Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

ކުރީގެ ސީޕީ އަރީފްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

4 ޖޫން 2018 | ހޯމަ 03:55

އަޑުއެހުން އޮތީ މިއަދު 12:00 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ޖޫން 2018 | ހޯމަ 03:55
ކުރީގެ ސީޕީ އަހުމަދު އަރީފް

ކުރީގެ ސީޕީ އަހުމަދު އަރީފް

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މިމައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ 12:00 އަށެވެ. މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑު އެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފްގެ ގާނޫނީ ވަކީލުންނާއި އަރީފް ވިދާޅުވެފައި ވަނީ، ދައުވާ ސާފު ނުވާ ކަމަށެވެ. އެހެންކަމުން ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ސިއްރު ނުގެއްލޭ ގޮތަށް ޕީޖީގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފުނުވާ ކަމަށް ބުނާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރީފް ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 29 އަހަރު ވެފައިވާއިރު ދުވަހަކު ވެސް ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މިދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސުޕްރީމް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުންވީ ޓެރަރިސްޓަކަށް ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ފުލުހުން ތަންފީޒު ކުރަން ދެކޮޅު ހެދިތަނެއް މިނޫނިއްޔާ ނުދެކޭ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

އެ އަޑުއެހުމުގައި އަރީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ތަންފީޒު ކުރުމަކީ ގާނޫނުއަަސާސީ އާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނަމަ އެ އަމުރާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ދައުވާއަށް އަރީފް އިންކާރު ކުރެއްވުމާ އެކު ޕީޖީ އޮފީހުގެ ވަކީލުން ވަނީ އަރީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 31 ހެއްކެއް ހުށަހަޅާފައެވެ. އެ ހެކިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންގެ ބަޔާންތަކެވެ، އަދި އެބަޔާންތަކާއި، ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ ބަޔާންދިން މީހުންގެ މަޢުލޫމާތު ކޮންމެހެން ސިއްރުކުރަން ދައުލަތުން ބޭނުންވާނަމަ، އެމީހުންގެ ސިއްރުކަން ނުގެއްލޭގޮތަށް ބަޔާނުގައިވާ އެއްޗެއް ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީން ދައުވާލިބޭ ފަރާތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ވެސް ވަކީލުން ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް