކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުން މިހޭދަކުރި ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ތާރީހީ ބިނާތަކާއި، ސަރަހައްދުތައް ވަރަށް ބޮޑަށް ނެތިކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން ތާރީހީ ބިނާތައް ރާއްކާތެރި ކުރުމަށް މިސްރާބު ބަދަލުކުރަންޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތޯރިގް ވިދާޅުވީ މިސަރުކާރުން ކަޅުވަކަރު މިސްކިތް ގެއްލުވާލާފައިވާ ކަމަށާއި ހުރިހާ ދިވެހިންނާ ގުޅިފައިވާ މިމައްސަލާގައި މިސްކިތަށް ވީގޮތް ބެލުމަށް މިއަދު ނުކުންނަން ޖެހޭ ކަމަށެވެ. ތޯރިގް ވިދާޅުވީ ކަޅުވަކަރު މިސްކިތް ހުރި ތަނުން ނެގީ ވެސް ގާނޫނާ ހިލާފަށް ކަމަށާއި، އަދި އެމިސްކިތައް ވީނުވީ ނޭނގުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެމިސްކިތުގެ ބައިތައް

ދިވެހިރާއްޖެއަކީ ރަސްކަމުގެ އެތައް ދުވަސްތަކެއް ހޭދަކޮށްފައިވާ ގައުމެއް ކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ރަސްކަމުގެ ގަނޑުވަރުގެ ތެރެއިން މިއަދު ފެންނަން ހުރި ހަމައެކަނި ތަނަކީ އުސްގެކޮޅު ކަމަށެވެ. ނަމަވެސް އުސްގެކޮޅުގައި ފާހަނާ ހަދާ އެތަނުގެ އަސްލު ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތޯރިގް ވިދާޅުވީ އާސާރީ ތަންތައް ރައްކާތެރިކުރަންޖެހޭނީ އެތަނުގެ އަސްލު ނުގެއްލޭ ގޮތައް ކަމަށާއި، އެހެން ނޫން ނަމަ ކާބަފައިން ގެނެސްދިން ތަރިކަ އަންނަން އޮތް ޖީލުތަކަށްދާއިރު އޮންނާނީ ބަދަލުވެފައި ކަމަށެވެ.

" މިސާލަކަށް އުސްގެކޮޅު. އުސްގެކޮޅުގައި އަޅުގަނޑުމެންނަށް ލިޔުންތަކުން އެބަފެނޭ އެތާ ކުރީ ކޮން ބޭނުމެއްކަން ރަސްކަމުގެ ދުވަސްވަރު. އެންމެ ފަހުން ރަސްކަން ކުރެއްވި ބޭފުޅަކު ވެސް އެތާނގެ ބޭނުން ކުރެއްވިކަން. އެހެންވީމަ އެތަން އަޅުގަނޑުމެންނަށް ޑިސްޕްލޭ ކުރެވިދާނެ އެރަސްގެފާނު އެތަން ބޭނުން ކުރެއްވި ގޮތަށް. އޭރުން ވެސް އެތަން ބަލަން ވަންނާނެ މީހުން އެތަން ރީތިކޮށް ބެލެހެއްޓޭނެ އާސާރީ ތަރިކައެއްގެ ގޮތުގައި" ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ ވެސް އަސްލު ގެއްލުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އާސާރީ ބިނާތަކުގެ އަސްލުތައް ނަގާލައި، ސަރުކާރަށް ފައިސާ ހޯދަން އިމާރާތްތައް އެޅި ނަމަވެސް ތަރިކައިގެ ގޮތުގައި އަގުކޮށް އެއަގަށް މާ ބޮޑު ފައިދާ އެއް ލިބޭނެ ކަމަށެވެ.

" އޭގެ ގޮތުގައި ފައިދާ ހޯދަން އެނގުނީމަ ފައިދާ ލިބޭނެ. ދިގު މުއްދަތައް ލިބޭ ފައިދާތަކެއް ހުންނާނެ. މިސާލަކަށް އިމާރާތެއް ކުރީމަ އެތާހުންނަ އެޕާޓްމެންޓްތައް، އޮފީސްތައް ކުއްޔަށް ދިނީމަ ލިބޭ ފައިސާ ވެދާނެ ވަގުތީ ގޮތުން އެއްފަހަރާ ލިބޭ ބޮޑު އަދަދަކަށް. ނޫނީ އެތަން ކުއްޔަށް ދިނީމަ އެޑްވާންސްގެ ގޮތުގައި ގިނަ ފައިސާ ލިބިދާނެ. އެހެން ނަމަވެސް އަންނަން އޮތް ޖީލުތަކަށް އެތަން ގެންގޮސްދީ އެތަންތަން މީހުންނަށް ޕްރޮމޯޓް ކުރެވިދާނެ. އޭރުން ޓުއަރިސްޓުން ބަލަން އަންނާނެ އަދި އެހެންތަންތަނުން ވެސް އަންނާނެ މީހުން. އެތަންތަނާ ބެހޭ ގޮތުން ރީސާޗްކުރަން ވެސް އަންނާނެ" ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ދިވެހިންގެ އާދަކާދައާއި، އަސާރީ ބިނާތައް ރައްކާތެރިކުރުމަށް ބޭނުންވާ އެއްވެސް މީހަކު ނެތް މިސަރުކާރުގެ އަމަލުތަކުން ހާމަވެ ކަށަވަރުވާ ކަމަށެވެ.

ތޯރިގް ވިދާޅުވީ ކާބަފައިންގެ ތަރިކައިން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެމީހުންގެ މަސައްކަތްތެރިކަމާ އެމީހުންގެ ހުނަރުވެރިކަން އެނގިގެންދާއިރު، ތާރީހީ ބިނާތަކާއި، ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް