Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައި ކޯޓް

ޖެމްސްގެ މައްސަލައިގައި އުއްތަމަފަނޑިޔާރަށް ކުރި ހުކުމަށް ވެސް ހައިކޯޓުން ތާއީދުކޮށްފި

މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 7 ޖޫން 2018 | ބުރާސްފަތި 10:32
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުގެ ތެރެއިން މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް އަބްދުﷲ ސައީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަން ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށް އެދި އުއްތަމަ ފަނޑިޔާރު ހައި ކޯޓަށް ހުށަހެޅުއްވި މި މައްސަލަ އެ ކޯޓުން ބެއްލެވީ ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ފަނޑިޔާރު ހަސަން އަލީއެވެ. މި ބެންޗުގެ އިސް ފަނޑިޔާރަކަށް އިންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހުކުމުގެ ކުރިން ޝަރީއަތައް ފާހަގަ ކުރެވުނު ކަންކަން ވަނީ ޝަރީއަތުގެ މަޖިލީހަށް އިއްވާފަ އެވެ.

ހައި ކޯޓުން ބުނެފައިވަނީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށާއި އެ ދުވަސްތަކުގައި އެ ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުމަށް ޖެމްސްގެ ޚިދުމަތް އަލުން ގުޅުމަށާއި އެ ލިޔުންތައް ފޮނުވާ ނިމުމުން އަލުން ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށް އެ ކޯޓުގެ މުވައްޒަފުނަށް އަބްދުﷲ ސައީދު އަންގާފައިވާކަމާއި އަދި އެގޮތަށް މުވައްޒަފުން އަމަަލު ކޮށްފައިވާކަން ހެކިންގެ ހެކިބަހުން ބެލުމުން އެންގެން އޮންނާތީ އަބްދުﷲ ސައީދުގެ އެ އަމަލަކީ ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތް ކުރުމަށް މާއްދީ ގޮތުން ހުއްޓުވައިގެން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ ނޫން އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުންކަން އެނގެން އޮންނަ ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިން ހެކީގެ ގޮތުގައި ބަލައި ނުގަތުމަށް ދަށު ކޯޓުން ނިންމީ ދެ ބޭފުޅުންނަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިންގުނު ތަހްގީގަށް ފަހު ދައުވާ ކުރެވިފައިވާ ދެ ބޭފުޅުންނަށް ވެފައި މި މައްސަލައަކީ ވެސް އެކެއް ފެބްރުއަރީ ގެ އަމުރާ ގުޅިގެން ތަހްގީގު ކުރި މައްސަލައަކަށް ވުމުން އަލީ ހަމީދާއި ހަސަން ސައީދު ހެކީގެ ގޮތުގައި ހާޒިރު ކުރުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް ދެކޭތީ ކަމަށް ކްރިމިލް ކޯޓުން ނިންމާފައި ވާތީ އެކަމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް ހައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ހެކިން ތަހްގީގަށް ދީފައިވާ ބަޔާންތައް އޭގެ ޒާތުގައި ދައުވާ ލިބޭ ފަރާތައް ނުލިބުނު ނަމަވެސް އެއީ ހެކިންގެ ހެކިބަސް ތައުނު ކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމެއް ނޫން ކަމަށާއި އަދި ހެކިން ސިއްރުކޮށްގެން ހެކިބަސް ނެގި ނަމަވެސް ހެއްކާ ސުވާލު ކުރުމަށް ފުރުސަތު ދީފައިވާ ކަން އެނގެން އޮންނާތީ އެކަމުގައި ވެސް ގާނޫނާ ހިލާފަށް ކަމެއް ހިނގާފައި ނެތް ކަމަށް ކޯޓުން ފާހަގަ ކުރެއްވި އެވެ.

މި މައްސަލައިގައި ސިއްރު ކޮށްދޭން ދަށު ކޯޓުގައި ދައުލަތުން އެދުނު ލިޔުންތައް ސިއްރުކޮށްދިނުމާ ގުޅޭ އަމުރެއް ކޯޓުން ނެރުމުގެ ކުރިން އެ ލިޔުންތައް ދޫނުކުރުމަކީ ވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ހައި ކޯޓުން ވަނީ މި ހުކުމް ކުރުމުގައި ކަނޑައަޅާފަ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށް ބުނެ ހައި ކޯޓުން ފާހަގަކުރި ނުކުތާގައި ވަނީ ޝަރީއަތުގެ ބޭރުން ކުރާ ކަންކަންކަމުގެ ތެރޭގައި ޖިނާއީ މައްސޫލިއްޔަތު އުފުލަން ޖެހޭ އަމަލެއް ކޮށްފައިވާ ކަމަށް ފެނިއްޖެ ނަމަ އެކަމެއް ޖަވާބުދާރީ ކުރުމަކީ މީގެ ކުރިން ވެސް ކުރަމުން އައިސްފައިވާ ގޮތްކަން 2012 ވަނަ އަހަރު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކުން އެނގޭ ކަމަށެވެ.

ހަމަ އެހެންމެ ކުށުގެ އަމަލުގެ އެންމެ އިސް މީހާ ނުވަތަ އެންމެ ބައެއްގެ މައްޗަށް ދައުވާކޮށް އެ ކުށުގައި ބައިވެރިވި އެހެން މީހުންގެ މައްޗަށް ދައުވާ ނުކޮށް ހެކީގެ ގޮތުގައި ބޭނުން ކުރުމަކީ ރާއްޖޭގެ ޖިނާއީ އަދުލު ނިޒާމް ބަލައިގެންފައިވާ އުސޫލެއްކަން މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ގަޒިއްޔާއަކުން އެނގޭ ކަމާއި އެހެން ކަމުން އެ ހަމަ އަބްދުﷲ ސައީދުގެ މައްޗަށް ވެސް ހިންގަން ނުޖޭހޭނެ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެ އެވެ.

ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް އިއްވި ޖަލު ހުކުމަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު