Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ޒުވާނުންގެ މަރުކަޒުތަކުގެ މަސައްކަތްތައް ސުކޫލުތަކުގެ ދަށަށް ބަދަލުކުރުމުން، ސުކޫލުތަކުގެ އެކަޑަމިކް ފޯކަސް ގެއްލޭނެ: އާތިޔާ

6 ޖޫން 2018 | ބުދަ 16:32

ޒުވާނުންގެ މަރުކަޒުތަކުގެ ހަރަދުތައް ސުކޫލުތަކުގެ ދަށަށް ބަދަލުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 ޖޫން 2018 | ބުދަ 16:32
ޒުވާނުންގެ މަރުކަޒެއް - އެ މަރުކަޒުތަކުގެ މަސައްކަތްތައް ވަނީ ސުކޫލުތަކުގެ ދަށަށް ބަދަލުކޮށްފައި

ޒުވާނުންގެ މަރުކަޒެއް - އެ މަރުކަޒުތަކުގެ މަސައްކަތްތައް ވަނީ ސުކޫލުތަކުގެ ދަށަށް ބަދަލުކޮށްފައި

ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓް ހަރަދުތަކުގެ މަސައްކަތްތައް ސުކޫލުތަކުގެ ދަށަށް ބަދަލުކުރުމުން ސުކޫލްތަކުގެ އެކަޑަމިކް ފޯކަސް ގެއްލިގެންދާނެ ކަމަށް އަމީނިއްޔާ ސުކޫލްގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިން އަތޮޅު ތެރޭގައި ހިންގަމުންދާ ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓްގެ ޚަރަދުތައް އެ މަރުކަޒުތައް ހުންނަ ރަށެއްގެ ސުކޫލްތަކުން ބަލަހައްޓާ ގޮތަށް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދޔަ މަހުގެ 30 ވަނަ ދުވަހު ސޫލުތަކަށް އެކަން އަންގާފަ އެވެ. އަދި އެ އެންގުމާއި އެއްގޮތަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުންގެންދިއުމަށް އެޑިއުކޭޝަނުން ވަނީ އަންގައިފަ އެވެ.

Advertisement - newsAdvertisement

އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަށް ފާޑުވިދާޅުވެ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި އާތިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުކޫލުތަކުގެ ތެރެޔަށް މުނިސިޕަލް ކަންތައްތައް ވެއްދުމަކީ ސުކޫލްތަކުގެ އެކަޑަމިކް ފޯކަސް ގެއްލޭނެ ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ގޯސް ޕްރިސިޑެންޓަކަށް ވެދާނެތީވެ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އާތިޔާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެ އެންގުމުގައިވާގޮތުން ޔޫތު މިނިސްޓްރީން ސޫކުލަށް ބަޖެޓް ޖަމާކުރުމުން، އެ ފައިސާ ފަންޑު އެކައުންޓުގައި ބަލަހައްޓާ، ޒުވާނުންގެ މަރުކަޒުން ފޮނުވާ ހިދުމަތާއި ތަކެތީގެ ރިކުއެސްޓްތަކާ އެއްގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޚަރަދުކޮށް، އެފަދަ ހިދުމަތްތަކާއި ތަކެތި މަރުކަޒަށް ފޯރުކޮށްދިނުމާއި ޒުވާނުންގެ މަރުކަޒުގެ ބަޖެޓަށް ޖަމާކުރާ ފައިސާގެ ރެކޯޑްތައް ވަކިން ބެހެއްޓުމުގެ އިތުރުން މަހުން މަހަށް ހަރަދު ރިޕޯޓްތައް އެ ސުކޫލްތަކުން ތައްޔާރު ކުރަން ޖެހޭނެ އެވެ. އަދި ޒުވާނުންގެ މަރުކަޒު ހުންނަ ރަށެއްގައި ސަރުކާރުގެ އެއް ސުކޫލަށް ވުރެ އިތުރަށް ސުކޫލެއް ހުރި ނަމަ މަރުކަޒުގެ ބަޖެޓް ހިންގުން ހަވާލު ކުރާނީ އެ މިނިސްޓްރީން އަންގާ ސުކޫލަކާ ކަމަށް ވެސް އެޑިއެކޭޝަން މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 ޖުލައި 2017

އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!

08 ޖުލައި 2017
އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
07 ޖޫން 2017

ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!

07 ޖޫން 2017
ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!
13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް