Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ

ބްލެކް ފޮރެސްޓް ކޭކް

ބްލެކް ފޮރެސްޓް ކޭކް އަކީ ދިވެހިންގެ މެދުގައި މަޝްހޫރު ކޭކެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 4 ޖޫން 2018 | ހޯމަ 12:20
ބްލެކް ފޮރެސްޓް ކޭކް - ގޫގުލް

ބްލެކް ފޮރެސްޓް ކޭކް - ގޫގުލް

ބްލެކް ފޮރެސްޓް ކޭކް

ބޭނުންވާ ތަކެތި

  1. 250ގ. މާޖިރީން
  2. 250ގ. ފުށް
  3. 250ގ. ހަކުރު
  4. ބޭކިން ޕައުޑަރ
  5. ކޮކޯ ޕައުޑަރ
  6. ކިރު
  7. މާމުއި
  8. ސައިސަމުސާ އެސެންސް
  9. 250ގ. ބިސް
  10. އެއް ޕެކެޓް ވިޕިންގ ކްރީމް
  11. ޗެރީ (ޑެކަރޭޓް ކުރުމަށް)
  12. ޗޮކްލެޓް (ޑެކަރޭޓް ކުރުމަށް)

ކޭކް ތައްޔާރުކުރުން

ބިހާއި މާޖިރިން، ހަކުރު ކޭކް މިކްސަރުގެ ތެރެއަށް އަޅާ ގިރާލާށެވެ. 15 މިނިޓް ވަންދެން ގިރުމަށްފަހު ފުށް އަޅާލާށެވެ. އެއަށްފަހު ކޮކޯ ޕައުޑަރ، ބޭކިންގ ޕައުޑަރ، ކިރު، އެސެންސް އެޅުމަށް ފަހު އޮމާންވަންދެން ރަނގަޅަށް ގިރާލާށެވެ. ގިރާ ނިމުމުން ޓްރޭއަކަށް އަޅާ 175 ޑިގްރީގައި ބަހައްޓައިގެން 30 މިނިޓް ވަންދެން ފިހެލާށެވެ. ކޭކް ފިހެ ނިމުމުން ތިން ލޭޔަރުވާގޮތަށް ކޭކް ފޮތިކޮށްލާށެވެ.

ވިޕިންގ ކްރީމް ތައްޔާރުކުރުން

ވިޕިންގ ކްރީމް ޕެކެޓް އެއްކޮށް އަޅާލުމަށް ފަހު، ކޭކް މިކްސަރުން ގިރާލާށެވެ. ބޮޑަށް ރަނގަޅީ ޕެކެޓްގައި ހުންނަ ވިޕިންގ ކްރީމެވެ.

ސިރަޕް ތައްޔާރުކުރުން

ޖޭމާއި މާމުއި އަދި އެސެންސް އަޅައިގެން މިކްސް ކޮށްލާށެވެ. އެސެންސް ބޭނުން ކުރާއިރު، ޖޭމްގެ ފްލެވަރގެ ރަހަ ގެނެވޭގޮތަށް ބޭނުން ކޮށްލުން ރަނގަޅުވާނެއެވެ. މި ސިރަޕް ތައްޔާރު ކުރުމަށް ތިން ވައްތަރެއްގެ އެސެންސް ބޭނުންކުރެއެވެ. ސްޓްރޯބެރީ، ވެނީލާ، އެސެންސް ބޭނުން ކޮށްލެވިދާނެއެވެ. ދެން އެއަށް ފަހު ކުޑަ ފެން ފޮދެއް އެޅުމަށް ފަހު ގިރާލާށެވެ.

ކޭކް

ސިރަޕް ތައްޔާރުކުރުމަށް ފަހު ފޮތިކޮށްފައިވާ ކޭކް ފޮއްޗަށް ސިރަޕް އަޅާ ހާކާލާށެވެ. އެއަށް ފަހު ވިޕްޑް ކްރީމް ލޭޔަރެއް އަޅާ ބާކީ ހުރި ކޭކް ފޮތިތައް ވެސް މިގޮތަށް ރިޕީޓް ކޮށްލާށެވެ. އެއަށް ފަހު ކޭކު ވަށައިގެން ވިޕްޑް ކްރީމުން ފިލް ކޮށްލާށެވެ. ގާނިޝްކޮށްލުމުގެ ގޮތުން ޗޮކްލެޓް ގޭނުމަށް ފަހު ކޭކު މައްޗަށް ބުރުވާލުމަށް ފަހު، ކޭކް މަތީގައި ވަށައިގެން ވިޕްޑް ކްރީމް އެޅުމަށް ފަހު ޗެރީ ބައިންދާށެވެ.

އިތުރަށް ކިޔާލަން

09 މެއި 2020

ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް

09 މެއި 2020
ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް
09 މެއި 2020

ސޫޖީ ޗޮކްލެޓް ކޭކް

09 މެއި 2020
ސޫޖީ ޗޮކްލެޓް ކޭކް
09 މެއި 2020

ރަވާ ކޭކް

09 މެއި 2020
ރަވާ ކޭކް
08 މެއި 2020

އީޒީ ޗޮކްލެޓް ލާވާ ކޭކް

08 މެއި 2020
އީޒީ ޗޮކްލެޓް ލާވާ ކޭކް
06 މެއި 2020

ޔޯގަޓް ޗީޒް ކޭކް

06 މެއި 2020
ޔޯގަޓް ޗީޒް ކޭކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު