Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ ރެފިއުޖީން

ލުބްނާނުން އދ. ގެ ރެފިއުޖީ އޭޖެންސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި

8 ޖޫން 2018 | ހުކުރު 06:15

އަޅާނެ ފިޔަވަޅުތަކެއް އަދި ހާމައެއް ނުކުރޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 8 ޖޫން 2018 | ހުކުރު 06:15
ލުބްނާން ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ލުބްނާނުގެ އަރްސަލްގައި ޤާއިމްކޮށްފައިވާ ސީރިއާގެ ރެފިއުޖީ ކޭމްޕްތައް

ލުބްނާން ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ލުބްނާނުގެ އަރްސަލްގައި ޤާއިމްކޮށްފައިވާ ސީރިއާގެ ރެފިއުޖީ ކޭމްޕްތައް

އދ. ގެ ރެފިއުޖީ އޭޖެންސީ، ޔޫއެންއެޗްސީއާރްއާ މެދު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ލުބްނާނުގެ ފޮރިން މިނިސްޓަރ ޖިބްރާން ބާސީލް ވިދާޅުވެއްޖެއެވެ.

ޓްވިޓަރގައި އާންމުކުރެއްވި ބަޔާނެއްގައި މިނިސްޓަރ ބާސީލް ވިދާޅުވީ، ޔޫއެންއެޗްސީއާރް އިން ލުބުނާނުގައި ތިބި އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ސީރިއާގެ ރެފިއުޖީން ބިރުގަންނަވަމުންދާ ކަމަށާއި، އެހެންކަމުން ހުކުރު ދުވަހުން ފެށިގެން އެ އޭޖެންސީއާ މެދު ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ. ޔޫއެންއެޗްސީއާރް އިން އެކި ފަހަރުމަތިން ވަނީ ރެފިއުޖީން އެނބުރި ދާވަރަށް ސީރިއާގެ ހާލަތު އަދި އަމާން ނުވާ ކަމަށް ބުނެފައެވެ.

ޔޫއެންއެޗްސީއާރްއާ މެދު ފިޔަވަޅު އަޅަން ނިންމަފައިވާކަން ލުބުނާނުން ހާމަކުރި ނަމަވެސް، އަޅާނީ ކޮން ފިޔަވަޅެއްކަން އެ ޤައުމުން ތަފްޞީލުކޮށްދީފައެއް ނުވެއެވެ.

ސީރީއާ ސަރުކާރުގެ ފައުޖުތަކުން ސީރިއާގެ އެކި ހިސާބުތައް އަލުން އަނބުރާ ސަރުކާރުގެ ބާރުގެ ދަށަށް ގެންދަމުން ދާއިރު، ލުބްނާނުގެ ރައީސާއި، އެ ޤައުމުގެ ސިޔާސީ ފަރާތްތަކުން ދަނީ، ސީރިއާގެ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ވާސިލް ވެވެންވާއިރަށް، ލުބްނާނުގައި ތިބި ސީރިއާގެ ރެފިއުޖީން ސީރިއާގެ އަމާން ސަރަޙައްދުތަކަށް އެނބުރި ދިއުމަށް ގޮވާލަމުންނެވެ.

އދ. ގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ރެޖިސްޓްރީ ކުރެވިގެން ލުބުނާނުގައި ސިރިއާގެ އެއް މިލިއަން ރެފިއުޖީން ދަނީ ދިރިއުޅެމުންނެވެ. އެއީ 2011 ވަނަ އަހަރުން ފެށިގެން ސީރިއާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންގެ 25 އިންސައްތަ އާބާދީއެކެވެ. އދ. އިން ލުބުނާނުގައި ތިބީ ސީރިއާގެ އެއް މިލިއަން މީހުން ކަމަށް ބުނި ނަމަވެސް، ލުބުނާނުން ބުނާ ގޮތުގައި އެޤައުމުގައި ސީރިއާގެ 1.5 މިލިއަން މީހުން އެބަ ތިއްބެވެ. އަދި އެމީހުންގެ ސަބަބުން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބުރޫ އަރައި، އިޤުތިޞާދީ ގޮތުން ކުރި އަރަން ދަތިވެފައިވާ ކަމަށް ލުބްނާނުން ބުނެއެވެ.

ބާސީލްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މިނިވަން ޤައުމެއްގެ ހައިސިއްޔަތުން ޔޫއެންއެޗްސީއާރްއާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް