Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

އެމްޑީޕީ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމާއިފި

ކޮންގްރެސް ބާއްވާނީ ޖޫން 29 ން 30 ށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 ޖޫން 2018 | ހުކުރު 19:24
އެމްޑީޕީގެ ކޮންގްރެސް ކޮމެޓީ ބައްދަލުވުވުން

އެމްޑީޕީގެ ކޮންގްރެސް ކޮމެޓީ ބައްދަލުވުވުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އއ. އުކުޅަހުގައި ބާއްވަން ނިންމާފިއެވެ.

މި މަހުގެ 29 އަދި 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކޮންގްރެސްގެ ކަންތަކާއި ގުޅޭގޮތުން ހުކުރު ދުވަހުގެރޭ އެމްޑީޕީ އޮފީހުގައި ބޭއްވި ކޮމެޓީ ބައްދަލުވުމުން ނިންމާފައި ވަނީ ވެރިކަން ކުރާ ރަށް މާލޭގައި ކޮންގްރެސް ބާއްވަން ތަނެން ނުލިބުމުން އއ އުކުޅަހުގައި އެޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ. ކޮންގްރެސްގެ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ކޮންގްރެސް ކޮމެޓީ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މާލޭގައި ކޮންގްރެސް ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ތަނެން ނުދެއްވި ކަމަށެވެ.

" އަޅުގަނޑުމެން މިހާ ހިސާބަށް އައިރު ވަރަށް ގިނަ މަސައްކަތްކޮށްގެން އަޅުގަނޑުމެންނަން ސަރުކާރުން މާލެއިން އެއްވެސް ތަނެން ނުދެއްވި، ދަރުބާރުގެ ހޯދަން އެދުނިން، އެހެންނަމަވެސް އެ ތާރީޙް ތަކުގައި އެބޭފުޅުންނެން ނުދެއްވި އެތަނެން، އެހެންވެގެން އަޅުގަނޑުމެން މި ބެލީ އއ. އުކުޅަހުގައި ކޮންގްރެސް ބާއްވަން، އެހެންކަމުން އަޅުގަނޑުމެންނަން އުކުޅަހުގައި މި މަހުގެ 29 އަދި 30 ގައި ދެ ދުވަހު ކޮންގްރެސް ބޭއްވޭނެ" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އަތޮޅުތެރޭ ރަށެއްގައި ކޮންގްރެސް ބޭއްވުމަށް ނިންމުން ފޯރި ގަދަވަނެ ކަމަށް ބެލެވޭކަމަށެވެ. ހާއްސަކޮށް ތޮއްޑޫ ދާއިރާއަކީ އެމްޑީޕީއަށް ނުހަނު ބޮޑު ތާއިދެއް އޮތް ރަށެއް ކަން ފާހަގަކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫނުކުރާ މި ދަނޑިވަޅުގައި އަތޮޅުތެރޭ ރަށެއްގައި ކޮންގްރެސް ބާއްވާއިރު އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައެވެ. ޖޫން މަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒެވެ. ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު