Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިންޑިއާ

އިންޑިއާއަކީ ބުލީކުރާ ޤައުމެއް: ނިހާން

5 ޖޫން 2018 | އަންގާރަ 18:16

އިންޑިއާއިން ވަނީ އަޅުގަނޑަށް ބުލީކޮށްފައިކަމަށް ނިހާން ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 ޖޫން 2018 | އަންގާރަ 18:16
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - އޭނާ އިންޑިއާއަށް އެރިޔަނުދީ ވަނީ ބޭރުކޮށްލާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - އޭނާ އިންޑިއާއަށް އެރިޔަނުދީ ވަނީ ބޭރުކޮށްލާފައި | ރާއްޖެއެމްވީ

އިންޑިއާއިން އޭނާއަށް ބުލީކޮށްފައިވާކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އަވަށްޓެރި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސައިނަސް ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމުން، އެ ޤައުމަށް އެރިޔަ ނުދީ އަނބުރާ ފޮނުވާލުމާއި ގުޅިިގެން ހޮޓަލް ޖެން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިންޑިއާއަށް އެރިޔަނުދީ ވަރަށް ގިނައިރު ވަންދެން އެ ޤައުމުގެ އިމިޤްރޭޝަނުން ހިފެހެއްޓިކަމަށާއި، ރައްޔިތުންގެ މަޖިލީހުުގެ މެމްބަރެއްކަން އަންގައިދޭ ކާޑު ދެއްކުމުން އިތުރު ހަތަރު ގަޑިއިރު ހިފެހެއްޓިކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި އޭނާއަކީ ޕީޕީއެމްގެ މަޖިލީސް މެމްބަރެއްކަން އެނގުމުން އިތުރު ހުރަސްތައް އިންޑިއާގެ އިމިޤްރޭޝަނުން ކުރިމަތިކުރިވިކަމަށެވެ.

Advertisement - newsAdvertisement

ނިހާން ވިދާޅުވީ ހަތަރުވަރަކަށް ގަޑިއިރު އެއާޕޯޓްގައި ހިފެހެއްޓުމަށްފަހު އަނބުރާ ފޮނުވާލިއިރު އެ ޤައުމުގެ އިމިޤްރޭޝަނުން ތިން ލިޔުމެއް ގެންގުޅުނު އެވެ. އަދި އެއާލައިންގެ އެޖެންޓުގެ އަތުގައިވެސް ލިޔުމެއް އޮތްކަމަށާއި، ނަމަވެސް ޑީޕޯޓްކޮށްލިކަމެއް ނުވަތަ ނޫންކަމެއް އަންގާފައިނުވާކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިގޮތަށް އިންޑިއާއަށް އެތެރެވުން މަނާކޮށްފި ކަމުގައިވާނަމަ އެ ވެގެން އުޅޭކަމުގެ މައުލޫމާތު މި ޤައުމަށްވެސް އެގެންޖެހޭ. މި ކަންތައްތައް މި ކުރަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހާއްސަކޮށް ޕާލިމެންޓް މެމްބަރުންނަށް، އަޅުގަނޑު މިހެން މި ދަންނަވަން ޖެހުނީ އަޅުގަނޑު މަސައްކަތްކުރަނީ ކޮން ޕާޓީއެއްގައިތޯ ސުވާލުކުރީމަ، ޕީޕީއެމްއޭ ބުނި ހިސާބުން އިރުކޮޅަކު މަޑުކޮށްފައި، އަދި އިތުރު ވަގުތުކޮޮޅެއްވެސް މަޑުކޮށްފައި އަޅުގަނޑު ދިޔައީ އިތުރު މައުލޫމާތު ސާފުކުރަން، ދިޔައީމަ ކުޑަ ވަރެއްގެ ކޮޓަރިއެއްގައި ބައިންދާފައި އެއްވެސް އެކްސްޕްލެނޭޝަނެއް ނުދީ ފުރައިގެން އަންނަންޖެހުނީ"

ނިހާން ވިދާޅުވީ އިންޑިއާއަށް އެރިޔަ ނުދީ ބޭރުކޮށްލިއިރު، ބޭރުކޮށްލި ސަބަބެއް އެ ޤައުމުގެ އިމިޤްރޭޝަނުން ބުނެދީފައެއް ނުވެ އެވެ. އަދި އިންޑިއާއިން ކުރި ކަންތައްތަކަކީ ބުލީކުރުމުގެ ކަންތައްތަކެއް ކަމަށާއި، ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއިިި މެދު އިންޑިއާއިން ތަފާތުކުރުންތަކެއް ގެންގުޅޭކަމަށްވާނަމަ އެކަން އަންގަންޖެހޭކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އިންޑިއާއިން ކުރާކަމަކީ ރާއްޖޭގެ މިވަގުތުގައި އޮތް ސަރުކާރާއިމެދު ހިތްހަމަ ނުޖހެިގެންކުރާކަމެއް ކަމުގައިވާނަމަ އެކަން ކުރުމުގެ ޤާބިިލްކަން އިންޑިއާގައި އޮންނަންޖެހޭ ކަމަށެވެ.

ނިހާންއަކީ މީގެ ކުރިން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ނިހާން ހުންނެވިއިރު ވެސް އިންޑިއާއަށް ފާޑުވިދާޅުވެގެން ނިހާންއަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އިންޑިއާގެ ޖީއެމްއާރް ރާއްޖެއިން ބޭރުކޮށްލުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނިޙާންއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 މާރިޗު 2017

މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން

28 މާރިޗު 2017
މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން
27 މާރިޗު 2017

އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމައިފިން: ނިހާން

27 މާރިޗު 2017
އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމައިފިން: ނިހާން
26 މާރިޗު 2017

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!
25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް