Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސެމްސަންގް ގެ ފަހުގެ ފޯނުތައް

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ޕްރީއޯޑަރ ކުރަން ހުޅުވާލައިފި

މި ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޯގަސްޓު 2020 | ހޮނިހިރު 10:35
ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ

ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ޕްރީއޯޑަރ ކުރަން ހުޅުވާލައިފިއެވެ.

މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޯށްދޭ ކުންފުނި، ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގުވެބްސައިޓްމެދުވެރިކޮށް ޕްރިއޯޑަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ހޮނިހިރު ދުވަހުން ފެށިގެން ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވާއިރު، ސެމްސަންގެ އެންމެ ފަހުގެ މި ފޯނުތަކަކީ އެކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި ފްލޭގްޝިޕް ފޯނުތަކެވެ.

ދިރާގުން ބުނީ، ދިރާގު މެދުވެރިކޮށް މި ފޯނުތައް ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއްގެ ދަށުން، 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ނޯޓް20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މި ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތަކެކެވެ. އަދި މި ދެ ފޯނުވެސް ލިބިގެންދާނީ 256 ޖީބީގެ ކެޕޭސިޓީއާއެކު ކަމަށް ދިރާގުން ބުނެއެވެ.

އޭގެއިތުރުން، މި ފޯނުތައް ތަފާތު 2 ކުލައެއްގައި ލިބިގެންދާއިރު، އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބިގެންދާނެއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު