Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ޓުވީޓެއް ކޮށްގެން މަހްލޫފަށް ކުރާ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ކޯޓުގައި ހެދީ ދޮގު

3 ޖޫން 2018 | އާދީއްތަ 10:20

ދައުލަތުން ބުނަނީ މަހްލޫފު ޓުވީޓް ކުރެއްވީ އަބްދުﷲ ރަޝީދުގެ މަރުގެ ކުރިން ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 ޖޫން 2018 | އާދީއްތަ 10:20
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު:- އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ވަނީ ދޮގުހަދައިފައި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު:- އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ވަނީ ދޮގުހަދައިފައި

މާފުށީ ޖަލުގައި މީހުން މަރަނީ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ޓުވީޓް ކުރެއްވީ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު މަރުގެ ކުރިން ކަމަށް ބުނެ ދައުލަތުގެ ވަކީލު ކްރިމިނަލް ކޯޓުގައި "ދޮގު"ހަދައިފި އެވެ.

ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ މަހްލޫފުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓާ ގުޅިގެންނެވެ. މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ސީނިއާ ޕްބަލިކް ޕްރޮސެކިއުޓަރ ޝުކޫރުﷲ ޝަކީރު ވިދާޅުވީ އެ ޓުވީޓް މަހްލޫފު ކުރައްވާފައި ވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު މަރުވުގެ ކުރިން ކަމަށެވެ. ދައުލަތުގެ ވަކީލު އެހެން ވިދާޅުވީ ޖަލުތަކުގައި ބޭސް ފަރުވާ ހަމަ ނުޖެހިގެން އިހްމާލުން މަރުވެފައިވާ މީހުންގެ ވާހަކަ ފާހަގަ ކުރައްވަމުން އަބްދުﷲ ރަޝީދުގެ ވާހަކަ މަހްލޫފު ފާހަގަ ކުރެއްވުން އޭނާއަށް ދެއްވި ރައްދުގަ އެވެ.

Advertisement - newsAdvertisement

ނަމަވެސް މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ މަހްލޫފު އެ ޓުވީޓު ކުރައްވާފައިވާއިރު ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ.

ޖަލުގައި ގޮތް ނޭނގި މީހުން މަރުވަމުން ދާތީ ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓަކީ އަބްދުއްރަޝީދުގެ މަރުގެ ކުރިން ކުރައްވާފައިވާ ޓުވީޓެއް ކަމަށް ދައުލަތުން ވިދާޅުވުމަކީ ދޮގެއް ކަމަށް ފާހަގަ ކުރައްވައި، މަހްލޫފުވެސް ވިދާޅުވީ އޭނާ އެ ޓުވީޓް ކުރައްވާފައިވަނީ ވެސް އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން އައި ރުޅިވެރިކަމެއްގައި ކަމަށެވެ. އަދި އެއީ އޭނާގެ ދާއިރާގެ ރައްޔިތަކަށްވާއިރު އެ ޓުވީޓް ކޮށްފައިވަނީ ވެސް ސީދާ އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ކަމަށް މަހްލޫފު ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން އެކަން ސާފު ކުރުމަށް ފަހު ވެސް މަހްލޫފު ޓުވީޓް ކުރައްވާފައިވާ ޓުވީޓާ ގުޅޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން މާފަށް އެދި، އެކަން އިސްލާހް ކޮށްފައި ވެސް ނުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް