Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްހަނާކުރި ބޯށި

ހަނާ ކުރި ބޯށި

ރޮށި ނުވަތަ ބަތާ އެކު މި ބޯށި މީރުވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 ޖޫން 2018 | ހޯމަ 06:55
ބޯށި

ބޯށި

ބޭނުންވާ ތަކެތި

  1. އެއް ބޯށި
  2. ވަޅޯމަސް ކޮޅެއް
  3. ބައި ސަމްސާ އަސޭމިރުސް (މުގުރާފައި)
  4. ބައި ސަމްސާ ދިރި(މުގުރާފައި)
  5. ލޮނުމެދު (ކޮށާފައި)
  6. އެއް ބޮޑު ފިޔާ(ކޮށާފައި)
  7. ރޯމިރުސް
  8. ހިކިމިރުސް
  9. ހިކަނދި ފަތް
  10. ރާނބާފަތް
  11. ތެޔޮ، ލޮނު

ހައްދަވާނެ ގޮތް:

ތަށްޓަކަށް ފެންއެޅުމަށް ފަހު ފެނުގެ ތެރެއަށް ލޮނު ކޮޅެއް އަޅާށެވެ. އެ ފެނުގެ ތެރެއަށް ބޯށި ތުނިކޮށް ކޮށާލާށެވެ. ބޯށި ކޮށައި ނިމުމުން ފެނާއި ބޯށި ވަކިކޮށްލާށެވެ. ފިޔާ މީރު ކުރުމަށް ފިޔާ، ހިކަނދިފަތް، ރާނބާފަތް، ލޮނުމެދު އަޅައިގެން މީރު ކުރުމަށް ފަހު އޭގެ ތެރެއަށް ވަކިކޮށްލި ބޯށި ކޮޅު އެޅުމަށް ފަހު ބާކީ ހުރި ވަޅޯމަސް، މިރުސް، އަސޭމިރުސް، ދިރި އަޅައިގެން އެއްކޮށްލާށެވެ. އެ އަށް ފަހު ބޯށިން ނިކުންނަ ފެން ހިނދެންދެން މަޑު ގިނީގައި ކައްކަމުން ދާށެވެ. ކެކުމުން ލޮނު ހެޔޮވަރު ކޮށްލާށެވެ.

ބޯށި ތައްޔާރުކޮށް ނިމިފައި

އިތުރަށް ކިޔާލަން

06 ޖޫން 2018

ހަނާކުރި ބީފް

06 ޖޫން 2018
ހަނާކުރި ބީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު