Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް 'ވާނުވާ' ގައި، ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން ވެސް ފަސްކޮށްފި

7 ޖޫން 2018 | ބުރާސްފަތި 11:57

ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ފަށަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ޖޫން 2018 | ބުރާސްފަތި 11:57
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފިތުރުއީދުގެ ބަންދަށް ފަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އިތުބާރު ހިފޭ މަސްދަރަކުން އެކަން "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދިން ނަމަވެސް، މަޖިލީހުގެ އިދާރާގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ފަށަންޖެހޭ ދުވަސް ފާއިތުވެ ދިޔައިރު ވެސް ނުފަށައި މަޖިލީހުގެ އިދާރާއިން ރައްޔިތުންނަށް "ވާނުވާ" އަންގާނުލައި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ކަންކަން ތަކުރާރުކޮށް ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުނގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި ސިފައިން ހިސޯރުކޮށްފައިވާ މަޖިލީހުގެ އިދާރާއިން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ދޭނެ، އަދި މައުލޫމާތު އިނގޭ ފަރާތެއް ވެސް ނެތެވެ.

މި ޖޫން މަހާ އެކު މަޖިލީހުގެ ދެވަނަ ދައުރު ފެށިފައިވާއިރު، އަދި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭއިރު، އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެއި މަހު މަޖިލިސް ޗުއްޓީއަށް ދިޔައިރު، އޭގެ ކުރިން އޭޕްރީލް މަހު ވެސް އެކަށީގެންވާ ގޮތެއްގައި ޖަލްސާތައް ބާއްވާފައެއް ނުވެއެވެ. އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ސަރުކާރުން ބޭނުންވާ ކަމެއް ނިންމާލުމަށް ކުޑަ ވަގުތު ކޮޅަކަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ފަހު ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެޖަލްސާ އަށް ފަހު މަޖިލީހުގެ ގަވާއިދުގައި ބުނާ އެއް މަސް ދުވަހުގެ ޗުއްޓީއަށް މަޖިލިސް ދިޔައެވެ.

ގަވާއިދުގައިވާ ގޮތަށް ޗުއްޓީ ނެގި ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާތަނެއް ނުފެނެއެވެ.

މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށީ މަޖިލީހުގެ ގަވާއިދުގައި ޖަލްސާތައް ފެށުމަށް ބުނެފައިވާ ތާރީހުގެ ފަހުންނެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ބާއްވަންޖެހެއެވެ. ނަމަވެސް މިއަހަރަށް މަޖިލިސް ހުޅުވި ޖަލްސާ ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބާއްވާފައި ވަނީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއާ އެކު ޖުމްލަ 13 ޖަލްސާއެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ އަދަދަށް ވުރެ ވެސް ގިނަ މެމްބަރުންގެ ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާ އެކު ސަރުކާރުން ވަނީ ސިފައިން މެދުވެރިކޮށް މަޖިލިސް "ހިސޯރު" ކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ނުފޫޒުގައިވާ އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް