Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެ-ޔޫއެން

ވީ ގޮތަކީ ރާއްޖެ ކުޑަވެ، އިންޑޮނީޝިއާ ބޮޑުވީ، ދެން ޑޮމިނިކަން ރިޕަބްލިކް ކިހިނެއްވަނީ؟

8 ޖޫން 2018 | ހުކުރު 21:02

އިންތިޚާބުގައި ރާޢްޖެއަށް ލިބުނީ 24 އިން ސައްތަ ވޯޓު

ރާއްޖެ އެމްވީ | 8 ޖޫން 2018 | ހުކުރު 21:02
ޑޮމިނިކަން ރިޕަބްލިކްގެ ޓޫރިސްޓް ހޮޓަލެއް

ޑޮމިނިކަން ރިޕަބްލިކްގެ ޓޫރިސްޓް ހޮޓަލެއް

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖޭން ވާދަ ކޮށް, ބޮޑު ބައްޔަކުން ޖޫން މަހުގެ 9 ވީ ހުކުރު ދުވަހު އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުން ބަލިވެ ނާކާމިޔާބު ވުމުން ދިވެހި ސަރުކާރުން ބުނަނީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން ދުނިޔެއިން އެ ފުރުސަތު ރާއްޖެއަށް ނުދިނީ ކަމުގައެވެ. އިންތިޚާބުގައި ރާއްޖެ އަށް ލިބުނީ 46 ވޯޓެވެ. އިންޑޮނީޝިއާ އަށް 144 ވޯޓު ލިބުނެވެ. 190 ގައުމުން ވޯޓުގައި ބައިވެރިވި އިރު ރާއްޖެއަށް މި ލިބުނީ ޖުމްލަ ވޯޓުގެ އެންމެ 24 އިން ސައްތައެވެ. ހަމަ ހަގީގަތުގައިވެސް ރާއްޖެ ލަދުގަންނަ ފަދަ ދަށް ނަތީޖާއެކެވެ.

ވޯޓާ ހަމަ އަށް އައިރުވެސް ރައީސް ޔާމީން ސަރުކާރުގެ ކަމާ ބެހޭ އޮފިޝަލުން ވިދާޅުވަމުން ގެންދެވީ ޔާގީން ކަމާ އެކު ވޯޓު ރާއްޖޭން ކާމިޔާބު ކުރާނެ ކަމަށެވެ.

ވޯޓު ލުމުގެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ރާއްޖޭގެ ބޮޑު ޑެލިގޭޝަންގެ އިއްޒަތްތެރިންގެ ކަރުފުޅުގައި އަޅުއްވައިގެން ތިއްބެވި ޚާއްސަ ފޮތި ކޮޅުންވެސް އެ ބައްދަލުވުމަށް އެބޭފުޅުން ވަޑައިގަތީ ކާމިޔާބު ފާހަގަ ކުރައްވަން ތައްޔާރުވެ ވަޑައިގެން ކަމަށް ފެނެއެވެ. ރާއްޖެފަދަ ފަގީރު އަދި އެ ވިދާޅުވާ ފަދަ ކުޑަ ގައުމަކުން އާއްމު ގޮތެއްގައި ނިއުޔޯކަށް ދާ ވަރަށް ވުރެ މާ ބޮޑު ވަފުދެއް އާއްމު މަޖިލީހުގެ ތެރޭގައި ތިއްބަވަނިކޮށް ފެނިގެން ދިޔައެވެ. ޑެލިގޭޝަން ބޮޑުކަމުން ރާއްޖޭގެ ނަންބޯޑުގެ ފަހަތުގައި އެވަރަށް ގޮނޑި ނެތުމާއެކު އެހެން ބައެއް ގައުމުތަކަށް ކަނޑައަޅާފައިވާ ސަރަހައްދަށް ވެސް ރާއްޖޭގެ ވަފުދު އޮތީ ފެތުރިފައެވެ. އެހާވެސް ވޯޓާ މެދު އޮތް ޔަގީންކަން ބޮޑެވެ. އެކަމަކު ވޯޓުގެ ނަތީޖާ ހަމަ އައުމާއެކު ސަބަބު ދައްކަން ލަހެއް ފަހެއް ނުވިއެވެ. ސަރުކާރުން ބުނީ ނާކާމިޔާބުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވާތީ ކަމުގައެވެ. މުޅިން ރާގު ބަދަލުވީއެވެ.

ދެން އުފެދެނީ މުޅިން އެހެން ސުވާލެކެވެ. ރާއްޖެއަށް އިންތިޚާބުގައި ނާކާމިޔާބުވިކަން އިއުލާނު ވުމާއެކު ކެރީބިއަން ސަރަހައްދުގެ ޑޮމިނިކަން ރިޕަބްލިކް ސެކިއުރިޓީ ކައުންސިލަށް އިންތިޚާބުވިކަން ހަމަ އެ ބައްދަލުވުމުގައި އިއުލާން ކުރެވުނެވެ.

ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަނޑައެޅިގެން އެނގިވަޑައިގަންނަވާނެއެވެ. ޑޮމިނިކަން ރިޕަބްލިކް އަކީ ކުޑަ ޖަޒީރާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. ރާއްޖެއާ އެކުގައި ސްމޯލް އައިލެންޑް ޑިވެލޮމަންޓް ސްޓޭޓްސް (ސިޑްސް)ގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރާ ގައުމެކެވެ. އެއީ ރާއްޖެއެކޭ އެއްފަދައިން ކުޑަ ޖަޒީރާ ގައުމަކަށް ވީތީ ތަރައްގީގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ ގައުމެކެވެ. ދުނިޔޭގެ ނަޒަރުގައި ނާޒުކު ޖަޒީރާ ގައުމެކެވެ. ކަން މިހެން އޮތަސް ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 184 ގައުމުން ޑޮމިނިކަން ރިޕަބްލިކް އަށް ވޯޓު ދީފައިވެއެވެ. އެ ގައުމުން ސެކިއުރިޓީ ކައުންސިލަށް އެ ހޮވުނީ 97 އިން ސައްތައިގެ ފަޚުރުވެރި ނަތީޖާ އަކާ އެކުގައެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައެވެ.

އދ އިން ބަލާ ތަރައްގީގެ މިންގަނޑުތަކަށް ނަޒަރު ހިންގާލާ އިރުވެސް ޑޮމިނިކަން ރިޕަބްލިކް އާ ރާއްޖެއާ މާ ބޮޑު ތަފާތެއް ނެތެވެ. 2016 ވަނަ އަހަރުގެ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް ރިޕޯޓުގައި ރާއްޖެއަށް 105 ވަނަ ލިބުނު އިރު އެ ގައުމަށް ލިބިފައިވާ ވަނަ އަކީ 99 އެކެވެ. ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އަށް ބަލާއިރު ޑޮމިނިކަން ރިޕަބްލިކް އަށް 0.722 ލިބިފައިވާ އިރު ރާއްޖެ އަށް ލިބިފައިވަނީ 0.701 އެވެ. ލައިފް އެކްސްޕެކްޓެންސީ އަށް ބަލާއިރު ޑޮމިނިކަން ރިޕަބްލިކް އުޅެނީ ރާއްޖެއަށް ވުރެ ފަހަތުގައެވެ. އަހަރަކަށް ބޮލަކަށް ޖެހޭ އާމްދަނީ އަށް ބަލާއިރުވެސް ޑޮމިނިކަން ރިޕަބްލިކް އުޅެނީ ރާއްޖެއަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ.

2017 ވަނަ އަހަރު އިގްތިސާދު ޑޮމިނިކަން ރިޕަބްލިކްގައި ކުރިއަރާފައިވަނީ އެންމެ 4.6 އިން ސައްތަ އަށެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2018 ވަނަ އަހަރު ޑޮމިނިކަން ރިޕަބްލިކްގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 5 އިން ސައްތަ އަށެވެ. ފަގީރު ކަމުގެ ނިސްބަތް ހުރީ 2016 ވަނަ އަހަރު 30 އިން ސައްތައިގައެވެ. މިދެންނެވި މިންގަނޑުތައް ރާއްޖޭގައި އޮތް ގޮތް ބައްލަވާށެވެ. ޑޮމިނިކަން ރިޕަބްލިކް އުޅޭނީ ފަހަތުގައެވެ.

ޖަޒީރާ ގައުމަކަށް ވުމާއެކު ޑޮމިނިކަން ރިޕަބްލިކް އަކީ ރާއްޖެއާ ވަރަށް އެއްގޮތް ކަންތައްތަކެއް އެކުލެވޭ ގައުމެކެވެ. ގައުމުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި އޮތީ ފަތުރުވެރި ކަމުގެ މައްޗަށެވެ.

އަނެއްކޮޅުން ފަގީރު ކަމާ ގުދުރަތީ ކާރިސާތަކުގެ ނުރައްކަލަކީ ޑޮމިނިކަން ރިޕަބްލިކްގެ ކުރިއެރުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުން ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ބިންހެލުމާއި، ބާރުގަދަ ކޮޅިގަނޑުތައް އެ ގައުމަށް ތަހައްމަލު ކުރަން ޖެހިފައިވެއެވެ. ކަރަންޓުގެ ޚިދުމަތާއި ސާފު ބޯފެން ފޯރުކޮށް ދިނުމުގައި ވެސް ހުރީ ބޮޑެތި ގޮންޖެހުން ތަކެވެ. ވޯލްޑްބޭންކުން ބުނެފައިވާ ގޮތުގައި އަސާސީ މިފަދަ ޚިދުމަތްތައް ރަނގަޅު ކުރުމަކީ ގައުމީ ތަރައްގީއަށް ޑޮމިނިކަން ރިޕަބްލިކް އަށް ނުހަނު ބޭނުންވެފައިވާ ކަމެކެވެ.

ދެން އޮތީ ރާއްޖެއާ ވާދަކޮށް ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރި އިންޑޮނީޝިއާގެ ވާހަކައެވެ. މިހާރު ބުނަނީ އެއީ މާ ބޮޑު ގައުމެއް ކަމަށެވެ. މާ ގިނަ އެމްބަސީތައް ދުނިޔޭގެ އެތައް މިތާނގައި ހުރި ގައުމެއް ކަމަށެވެ. މާ ފަސޭހައިން ގައުމުތަކާ ގުޅުން އުފެއްދުމުގެ ގާބިލްކަން ހުރި ގައުމެއް ކަމަށެވެ. އިންޑޮނީޝިއާ އާ ވާދައަށް ރާއްޖެއިން ނުކުމެ އުޅުނު އިރުވެސް ހަމަ އެކަންކަން އޮތީ އެހެންނެވެ. އިންޑޮނީޝިއާ ބޮޑުވީ ކުއްލިއަކަށް ވޯޓާ ގުޅިގެންނެއް ނޫނެވެ. އަނެއް ކޮޅުން ބޮޑަސް ކުޑަޔަސް އ.ދ ގައި ގައުމަކަށް ލެވޭނީ އެންމެ ވޯޓެކެވެ. ހުރިހާ ގައުމުތަކެއްގެ ދާއިމީ މަންދޫބުން ތިއްބަނީ ނިއުޔޯކުގައެވެ. ރާއްޖޭގެ މަންދޫބުވެސް ހުންނަވަނީ ހަމަ އެތާނގައެވެ. ގުޅުން އުފެއްދުމާއި ބަދަހި ކުރުން ހިނގަނީ ނިއުޔޯކުގައެވެ. ރާއްޖޭގެ ދާއިމީ މަންދޫބަށް ކުރައްވަން އޮންނަ މަސައްކަތަކީ ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމާއި، ރާއްޖެ ޕްރޮމޯޓް ކުރެއްވުމެވެ. ތެދެކެވެ އިންޑޮނީޝިއާ ރާއްޖެއަށް ވުރެ ބޮޑެވެ. އެކަމަކު ތަރައްގީގެ މިންގަނޑުތަކުން އިންޑޮނީޝިއާ އުޅެނީ ރާއްޖެއަށް ވުރެ ފަހަތުގައެވެ. ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސްގައި ރާއްޖެ 105 ވަނައިގައި އޮތް އިރު އިންޑޮނީޝިއާ އޮތީ މާ ފަހަތުގައި 113 ވަނައިގައެވެ.

މިކަންކަން މިހެން ހުރި އިރު ރާއްޖެ މި މުހިންމު އިންތިޚާބުން ފޭލްވީ ކުޑަގައުމަކަށް ވެގެންނޭ، އިންޑޮނީޝިއާ ބޮޑުވެގެންނޭ ބުނެ ހަގީގަތް ފޮރުވާ ފަސްއެޅުމަށް ވުރެ ރާއްޖެއަށް މުހިންމީ ބަލިވި ހަގީގީ ސަބަބުތަކަށް ވިސްނާ އެކަންކަން ރަނގަޅު ކުރުން ނޫންބާވައެވެ؟

އިތުރަށް ކިޔާލަން

24 މެއި 2017

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
19 މާރިޗު 2017

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް