Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ރޭންކިން

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމެއް، ސްޕެއިން ވެސް ފަހަތަށް

7 ޖޫން 2018 | ބުރާސްފަތި 16:00

ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު މިފަހަރު ލިބިފައި ވަނީ 150 ވަނަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ޖޫން 2018 | ބުރާސްފަތި 16:00
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ފީފާ ރޭންކިންގައި ރާއްޖެ ދެ ދަރަޖަ ފަހަތަށް ޖެހުނުއިރު ވޯލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިން ވެސް ދެ ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު މިފަހަރު ލިބިފައި ވަނީ 150 ވަނައެވެ. އިންޑިއާގެ ރޭންކިންއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ އިރު އެ ޓީމު އޮތީ އަދިވެސް 97 ވަނައިގައެވެ. ސާފް ސަރަހައްދުގެ އެއްވަނަ އާއި ދެވަނަ އިންޑިއާ އަދި ރާއްޖެއިން ހޯދިއިރު މި ސަރަހައްދުގެ ތިންވަނައިގައި ރޭންކް ކުރެވިފައި އޮތީ 161 ވަނައިގައި އޮތް ނޭޕާލްއެވެ. ބޫޓާނަށް 183 ވަނަ ލިބޭއިރު ބަންގްލަދޭޝް ރޭންކް ކުރެވިފައި ވަނީ 194 ވަނައިގައެވެ. ސްރީ ލަންކާއަށް 200 ވަނަ ލިބޭއިރު މިފަހަރު ވެސް އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ޕާކިސްތާނެވެ.

ފީފާ ރޭންކިންގެ އެއްވަނަ 1533 ޕޮއިންޓާއެކު ޖަރުމަނުން ދިފާއުކުރިއިރު ދެވަނައިގައި އޮތީ ބްރެޒިލްއެވެ. ޕޯޗުގަލް އަށް ހަތަރު ވަނަ މަގާމު ގެއްލިފައިވާއިރު އެ ޓީމު ފަހަތަށް ޖައްސާލުމަށް ފަހު ބެލްޖިއަމްއިން ވަނީ ތިންވަނަ މަގާމަށް ޖެހިލާފައެވެ. އާޖެންޓީނާ ފަސްވަނައަށް ވެއްޓުނުއިރު ސްވިޓްޒަލޭންޑް ވަނީ ހަވަނައަށް ޖެހިލާފައެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ފްރާންސް ހަތްވަނައަށް ޖެހިލިއިރު ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ޕޮލެންޑް ވަނީ އަށް ވަނައަށް ޖެހިލާފައެވެ. ޗިލީއަށް ނުވަވަނަ ލިބޭއިރު ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސްޕެއިން އޮތީ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު 10 ވަނައިގައެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 21 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 15 ވަނައިގައި އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 36 ވަނައިގައި ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 120 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ އަޒެރްބައިޖާންއެވެ. އެ ޓީމުން ވަނީ 21 ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ 105 ވަނައަށް ޖެހިލާފައެވެ. މިފަހަރުގެ ރޭންކިންގައި 23 ދަރަޖައިގެ ވެއްޓުމަކާ އެކު އެންމެ ބޮޑު ވެއްޓުމެއް ލިބުނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ގުޔާނާއަށެވެ. މިފަހަރުގެ ރޭންކިންގައި އެޓީމު އޮތީ 182 ވަނައިގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއަށް ބައިވެރިނުވީ ކީއްވެ؟

06 އެޕްރީލު 2017
އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއަށް ބައިވެރިނުވީ ކީއްވެ؟
24 މާރިޗު 2017

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

24 މާރިޗު 2017
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް