Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިގިރޭސިވިލާތުގެ މިސްކިތެއް

އިގިރޭސިވިލާތުގެ މިސްކިތަކުން ޒަކާތުގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ ގަބޫލު ކުރަން ފަށައިފި

ބިޓްކޮއިންނާއި އިތީރިއަމް ޒަކާތުގެ ގޮތުގައި ދެއްކޭ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 8 ޖޫން 2018 | ހުކުރު 09:48
ބިޓްކޮއިންގެ ލޯގޯ: މިއީ ކްރިޕްޓޯ ފައިސާގެ ވައްތަރެއް

ބިޓްކޮއިންގެ ލޯގޯ: މިއީ ކްރިޕްޓޯ ފައިސާގެ ވައްތަރެއް

ފުރަތަމަ ފަހަރަށް އިގިރޭސިވިލާތުގެ މިސްކިތަކުން ޒަކާތުގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ (ބިޓްކޮއިނާއި އިތީރިއަމް: އިންޓަނެޓް ޒަރިއްޔާއިން ބޭނުން ކުރާ ފައިސާއެއް) ގަބޫލު ކުރަން ފަށައިފިއެވެ. ބެލެވޭ ގޮތުގައި މިއީ ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ޒަކާތުގެ ފައިސާ ކްރިޕްޓޯ ކަރަންސީ އިން ބަލައިގަތް ފަހަރެވެ.

"މަސްޖިދް ރަމަޟާން" ހުންނަ އިރުމަތީ ލަންޑަން ސިޓީގެ އާދަކާދައިގެ ގޮތުން ޒަކާތް ދެއްކުން ހަމަޖެހިފައި އޮންނަނީ އިސްލާމިކް އޯގަނައިޒޭޝަނަކަށް ނުވަތަ މިސްކިތަކަށެވެ. އެހެން ނަމަވެސް މިސްކިތް ހުރި ސަރަހައްދަށް ވުރެ މުއްސަދި ބަޔަކަށް ޒަކާތް ދެއްކުމުގެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި މިސްކިތުން ވަނީ ކްރިޕްޓޯ ކަރަންސީ ގަބޫލު ކުރަން ނިންމާފައެވެ. އެއާ އެކު މިސްކިތުން ވަނީ އެފައިސާ ފޮނުވަން ޚާއްސަ އެކައުންޓެއް ވެސް ގާއިމްކޮށްފައެވެ. މިސްކިތުން ބުނީ މިގޮތަށް ލިބޭ ޒަކާތު ފައިސާ އިން އަވަސް ގޮތެއްގައި މިސްކިތުގައި މަރާމާތު ކުރަން ޖެހޭ ތަންތަން މަރާމާތު ކުރާނެ ކަމަށެވެ. މިއީ މަސްޖިދް ރަމަޟާން އިން ކްރިޕްޓޯ ކަރަންސީ އިން ޒަކާތް ދެއްކުމަށް ހުޅުވާލުމުގެ ދެވަނަ މަގްސަދެވެ.

Advertisement - businessAdvertisement

މިސްކިތުން ގާއިމް ކުރި މި ނިޒާމުގެ ސަބަބުން، ދުނިޔޭގެ ބޭންކުތަކުން ފުރަން ޖެހޭ ފޯމްތަކާއި ސޮއި ކުރަން ޖެހޭ ލިޔެ ކިއުންތައް ނުފުރައި ސީދާ އެ މިސްކިތުގެ އެ ކަމަށް ހަދާފައިވާ އެކައުންޓަށް އެއްވެސް ހުރަހަކާ ނުލައި ކްރިޕަޓޯ ކަރަންސީ ޖަމާ ކުރެވޭނެއެވެ.

މިސްކިތުގެ އަމާޒަކީ މި ވަސީލަތް މެދުވެރި ކޮށް ޒަކާތުގެ ގޮތުގައި ދިހަ ހާސް ޕައުންޑް (13،417.75 ޑޮލަރު) ހޯދުމެވެ. މިސްކިތަށް ކްރިޕްޓޯ ކަރަންސީ ފޮނުވަން ބޭނުންވާ ފަރާތްތަކުން ރަމަޟާން މިސްކިތުގެ ވެބްސައިޓްގައިވާ ކިއު.އާރް. ކޯޑް ސްކޭން ކުރުމުން ހުޅުވޭ އެކައުންޓް ނަންބަރަށް ފޮނުވުމުން މިސްކިތަށް ފައިސާ ލިބޭނެއެވެ. ކްރިޕްޓޯ ކަރަންސީ ފޮނުވާ އެކައުންޓަކީ "ޓުރާންސްޕޭރެންޓް" އެކައުންޓެއް ކަމަށް މިސްކިތުން ބުނެއެވެ. އެހެން ކަމުން އެއްވެސް ކަހަލަ މަކަރެއް ހެދުމުގެ ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީން ކަން ވެސް މިސްކިތުން ދެއެވެ.

ކްރިޕްޓޯ ކަރަންސީ ގެންގުޅޭ ކުންފުންޏެއްގެ ވެރިއެއް ވިދާޅުވީ ދުނިޔޭގައި މުސްލިމުންގެ އަދަދު ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބަޔަށް އަރާ ކަމަށެވެ. އެހެން ކަމުން ދުނިޔޭގެ މުސްލިމުން ބިޓްކޮއިންގެ އެއް އިންސައްތަ ގެންގުޅުނު ކަމުގައި ވީނަމަވެސް ގާތް ގަނޑަކަށް އެއީ 1.04 ބިލިއަން ޕައުންޑް ކަމަށެވެ. އެއިން ޒަކާތް ދައްކަން ޖެހޭ ނިސްބަތަށް ބަލާއިރު އެއީ ގާތް ގަނޑަކަށް 26 މިލިއަން ޕައުންޑް ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ބިޓް ކޮއިން އިން ޒަކާތް ދެވޭނެ ގޮތެއް ނަހަދައި ހުރި މީހުނަށް އެ ގެއްލެނީ ބޮޑު އެއްޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މިހާތަނަށް ރަމަޟާން މިސްކިތަށް ވަނީ 2000 ޕައުންޑްއަށް ވާ ވަރަށް ޒަކާތުގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ ލިބިފައެވެ. އެ މިސްކިތުގެ އަމާޒު ހަމަވުމަށް އަދި 8000 ޕައުންޑް ބޭނުންވެއެވެ.

ދުނިޔޭގެ ބައެއް މުސްލިމް އިލްމުވެރިން ދަނީ ކްރިޕްޓޯ ކަރަންސީ ބޭނުންކުރުމާ މެދު ސުވާލު އުފައްދަމުންނެވެ. އިލްމުވެރިން ވަނީ މި ކަރަންސީއަކީ ސަރުކާރެއްގެ ނުވަތަ ބައެއްގެ ދަށުގައިވާ އެއްޗެއް ނޫން ކަން ފާހަގަ ކުރައްވައި މިއެއްޗެހި ގަވައިދާ ޚިލާފަށް ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވެ ފައެވެ. އަދި މީއްޗެހީގެ އަގަކީ ހިފެހެއްޓިފައިވާ އެއްޗެއް ނޫން ކަމަށާއި އެއްދުވަހު ދަށުގައި ހުރެފައި އަނެއް ދުވަހު އޭގެ އަގު މާ މައްޗަށް އަރާ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިއްޖެ

13 އޮކްޓޯބަރު 2017
ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

07 ސެޕްޓެމްބަރު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

22 އޯގަސްޓު 2017
ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

24 ޖުލައި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު