Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

17 އިންސައްތަ ކުރިއެރުމެއް ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 24 ޖުލައި 2017 | ހޯމަ 07:46
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ޓެކްސްއަށް ނުކަނޑައި ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭނެކަމަށް ލަފާކުރި މާލީ ނަތީޖާއަށް ވުރެ ރަނގަޅު މާލީ ނަތީޖާއެއް 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ އިތުރުން އަހަރުގެ މިހާތަނަށްވެސް ހޯދާފައިވާ ކަމަށާއި 2016 ވަނަ އަހަރުގެ ރެކޯޑް ފައިދާއަށް ފަހު، ބީއެމްއެލްއިން ފަށާފައިވާ ފުޅާ އިންވެސްޓްމަންޓް ޕްރޮގްރާމާއެކު ހިންގުމުގެ ޚަރަދު އިތުރުވެފައިވުމާއި ފައިދާގެ ރޭޓްތައް ކުޑަކޮށްފައިވާތީވެ، 2017 ވަނަ އަހަރު ފައިދާއަށް އަސަރުކޮށްފާނެކަމަށް ބީއެމްއެލްއިން ވަނީ ލަފާކޮށްފައެވެ.

މިއީ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އެއް މިންގަނޑެއްގައި އަޅާބަލާއިރު 17 ޕަސެންޓްގެ ކުރިއެރުމެކެވެ. މިއީ ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ބީއެމްއެލްއިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން އަލަށް 3 ބްރާންޗް ހުޅުވައި، 11 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފައިވާ ކަމަށާއި 22 ރަށެއްގައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާއިރު މި ޕްރޮގްރާމްގެ ތެރެއިން 150 އާ ވަޒީފާ އުފެދިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިއަހަރުގެ ދެވަނަ ކުއާރޓަރގައި ބީއެމްއެލްއިން ކުރިއަށްވުރެ ބޭނުންކުރަން ފަސޭހަ އަދި ފެންވަރު ރަނގަޅު އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމެއް ތަޢާރަފްކޮށް ކަސްޓަމަރުންގެ މަގުބޫލުކަން އިތުރުކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ބައިގައި މި ލިބުނު ރަނގަޅު ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދިފައި މިވަނީ ބޭންކްގެ ޕްރޮޑަކްޓްތަކަށާއި ޚިދުމަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ކަމަށެވެ.

މުޖުތަމަޢުތަކާ ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ހިންގުނު "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ކެމްޕޭންގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ އިވެންޓްތަކާއި ހަރަކާތްތައް ފާހަގަކޮށްލެވޭ ކަމަށްވެސް ހީލީ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ މުޅިރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު އެބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު